ރޭ މާލެއަށް ވެހުނު ވާރޭގައި ފެންބޮޑުވެފައި.-- ފޮޓޯ: މިހާރު
02 މާޗް 2025 - 10:43
މާލެ އަށް އިއްޔެ ކުރި ވިއްސާރައިގައި ފެންބޮޑުވެ، ގެތަކުން ނަޖިސް ބޭރުވުމުގެ ސަބަބުން ހަތަރު ގެއެއްގެ މީހުންނަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.
އެ އިދާރާ އިން ބުނީ ވިއްސާރައިގައި މާލެ އަށާއި އަތޮޅުތެރޭގެ ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާތީ އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންދާ ކަމަށެވެ.
އިއްޔެ އާއި ރޭ މާލެ އަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ނަޖިސް ބޭރުވުމުގެ ހާދިސާތައް ހިނގާފައިވާތީ ހަތަރު ގެއަކުން 40 މީހަކު ރައްކާތެރި ތަންތަނަށް ބަދަލުކޮށް، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އެ އިދާރާ އިން ބުނިގޮތުގައި، އަތޮޅު ތެރެއިން ކ. ހިންމަފުއްޓާއި ހުރާ އަދި ގުރައިދޫ އަށް ބޯކޮށް ވާރޭ ވެހިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާއިރު، އެ އަތޮޅު ތުލުސްދޫގައި ފެންބޮޑުވެ ބައެއް ގެތަކުން ނަޖިސް ލީކުވެފައިވާ ކަމަށެވެ.
މޫސުމާ ބެހޭ އިދާރާ އިން މިހާރު ވަނީ ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މިއަދުގެ 11:00 އަށް ޔެލޯ އެލާޓު ނެރެފަ އެވެ. އަދި ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް މެންދުރު 1:30 އާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.
އެ އިދާރާ އިން ބުނީ، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ގުގުރައި އަދި ފެން ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެމްއެންޑީއެފުން ރޭ ފަތިހު ބުނީ، މާލޭގެ ހަ ސަރަހައްދެއްގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް 85 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 707 ވެލި ބަސްތާ ޖަހައިދީފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮހިތު
02 March 2025
އަދިވެސް ހަދަން އުޅެނީ ސަލްޓަންޕާކް!
ޢަލިބެ87
02 March 2025
ވަރައް ދެރަ ކަންތައް..މިމާލެގަ ހިޔެއްނުވޭ ކުރިއައް އޮއް 10އަހަރުވެސް މިކަން ހައްލުވާނެ ހެން...ސަރުކާރުން ނޫޅޭ މާލެން މީހުން މަދުކުރަން އަދި ބިލްޑިންގްތައް މަދު ކުރަންވެސް....
އައިމިނާ
02 March 2025
ހުޅުމާލޭގެވެސް ފާޚާނަތަށި ފެންނުދާކަމަށްވަނީ ފްލެޝް ކޮށްލުމުން ތަށި ފުރެނީ. ފޭސް 1 ގެ.
ހަސަންބޭ..
02 March 2025
ޗީޑި..