މޯލްޑިވިއަންގެ އެއާބަސް އޭ330 ކޮޗިން އެއާޕޯޓުގައި ޖައްސާފައި.
02 މާޗް 2025 - 19:59
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓުގައި ކޮޗިން އާއި ޓްރިވަންޑްރަމަށް ދަތުރުތައް ފަށައިފި އެވެ.
ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް އޭ330 މަތިންދާބޯޓުގެ ފުރަތަމަ ފްލައިޓު ޖެއްސީ އިއްޔެ މެންދުރު ފަހެވެ.
ކޮޗިން އާއި ޓްރިވަންޑްރަމަށް މި ބޯޓު ދަތުރުކުރަން ފެށިއިރު މިއީ ބޭސްފަރުވާއަށް ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ ދެ ސިޓީ އެވެ.
މީގެ ކުރިން ކޮޗިން އާއި ޓްރިވަންޑްރަމަށް ދަތުރުކުރަނީ މޯލްޑިވިއަންގެ އޭޓީއާރު 72 މަރުކާގެ ބޯޓާއި އެއާބަސް އޭ320 މަރުކާގެ ބޯޓުގަ އެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސް "މިހާރު" އަށް ވިދާޅުވި ގޮތުގައި އޭ330 މަތިންދާބޯޓުގައި ކޮޗިން އާއި ޓްރިވަންޑްރަމަށް ދަތުރުތައް އިއްޔެ ކުރީ ބޮޑު ޑިމާންޑެއް އޮތުމުންނެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވާ ނަމ، ބޮޑު ބޯޓެއްގައި މީހުން އުފުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއާބަސް އޭ330 ބޯޓުން 260 މީހުން އުފުލެ އެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާހަށް ވެސް ހާއްސަ ކޮށްފައިވާ އެ ބޯޓުން ދުރުރާސްތާގެ ދަތުރުތައް ކުރެވޭއިރު ދަތުރުުކުރާ ކޮންމެ ފަސިންޖަރަކަށް ވެސް 40 ކިލޯގެ ބެގޭޖު އުފުލޭނެ އެވެ.
އެ ބޯޓުން ވަނީ ޗައިނާގެ ޝެންހާއީ އަށް ވެސް ދަތުރުތައް ފަށައިފަ އެވެެ.
އެއާބަސް އޭ330 ގެ އިތުރު ބޯޓެއް ގަތުމަށް ވެސް މޯލްޑިވިއަނުން މަސައްކަތް އެބަ ކުރެ އެވެ. އެ ބޯޓާ އެކު އެއާލައިނުން ޔޫރަޕްގެ ސިޓީތަކަށް ވެސް ސީދާ ދަތުރުތައް ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
03 March 2025
ކުންފުންނާއިބެހޭ މައުލޫމާތު މީޑިއާއަށްދިނުމަށް ކުންފުންނާއި އެއްވެސް ގުޅުމެއްނެތް ވަޒީރަކު ނިކުންނާންޖެހެނީ ކުންފުނީގެ ސީނިއަރ މެނޭޖްމަންޓާއި ތިތަނުގެ ބޯޑްގައިވެސް ފެންޖެހޭވަރު ހަރުމީހަކު ނުވަތަ ބައިނަލްއަޤުވާމީ އެއަރލައިނެއް ހިންގޭނެ ތައުލީމާއި އެދާއިރާގެ އިލްމު އެއްވެސް ވަރަކަށް ހުރިމީހަކު ނެތީމަ. މޯލްޑިވިއަން ފްލީޓަށް A-330ބޯޓް ގެންނަވާހަކަ ބުނީމާވެސް ތިތަނުގައި އިންޓަރނޭޝަނަލް ސެކްޓަރއަށް ދުއްވާބޯޓް އޮޕަރޭޓްކުރެވޭވަރު ބައެއްނެތްކަމަށް ބުނިން.
ައަފްރާސިޔާބު
04 March 2025
ގައިމުން ބުނި މިހާރު ވައިޓް ބޮޑީ ބޯޓު ދުއްވޭވަރަށް އައިލޭންޑް އޭވިއޭޝަން ތައްޔާރުވެފައޭ. ދެން ބުނޭ ކުރީސަރުކާރުން ނެގި ލޯނު ދައްކަންޖެހިގެން ބޯޓު ފޮނުވާލަނީއޭ. ދުއްވޭކަށް ނެތޭ.
