ސުއޫދު: އޭނާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ހަތް އަހަރަށް ފަހު މިއަދު އިސްތިއުފާ ދެއްވާފައި.
04 މާޗް 2025 - 08:04
ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ސަސްޕެންޑްކޮށް، ސަރުކާރުން ފަނޑިޔާރުންނަށް ބިރު ދައްކަމުން ގެންދާ ކަމަށް ވިދާޅުވެ، އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އޭނާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު، ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
ޑިސެމްބަރު 8، 2019 އިން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދެވި ސުއޫދު މިއަދު އިސްތިއުފާ ދެއްވިއިރު، ސުއޫދާ އެކު، އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖޭއެސްސީން ވަނީ ސަސްޕެންޑުކޮށްފަ އެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އޭސީސީން ބަލަމުންދާ މައްސަލައެއްގެ މައުލޫމާތު އެ ކޮމިޝަނުން ކުއްލި ގޮތަކަށް ޖޭއެސްސީ އަށް ފޮނުވުމާ ގުޅިގެން ކަމަށް ބުނެފައި ވެ އެވެ.
ސުއޫދާއި އަޒްމިރާލްދާ އަދި މަހާޒުގެ އެހެން މައްސަލަތަކެއް ޖޭއެސްސީން ވެސް ބަލަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ކުރިން ބުނެފައި ވެ އެވެ.
ސުއޫދުގެ އިސްތިއުފާގެ ސިޓީގައި ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ވެސް މަދު ކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވެ އެވެ.
ސުއޫދު ތުހުމަތު ކުރެއްވި ގޮތުގައި އެއީ "ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި" އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ރައީސް އެދިވަޑައިގަންނަވާ ގޮތަށް ނިންމަން ނުފޫޒު ފޯރުވުމެވެ.
"... އެކަމަށް އިހުތިޖާޖު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ހިނދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" ސުއޫދުގެ ސިޓީގައި ވެ އެވެ.
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ ކަމަށް ބުނާ ވާހަކަތަކާ ސަރުކާރުގެ މެމްބަރުން ދެކޮޅު ހައްދަވައި ވިދާޅުވަމުން ގެންދަވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށް، މުޅި ބެންޗު އެއްކޮށް މީގެ ކުރިން ވެސް ބަދަލުކޮށްފައިވާ ކަމަށެވެ. އެކަމަކު އިދިކޮޅުން ބުނަނީ ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުގައި ހިނގަމުންދަނިކޮށް އެ ކޯޓުގެ ބެންޗުގެ އަދަދު މަދުކޮށް އަދި ބައެއް ފަނޑިޔާރުން ސަސްޕެންޑު ކުރުމަކީ ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒުގެ އިތުރުން އާއިޝާ ޝުޖޫން މުހައްމަދާއި އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހީމެވެ. އެކަމަކު، އަޒްމިރާދާ އާއި މަހާޒު ސަސްޕެންޑު ކޮށްފައިވާތީ އެ ކޯޓުން މައްސަލަތައް ބެލުމަށް ވަނީ ދަތިވެފަ އެވެ.
އެހެންވެ، އެއީ ސުޕްރީމް ކޯޓުގައި "ތަޅު އެޅުވުން" ކަމަށް ވިދާޅުވެ، އެ ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ކުރީގެ މަޖިލިސް މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ވަނީ ހައި ކޯޓަށް މައްސަލައެއް ވެސް ހުށަހަޅުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
05 March 2025
މިހާރުއޮތް ވެރިކަންބަދަލުކޮށް ރާއްޖޭގެ ވެެރިކަމުގެތެރޭގައި އަށަގަނެފައިވާ ވައްކަމާއި ޙިޔާނާތް ނެތިކޮށްލުމަށާއި، ޤާނޫނު ތަންފީޒު ނުކުރުމުގެ އުސޫލު އެއްކޮށް ހުއްޓާލުމަށާއި، މޮޅުމީހާއަށް މޮޅުގޮތް ދެރަމީހާއަށް ދެރަގޮތް ގޮތަށް ހެދުމުގެ ސަޤާފަތް ނައްތާލުމަށްޓަކާ "ރައްޔިތުންގެ ކެންޑިޑޭޓް" ގެ ގޮތުގައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބަށް ނިކުމެ ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގަންނަވާ. ސުޢޫދު އަކީ އިތުބާރު ކުރެވޭ ފަރާތެއް. ރައްޔިތުން ވޯޓްދޭން ތައްޔާރު.
