ލޯންޗު އަޑިއަށް ދާ ސަރަހައްދު މެޕުން ފާހަގަކޮށްފައި.
02 މާޗް 2025 - 14:10
ޓޫރިސްޓުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ލޯންޗެއް ފަޅައިގެން ގޮސް، އަޑިއަށް ދާން ފެށުމުން ކޯސްޓް ގާޑުން މިއަދު އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ ކ. ތިލަފުއްޓާ ދިމާލުން ބޭރުން ދަތުރުކުރަމުން ދިޔަ "ސުވެނިއާ 34" ލޯންޗު ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
އެހެންވެ، މާލެ އޭރިއާގެ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ އުޅަނދުގައި 38 މީހަކު ތިބި ކަމަށާއި އެއީ 34 ޓޫރިސްޓުންނާއި ހަތަރު ފަޅުވެރިން ކަމަށެވެ.
ޓޫރިސްޓުން ގޮވައިގެން އދ. ދިގުރަށުން މާލެއަށް ދަތުރުކުރި "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް ވެސް މިއަދު ވަނީ ދިޔަވެގެން އަޑިއަށް ގޮސްފަ އެވެ.
އެ އުޅަނދުގައި ކުޑަކުދިން ހިމެނޭހެން ޖުމްލަ 48 މީހަކު ތިއްބެވެ. އެއީ ހަތަރު ފަޅުވެރިންނާއި 48 ފަސިންޖަރުންނެވެ. އެ ލޯންޗުގައި ތިބި ހުރިހާ ފަސިންޖަރުންނަކީ ވެސް ޓޫރިސްޓުންނެވެ. އެ އެންމެން މިހާރު ވަނީ ސަލާމަތްކޮށްގެން ދިގުރަށަށް ގެންގޮސްފަ އެވެ. ފުލުހުން ބުނީ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯބުރިކަތީބު
02 March 2025
ލޮޑަރު ލިބެންޏާ ނޮންނާނެ ބެލުމެއް ދޯ ބޭބޭ
ޖުލައި2021
02 March 2025
50% ފުލިމަދު ހަލްގެ އެތެރޭގަ ލައިގެން ފަޅައިނގެން ދިޔަސް ފުލoަޯޓު ވާގޮތަށް ލާންޗުފަހަރު ބަންނަންޖެހެ. ޢެފަދަ ގަވާއިދެއް ހައްދަވާ
އަހުމަދުބޭ
02 March 2025
މިފަދަ ހާދިސާ ތަށް ހުއްޓުވުމަށް އެޅެން ހުރިފިޔަވަޅުތަށް އެބަޖެހޭ އަޅަން، އެއީ އެލާރޓް ނެރެފައި ވަނިކޮށް ރިސްކުނަގާފަ ޓޫރިސްޓުން ފުރަންޖެހެއޭ އެހެންނޫނީ ފުލައިޓް މިސްވަނީއޭ ކިޔައި އެތަށް ބަޔެއްގެ ފުރާނަ ނަގައި އަތަށްލައިގެން ހިންގައި މިފަދަ ހާދިސާތައް އަޅައިނުލައި ދޫކޮއްލައިނަމަ މުސްތަގްބަލްގައި ލޯކަލް ޓޫރިޒަމާއެކު މިފަދަ އެތަށްހާދިސާތަކެއް ހިންގަމުންދާނެއެވެ.
ޣަނިއަ
02 March 2025
ޣެސްޓުންދާންބޭނުންވާނަމަ ގެންދަންޖޭހެނި