އޮނަރަބްލް އަފީފު ދީދީ
03 March 2025
ކ.މާލެއާއި އައްޑުއާއި ދެމެދު ދުވާލަކު އެތައް ފްލައިޓެއް (އެންމެ މަދުވެގެން އޭޓީއާރ 4) ބާއްވަން ޕައިލެޓުންނަށާއި، ކުރޫ ސެޓަށް އަދި ގުރައުންޑް ސްޓާފުންނާއި، އިންފްލައިޓް ކޭޓަރިންގ ފަދަ އޮޕަރޭޝަނަލް ކޮސްޓަށް ބަލައިފިނަމަ A-321 ބޯޓް ޝެޑިއުލް ކޮށް ބޮޑު ބޯޓް ބާއްވައިފިނަމަ، ކުންފުންޏަށް ލިބޭ ފައިދާ އެތައް ގުނައެއް އިތުރު ކުރެވޭނެ. އަދި އައްޑޫގައި ހިންގާ ރިސޯޓް، ގެސްޓްހައުސް ތަކަށް ބޭނުންވާ މޭވާއާއި ތަކުރާކީ އައްޑުއަށް ކާގޯ ކުރަން ފުރުސަތު ލިބިގެންދާނެ.
އޮނަރަބްލް އަފީފު ދީދީ
03 March 2025
މަތީގައިދެންނެވި ގޮތަށް މޯލްޑިވިއަންގެ ރޫޓްތަަކަށް ބަދަލުގެނެސް މިގޮތަކަށް ރޫޓްކަޑައަޅައި ލޯކޮސްޓް އެއަރލައިނެއްގެ ގޮތުގަށް އިޢުލާންކޮށް އެއަރލައިންގެ ފުލީޓް ދުައްވަން ފައްޓައިފިނަމަ، ރާއްޖޭގެ ދެކުނުގެ ސަރަޙައްދަށް އަގުހެޔޮ ފަތުރުވެރިކަން ތަޢާރަފުކޮށް ދައުލަތަށްލިބޭ އާމްދަނީ އިތުރުކުރުމުގެ ފުރުސަތު ފުޅާވެގެންދާނެ. އަދި ދެކުނުގައި އެތައްސަތޭކަ ވަޒީފާ އުފެދި އަދި ގޭން އެއަރޕޯޓާއި ރިސޯޓްތަކާއި ދެމެދު ކުންފުނީގެ ސީޕްލޭން އޮޕަރޭޝަން ވަގުތުން ފެއްޓޭނެ.
އޮނަރަބްލް އަފީފު ދީދީ
03 March 2025
މިގޮތުން މާލެ-ގޭން-ސައުތުއެފްރިކާ އަދި ގޭން-މާލެ- އޮސްޓްރޭލިއާ ދަތުރު ފެއްޓުން ކިހިނެއް ވާނެތޯ!؟ އަދި އިތުރު މަންޒިލެއްގެ ގޮތުގައި މާލެ - ގޭން - ޗައިނާ ދެކޮޅަށް ދަތުރު ކަޑައަޅައިފިނަމަ ޙަރަދު ކުޑަކުރުމަށްޓަކާ މާލެ އާއި އައްޑު އާއި ދޭތެރޭ މިހާރު ބާއްވާ ކުދި ފްލައިޓްތައް ފުރަތަމަ ކޮޅު ހުއްޓާލެވިދާނެ. އަދި މިދެންނެވި ރޫޓްތަކަށް ދުރާލާ ޝެޑިއުލް ކޮށްގެން ދަތުރު ފައްޓައިފިނަމަ، ވާދަވެރިކަމެއްނެތި މިރޫޓްތަކުގައި ދަތުރުކުރަން ކުންފުންޏަށް ފުރުސަތުލިބޭނެ.