ރާވެރިބެ
05 March 2025
100% ތާއިދު. މިގައުމު ހަމަ މަގަށް އަޅުވައި ގާނޫނު އަސާސީގެ ބާރު އިއާދަކޮށް ހެޔޮ ވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި ސުއޫދު ފަދަ ގާނޫނީ މާހިރެއް ބޭނުންވޭ. އެހެންކަމުން އޮނަރަބަލް އަފީފުދީދީގެ މި ޚިޔާލުފުޅަށް ވަރަށް ބޮޑަށް ތާއިދު މިކުރަނީ ޝުކުރު ވެރިކަމާ އެކީ. އުއްމީދު ކުރަނީ 2028ގެ ރައްޔިތުންގެ ކެންޑިޑޭޓަކީ އުސްތާޒު ހުސްނުއްސުއޫދު ވެގެން ދިއުން.
ބާބް
05 March 2025
ރައްޔަތުންނަކީ ކަލޭ އެކަނިތަ؟ ކާކުތަ ސޫދަކީ. އޭނަޔަކީ އެމްޑީޕީ އެކްޓިވިސްޓެއް. ކުރިންވެސް މިހާރުވެސް. ސުޕުރީމް ފަނޑިޔާރަކު ލިޔެފައި އޮތް އިސްތިއުފާ ސިޓީ ދެކިބަލަ. އެއްވެސް ޕްރޮފެޝަނަލް ކަމެއް ނެތް. ގެރިޒުވާބު ގޮތަށް އިބާރާތް ތައް ހުރީ.
ޗަކްބެރީ
05 March 2025
ގޫބައްޑާއިން ތައް ވަރަށް ބަގާވާތް ކުރާ ހިތްވާނެ. ނުކުރެވޭނެ ވެރިކަން ބަދަލެއް. މި 10 އަހަރު ވެރިކަމުގައި ހުންނާނީ މުއިއްޒު.
ކޮސް
04 March 2025
އެތަނަށް މީހަކު ލިުަސް ނުލިއަސް ސުޕުރީމް ކޯޓުގެ އަގުލަބިއްޔަކު މުއިއްޒަށް ދޭގޮތަކަށް ނޫން ތިބީ. ހެއއްހއއް
ކޮސް
04 March 2025
މުއިއްޒުގެ ވެރިކަން ޤާނޫނާއި ޤަވައިދުގެ ތެރެއިން ނިންމަން ދިވެހިން ތައްޔާރުވާންޖެހިއްޖެ..
އޮނަރަބްލް އަފީފު ދީދީ
04 March 2025
އިސްލާޙްކުރި ޤާނޫނުއަސާސީގެ ދަށުން ރާއްޖޭގައި އުފެއްދި ސުޕްރީމްކޯޓް ފަނޑިޔާރެއްގެ ގޮތުގައި މިހާތަނަށް އައްޔަން ކުރެވުނު އެންމެޤާބިލް ތަޖުރިބާކާރު ފަނޑިޔާރަކީ، އެކޯޓް ބެންޗްގައި އިންނެވި ހުސްނު އަލް ސުޢޫދު. އެބޭފުޅާއަކީ ޤާނޫނީ ދާއިރާއިން މެލޭޝިޔާ އާއި އޮސްޓްރޭލިއާ ގެ ޔުނިވަސިޓީތަކުން ތަޢުލީމް ޙާސިލްކޮށް ޤާނޫނީ ވަކީލުކަމުގެ އިތުރުން ދަށުކޯޓް ތަކުގެ ފަނޑިޔާރުކަމާއި، ދައުލަތުގެ ބަންޑާރަ ނައިބް ކަން ކުރައްވާފައިވާ ނަޒާހަތްތެރި އަބުރުވެރި ބޭފުޅެއް.
4323
04 March 2025
އެމީހަކަށް މީހަކު މޮޅުވެ ނަޒާހަތް ތެރިވުމަކީ އަނެކާ އެކަން ގަބޫލުކުރާނެ ސަބަބެއްނޫން. ރައީސް ޔާމީންގެ ކެންޑިޑެސީ ގެއްލުވާލި ހިސާބަކީ ސުޕްރީމް ކޯޓުގެ ހިރިހާ ފަނޑިޔާރުންގެ ނަޒާހަތް ތެރިކަމާމެދު ސުވާލު އުފެދުނު ހިސާބު. ރައީސސް ޔާމީން ވެރިކަމަށް އަޔަނުދިނުމަށް މައްސަލަ ޕާކު ކުރިހިސާބަކީ މުޅި ޖުޑީސަރީގެ ނަޒާހަތްތެރި ކަމާމެދު ޝައްކު ކުރެވެން ފެށި ހިސާބު.
