އައިޖީއެމްއެޗް: އެކްސިޑެންޓެއްގައި ލޮރީއެއް ދަށުވި މީހެއްގެ ހާލު ސީރިއަސް ވެގެން ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނި.
11 ސެޕްޓެމްބަރ 2025 - 18:22
ކ. ތިލަފުށީގައި އެކްސްކަވޭޓަރެއްގެ ކައިރީގައި މަސައްކަތް ކުރަން ހުރި މީހެއްގެ ގައިގައި ލޮރީއަކުން ޖެހި، އޭނާ އެ ލޮރީގެ ދަށުވެ، ހާލު ސީރިއަސް ވެގެން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ފުލުހުން ބުނީ ލޮރީއަކުން ޖެހި ވެއްޓި، އެ މީހާގެ ގައިގެ މަތިން ލޮރީ ދިޔަ މައްސަލައެއްގެ ރިޕޯޓު ލިބުނީ މިއަދުގެ މެންދުރު 2:15 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ ސްރީ ލަންކާގެ ފިރިހެނަކަށެވެ. އެ މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު އޭނާ އަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެެ.
ފުލުހުން ބުނިގޮތުގައި، ލޮރީ ދުއްވި އިން އިންޑިއާގެ އުމުރުން 28 އަހަރުގެ ވިގްނޭޝް އަނަދުރާއީ ވަނީ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭނާ ދުއްވި ލޮރީ ވެސް ވަނީ ޓޯކޮށްފަ އެވެ.
އެ މައްސަލަ ފުލުހުން އިތުރަށް ބަލަމުން އަންނައިރު އިތުރު ތަފްސީލެއް އަދި ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަލަންދާރު
12 September 2025
އިންޑަސްޓްރިއަލް ތަންތާ ބޭނުންކުރާ ބަރު ވެހިކަލްތައް ދުއްވަނީ އެއްެވެސް ހަމައެއް ބަލައިގެނެއްނޫން، ސަލާމަތީ ކަންތައްތަކަށް އެއްވެސް ސަމާލުކަމެއް ނުދޭ، މާލެއާއި ހުޅުމާލެގައި ބޭނުންކުރާ ވެހިކަލްތަކުގެ 90% ރޯޑްވާދިނެސް ފުރިހަމަވާނެ އެއްގޮތެއް ވެސް ނޯންނާނެ، ނަމަވެސް ރާއްޖެއަކީ ކޮންމެ ކަމެއްވެސް ކުރެވޭ ގައުމަކަށްވާތީ ދުއްވެނީ، ރޯޑްވާދިނެސް ސްޓިކާަ ފޭސްބުކްގައި އިސްތިހާރު ކޮށްގެން ވިއްކާ ގައުމެއްގައި އެކްސިޑެންޓް އެއްޗެހިވާލެއް މަދު،
ކޮރަލް
11 September 2025
ހުޅުމާލެ ، މާލެ ، ތިލަފުށީގަ މަގުމަތީ 4 ފުރޮޅު ލީ ވެހިކަލް މަރާ މާތު ކުރަން މަގުމަތީ އޭގެ ދަށައް މީހާ ވަދެ ނިކުމެ ވާ ތަން ފެނެ އެވެ.