48 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް އަޑިއަށް ދިއުމުން މީހުން ކަނޑުވެފައި --- ފޮޓޯ/ޕޮލިސް
02 މާޗް 2025 - 12:37
ކުޑަކުދިން ހިމެނޭނެހެން 48 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް އަޑިއަށް ހިނގައްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 7:57 ހާއިރު އދ. ދިގުރަށުން މާލެއަށް ދަތުރުކުރި "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނުއިރު، ލޯންޗްގައި ތިބީ ލޯންޗުގެ ތިން ކްރޫއިންނާއި 45 ޕަސިންޖަރުންނެވެ.
48 މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް ދިއުމުން މީހުން ސަލާމަތް ކުރަން ފުލުހުން ހަރަކާތްތެރިވަނީ.--
އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެ އެވެ. އެ އެންމެން މިހާރު ވަނީ ސަލާމަތްކޮށް، ދިގުރަށަށް ގެންގޮސްފަ އެވެ. ފުލުހުން ބުނީ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
އެ ލޯންޗު އަޑިއަށް ދިޔައީ ދިގުރަށާއި މަހިބަދޫއާ ދެމެދު ސަރަހައްދަކަށް ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން އާންމުކުރި ފޮޓޯތަކުން ފެންނަނީ މީހުންތައް ލައިފް ޖެކެޓުގައި ކަނޑުވެފައި ތިއްބަ އެވެ.
މެޓް އޮފީހުން ބުނީ މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް އަދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
48 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް އަޑިއަށް ދިއުމުން މީހުން ސަލާމަތް ކުރަން ފުލުހުން ހަރަކާތްތެރިވަނީ--
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މި ވަގުތު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. އެއީ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށެވެ.
މެޓުން ވަނީ ކަނޑު ދަތުރު ކުރުމުގައި ސަމާލުވާން އިލްތިމާސް ވެސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮލިސް ބޭބެ
04 March 2025
ކޮބާތޯ ކޯސްޓްގާޑް ؟ އެމް.އެން.ޑީ.އެފް އަށް ދައުލަތުން ކުރަނީ ބޭކާރު ޚަރަދެއްކަން ހާމަވެގެންދިޔަ ހާދިޘާއެއް.
ޜަށްކާވެ ތިބިއްޔާ ދަތުރު
03 March 2025
މީ ހަމަ ވަރަށް ދެރަކޮށް ކުރާކަމެތް ކައްޕިން ގަދައޭ ނިފުރޭނޭ ކިޔަކިޔާ ތިއްބަވެސް ވެރިން އެބަބުނޭދާށޭ ވެރިން ތިބެނީ ފިނި ކޮޓަރީގަ އެމީހުންނަށް ޖެހޭ ވަޔަކާ ކަނޑުގަ ހުންނަ ރާޅެއް ނުފެންނާނެތާ ބޮޑު ކޮޓަރިޔަކު އިނީމަ މޫސުން ގޯހޭ ނުފުރާށޭ ކިޔަކިޔާ އޮވަ ފިރީމަ ދެރައީ
ދިގުރަށް ރައްޔިތުން
02 March 2025
ތަޖުރިބާއެއްނެތް މޫސުމެއް ކަނޑެއްފަޅެއްނުދަންނަ މީހުންލައިގެން ކަނޑުމައްޗައްނުކުތީމަ ގެއްލުންލިބޭނީ ރައްޔިތުންނަށާ ފަތުރުވެރިންނަށް...
ނިޔާޒުބޮޑު
02 March 2025
މޫސުމަށް ސަމާލުވުމަށް އަންގާފަ އޮއްވާ ފުރިބަޔަކު ގޯހެއްނުވި. ލޯންޗް ދުއްވި މީހާ ގަޯހެއްނުވި
ސަލީމު އިދުރީސް
02 March 2025
ދުވާލަކައް އެއްލިއަން ރުފިއާ ކެއުމައް ހަރަދުކޮއްގެން ރައްތުންގެ ރައްކާ ތެރިކަން ހޯދައިދޭންތިބި މީހުން މިއޮއްގަދާގަ ބަޔަކު ކަނޑުވެގެން ސަލާމަތް ކުރަން އެތަނައްފޮނުވި އުޅަދާ މިހުން އަޅައިގެނތިބި ކަމައް އެކަށީގެންނުވާ ޔުނީފޯމު ފެނިފަ ދިވެހި ރައްޔިތެްގެ ހައިސިއްތުން ލަދުގަނެއްޖެ
ކަވާ
02 March 2025
ސަލީމު އިދުރީސް ފާޑުނުކިޔާނެ ހަމަ އެއްކަމެއް ވެސް ނޯވޭ ދޯ!!
ޕޮލިސް
03 March 2025
މެރިން ޕޮލިސް ލޯންޗު ކުރޫންނާ ކައްޕިންނަށް ތިބެނީ ހަމައެކަނި ފުލުހުންނެއް ނޫން. ޔުނީފޯމް އަޅާނީ ފުލުހުން.