އޮނަރަބްލް އަފީފު ދީދީ
04 March 2025
ދައުލަތުގެ 3 ބާރުގެތެރެއިން ސަރުކާރު ޒިންމާދާރުކުރުމާއި، ޤާނޫނުހަދަން ޤާނޫނުއަސާސީ އިން މަތިކޮށްފައިވާ "ރައްޔިތުންގެ މަޖިލިސް" ސުޕަރ މެޖޯރިޓީއޮތް ވެރިކަންކުރާ PNC ގެ ފަރާތުން ދައުލަތުގެ ޤާނޫނުއަސާސީއަށް ގެނައިބަދަލު "ޤާނޫނުއަސާސީއާއި ޙިލާފުވާތީ" އަމިއްލަފަރާތަކުން ސްޕްރީމްކޯޓަށް ހުށަހެޅި ދުސްތޫރީމައްސަލަ އެ ކޯޓަށް ބެލޭނެކަމަށް ކޯޓްގެ މުޅިބެންޗުން ނިންމުމުން ސަރުކާރުން އެކަމާއި ހިތްހަމަނުޖެހި، ދެން ފެނިގެންދިޔައީ ފަނޑިޔާރުން ބޭރުކުރަން ހިފާލިތަން.
މިވެސް
04 March 2025
ފިކުރުގެ ވާހަކަ ދައްކާ ސުއޫދުއަށް ތުހުމަތުކޮށް ބޭރު ކޮށްލީމަ ބުނެލަން. ތި ޝަރުއީ ދާއިރާގަ ގިނަވާނީ މައުމޫނިޒަމް އަދި ޕޕމ ފިކުރުގެ މީހުން.
ހަސަންބޭ..
05 March 2025
އެއީ މައުމޫނިޒަމް ފިކުރު ރަނގަޅުވުމުންބާ ? ނުވަތަ ގޯސްވުމުންބާ ? މައުމީނިޒަމް ފިކުރުގަ އަދިވެސް ވަރުއެބަހުރިތާދޯ
މަންހަޖު
04 March 2025
އެއްދުވަހަކު އަލްއުސްތާޛް ސުޢޫދު އެމްޑީޕީއަށް ސަޕޯޓްކުރިއޭ ކިޔާފައި، އެމްޑީޕީގެ އެކްޓިވިސްޓަކަށް ހަދާ މި ކުޅޭ ކުޅިވަރު ހުއްޓާލަންޖެހޭ.. ސުޢޫދަކީ ޝަރީޢަތާ ޤާނޫނުގެ ޢިލްމަށް މޮޅު ރާއްޖޭގައި މިވަގުތު ހުރި އެފަންނުގެ ފުންނާބު އުސް، ޢީލްމީ ދަންމަރުތަކުގެ ތެރެއިން އަލިގަދަ ދަންމަރެއް. މަށަކީވެސް ޑރ. މުޢިއްޒަށް ތާއީދު ކުރާ މީހެއްނަމަވެސް ހަމަޔާ އިންސާފުގެ ނަޒަރުން ބަލާއިރު ރައީސްއާއި، އެބޭފުޅާގެ ޓީމުގެ މިކުޅިވަރު އަޅުގަނޑަށް ކަމަކު ނުދޭ..
ސައްޙާފް
04 March 2025
ތެދެއް. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާ ހަވާލުވުމުގެ ކުރިން ސުއޫދަކީ އެމްޑީޕީ މީހެއް. އެކަމަކު އެހިސާބުން، ރާއްޖޭގެ މިފަހުން ނުދެކޭ ވަރުގެ ޕްރޮފެޝަނަލިޒަމެއް ސުއޫދު ދެއްކި، އަދި 2019 ގެ އާ ބެންޗް ވެގެންދިޔައީ ސުޕްރީމް ކޯޓުގެ ތާރީޚުގައި ފެނުނު އެންމެ އަދުލާއި ގާތް، މީހުން ބަލައިގަތް އަދި ދެފުށްފެންނަ، ޢިލްމީ ރައުޔު ނެރެނު ބެންޗަކަށް. ތާރީޚުގައި ސުއޫދުގެ ނަން ލިޔެވިގެންދާނީ، ރާއްޖެދުށް ވަރުގަދަ ކެރޭ އިންސާފުވެރި ފަނޑިޔާރެއްގެ ގޮތުގައި.
ސުންދުސް
04 March 2025
100 ގެ ވާހަކައެއް!
އަބްޑޫޅް +
04 March 2025
ހިތްވަރު ގަދަ ފަހުލަވާނެއް.
އަސްލީ
04 March 2025
ސުއޫދަކީ އިލްމުވެރި ތަޖްރިބާހުރި ގާބިލް އިންސާފްވެރި މީހެއް. ސުއޫދުގެ ނިންމުންތަކުގައި ވަކި ފަރާތަކަށް ބުރަނުވެ ގާނޫނާއި ގަވާއިދުގެ ތެރެއިން އިންސާފަށް ކަށްކޮށްފައިވާކަން ބަލާމީހުންނަށް އެގޭނެ. ޖުޑިޝަރީ ވާގިނެތޭ ގޮތް ހެދުމަކީ އިންސާފު ނެތުން.