އައްޑޫ އެކްސިޑެންޓުގައި އަނިޔާވި، އުމުރުން 18 އަހަރުގެ މުހައްމަދު އިލްމު.--
03 މާޗް 2025 - 12:00
މިދިޔަ މަހުގެ 24 ގައި އައްޑޫ ހުޅުމީދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އަށް އަދިވެސް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އެކްސިޑެންޓުވެ، ފަރުވާދެމުން އަންނަނީ މަރަދޫފޭދޫ، އުމުރުން 18 އަހަރުގެ މުހައްމަދު އިލްމު އަށެވެ.
އޭނާ އެކްސިޑެންޓުވީ ސައިކަލު ރޭސިން ޕްރެކްޓިސްގައި އުޅެނިކޮށް ސައިކަލު ކޮންޓްރޯލް ނުވެ، ހަދަން ފަށާފައި ހުރި ގެއެއްގެ ތަނބެއްގައި ޖެހިގެންނެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އިލްމުއަށް އަދިވެސް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އިލްމުއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.
އޭނާ ޕްރެކްޓިސް ކުރަމުން ދިޔައީ އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަނުން އިސް ނަގައިގެން ހުޅުދޫގައި ބޭއްވި "އެންމެންގެ ޑްރެގް ޗެމްޕިއަންޝިޕް" އަށެވެ.
އިލްމު އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އެކަމަކު، ހާލު ސީރިއަސް ވުމުން އިތުރު ފަރުވާ އަށް އެ ދުވަހު މާލެ ގެނައީ އެވެ.
އިމްލު އަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނައިރު، އެ ރޭސިން ޗެމްޕިއަންޝިޕަށް ދިޔަ 24 އަހަރުގެ ޒުވާނަކު ވަނީ އައްޑޫ ހަންކެޑެ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ނިޔާވެފަ އެވެ. އޭނާ ނިޔާވީ 26 ވަނަ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަގީގަތ
04 March 2025
އަދިވެސް އިއުލާން ކުރާތާ އައްޑޫ ގައި ކާމިޔާބު ކަމާއި އެކު ރޭސިން މުބާރާތެއް ބާއްވައިފިޔޭ.. 1 މަރު ، 1 ވެންޓިލޭރުގައި.. މިވަރަށް މުބާރާތެއް ކާމިޔާބު ވަނީ..
ސަލީމު އިދުރީސް
03 March 2025
ތިރޭހައް ފަރިތަކުރި އެއްޒުވާނަކު މަރުވެ އަނެއް ޒުވާނާ ހާލު ސީރިއަސްކޮއް!މިކުދިކުދި ރައްތަކުގަ ނުރައްކޮއް ދުއްވުމައް ހިއްވަރު ލިބޭތިފަދަ ކުލަބުތައް ބޭވުމުގެ އެއްވެސް ފައިދާއެއްނެއް!ސައިކަލް މޮޓޯރޭސް ފެށުނީ މީގެ 100 އަހަރުކުރިން ހާލީޑެވިސަންނާ އިންޑިއަންނާ އޮތްސައިކަލު ވިއަފާރީގެ ވާދަވެކަމުގެ ތެރޭން އުފެއްދި ތިކަހަލަ ކުލަބުތަކުން އުފަންވެގެން!އެކަމުން އެމެރިކާ އިގުތިސޯދައް ބޮޑުފައިދާ ވިއަސް މިގައުމުގަ ތިކުލަބުތަކުން ދައުލަތައް ވަނީބޮޑު ގެއްލުން
ކަހުރަބު
03 March 2025
ރޭސް ރާވާ މީހުންނަށް ދައުވާ ކުރަންޖެހޭ! ނޫނީ އެމީހުން ރޭސްތަކުގައި ބައިވެރިކުރުވަންވާނެ. މިއީ ވިއްޔާ ނުވެގެން އުޅޭކަމަކީ؟