ޕޮލިސް ބޭބެ
04 March 2025
އެތަނަށް ދާން ޖެހެނީ ކޯސްޓުގާޑު، ކޮންމެ ފާޑަކަށްހުރި ޔުނީފޯމެއް ލައިގެން ގޮއްސަވެސް ފުލުހުން އެވަނީ މީހުން ސަލާމަތްކޮށްފައި، ކޯސްޓްގާޑާއި އެމް.އެން.ޑީ.އެފަށް ދައުލަތުންކުރާ ބޭކާރު ޚަރަދު ހުއްޓާލަން ޖެހޭކަން ސާބިތުވާ ހާދިޘާއެއް
ތަކުރުދީދީ
02 March 2025
މީހުން އުފުލުމަށް ބަންނަ އުޅަނދު ތަކުގެ ފެންވަރު މޮނީޓާކޮށް ތަފާސް ހިސާބު ބަލަހައްޓަން އެބަޖެހޭ. އުޅަދު ފަޅައިގެން ދިޔައީ ފެންވަރު ދަށްވެގެން ކަމުގައިވާނަމަ އުޅަދު އުފެއްދި ކުންފުނީގެ ލައިސަންސް ބާތިލް ކުރަންޖެހޭ. ޗީޕް ލޭބަރ ބޭނުން ކޮށްގެން ކުރާ މިފަދަ މަސައްކަތުގެ ފެންވަރު ދަށްވުމަކީ ވަރަށްގާތް ކަމެއް.
ލައިފް ޖެކެޓް
02 March 2025
މި ހާދިސާ މާ ލުއިކޮށް ނެގޭކަށްނެތް. ތީގައި ލައިފް ޖެކެޓެއް ނެތްނަމަ ކިޔާނެކަމެއްނެތް، ހަތަރެސްކަން ހަމަވެފަ ޤައުމު އޮތީހީ. ދެވަނަ އެނަމާއެއް ކަންނޭނގެ އައީހީ.
ހާސަރު
02 March 2025
މޫސުމަށް ބަލާލުމެއްނެތި ފުރާކަށް ނުވާނެ.
ހުސެން ސައީދު
02 March 2025
ސަލާމަތް ކުރަން ގޮސްތިބި މީހުންވެސް އެންމެ ރައްކާތެރިގޮތަކީ ލައިފް ޖެކެޓް އަޅައިގެން ތިބުން، ނޫންތޯ؟
އެނދިމަރިޔަނބު
02 March 2025
އަޅަިގެން ތިބީ
ސަނދުބަރަކަ
02 March 2025
ކޯސްޓް ގާޑް މީ ކީއްކުރާ ބައެއްތަ
ހސވސވ
02 March 2025
ހެޑުލައިން ރީތިކުރަން
ހާސަރު
02 March 2025
ހުރިހާ ސަރަހައްދެއްގައި ކޯސްޓްގާޑު ނެތަސް ޚާއްސަކޮށް ޓްއަރިޒަމް ފުޅާ އަތޮޅުތަކުގައި މިހާރު ސީރެސްކިއު ޚިދުމަތް ލިބުން މުހިއްމު.
ސައުދީ
02 March 2025
ކޮންމެ އުޅަނދެއް ދަތުރަށް ނުކުންނައިރު ފަހަތުގަ ކޯސްޓްގާޑެއް ނޯންނާނެ. ކަނޑުމަތީ ހާދިސާތައް ދިމާވީމަ ކޯސްޓް ގާޑަށް ގުޅީމަ އެހާލަތުގައި އެޓެންޑް ކުރެވެންއޮތްގޮތަކަށް އެޓެންޑް ކުރާނެ. އެންމެ ކައިރިން ފޮނުވެންހުރި އެހީތެރިކަމެއް ކަމާބެހޭ މުއައްސަސާތަކާގުޅިގެން ފޮނުވާނެ. ދަތުރުކުރާ ފަރާތްތައްވެސް މީހާމޫސުންގޯސްއިރު ދަތުރު ނުކޮށް މަޑުޖައްސާލަން ޖެހޭނެ.
ހެހެެ
02 March 2025
ސުވާލުގަ ޖަވާބުވެސް އެބައިން
މިނިމަލް
02 March 2025
ކޯސްޓް ގާރޑް ކުރާ ކަންކަން ނުފެނޭތަ؟ ތިކަހަލަ ގަމާރުން މިގައުމުގަ އުޅޭތީ މިގައުމު ކުރި ނާރަނީ.
ޜަންދީ
02 March 2025
ކޯސްޓްގާރޑް ކަމެއްކުރަންޖެހެތަ. ލޯންޗް ގެ ވެރިފަރާތްމިލިއަނުން ޖޫރިމަނާ ކުރަންވީ . ޟޫސުމައް ބެލުމެއްނެތި އެލާރޓް ނެރފައި ވަނިކޮއް ލޯންޗް ފުރުވާލީމަ.