އޮނަރަބްލް އަފީފު ދީދީ
03 March 2025
ކުންފުނީގެ އިމޭޖް ރަނގަޅުކުރުމަށްޓަކާ އެއަރލައިން ކެޓަގަރީ އަކީ ބަޖޭޓް ނުވަތަ ލޯކޮސްޓް އެއަރލައިނެއް ކަމަށް ކަނޑައަޅާ ޕައިލެޓުންނާއި ކުރޫން އަޅާ ހެދުންތަކާއި ގެންގުޅޭ ފޮށި ފަދަ ތަކެއްޗަކީ British Airline އާއި ޤަޓަރ ފަދަ އެއަރލައިން ތަކުގެ ސްޓޭންޑަރޑް ގެ ބަދަލުގައި ބަޖޭޓް އެއަރ ލައިންގެ ފެންވަރުކަމަށް ނިންމާ ޙަރަދުކުޑަކުރަން ކުރާނެ ކަންކަން ނިންމާ ކުންފުނީގެ ބޭރުގެ ދަތުރުތަކަށް ވާދަވެރި ނޫން މަންޒިލް ތަކަކާއި މެދު ވިސްނުން ބަހައްޓަންވީ ނޫންތޯ
ދޮހޮއްތުބޭ
03 March 2025
ބެންގަލޫރުން ރާއްޖެ އަންނަ އިންޑިގޯ ފުލައިޓުވެސް އޮންނަނީ ފުރިބަރުވެފަ.. އެތަނައްވެސް ކުރިން މޯލްޑިވިއަން ދަތުރުކުރި.
ވަހީދާ މުހައްމަދު
03 March 2025
ބަރާބަރު. އަހަރުމެން އެއްމެ ގިނައިން ބޭސް ފަރުވާއަށް ދާ ތަންތަނަށް ތި ފެށީ ދަތުރު. ދެން އިތުރު ޗޮއިސް އެއް މި ލިބުނީ. މާނައަކީ އަގުތައް ހެޔޮ ވާނެޔޭ.
މުސްތަފާ ހަސީން
03 March 2025
މިދިޔަ ސަރުކާރުތަކަށް ހިންގަން ނޭނގުނު އައިލެންޑް އޭވިއޭޝަން އޭގެ ފުރިހަމަ ކެޕޭސިޓީގައި ހިންގާތަން މިއަދު އެބަފެނޭ. ބޮޑެތި ބޯޓްތައް ގެނެސް ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރު ކުރާތަން އެބަފެނޭ
މޫސާ ޔައިޝް
03 March 2025
އެއާބަސްގެ ހަގީގީ ބޭނުން ކުރެވިގެން ދާތަން އެބަ ފެނޭ. މީ ތަންތަނަށް ކަން އިނގޭ މީހުން ލީމަ ފެންނަ ހެޔޮ ނަތީޖާ.
ޝާރިފް ސަމީހްް
03 March 2025
ދުނިޔޭގެ އެހެން ހުރިހާ ގައުމެއްގައިވެސް އެގައުމެއްގެ އެއާލައިންއަށް އިންވެސްޓްކޮށް ޑިވެލޮޕްކުރުމަކީ ކުރަމުންދާކަމެއް. އެމްޑީޕީއިން މިކަމަށްވެސް ޖެހީ ޖޯކް. އެކަމަކު މިކަން ރަނގަޅަށް ފެއްޓުމުން މީގެ ކްރެޑިޓްވެސް ނަގާނީ ހަމަ އެމްޑީޕިީއިން.
މޯޑްސް
03 March 2025
ބަލަ ތި ބޯޓަކީ އެމްޑީޕީ ސަރުކާރުގަ ގެންނަށް ފައިސާ ދައްކާފަ އޮތް ބޯޓެކޭ...
ޑޯމްސް
03 March 2025
ކަނޑައެޅިގެން ދޮގެއް. އެމްޑީޕީ ސަރުކާރުން އެކަމަކު ބޯޓެއް ގަތުން ހުއްޓުވި. 2022 ވަނަ އަހަރު އެއާބަސް އޭ 321 މަރުކާގެ ބޯޓު ވިއްކާލާފައި ގަންނަން އުޅުނު އޭ 321 އެލް އާރު ނުގަނެވުނީ ކޮންފަމޭޝަން ދޭން އޮތް އެންމެ ފަހު ދުވަސް ނިމުނު އިރުވެސް އެމްޑީޕީ ސަރުކާރުގެ ފައިނޭންސް މިނިސްޓްރީއިން ފެހިސިގްނަލް ނުލިބިގެން ބޯޓު ވިއްކާ ފަރާތަށް ކޮންފަމޭޝަން ނުދެވިގެން. އެދުވަހުން އެދުވަހަށް އެހެން ބަޔަކު ބޯޓު ވިއްކާ ފަރާތަށް ބޯޓު ގަތުމަށް ކޮންފަމޭޝަން ދީ ގަނެފި.