ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު އަދި ތައިލެންޑުގެ ޕޭން ޕެސިފިކްގެ ސީއީއޯ ޒިރާޓް ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް
06 މާޗް 2025 - 14:23
ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދަން ތައިލެންޑުގެ ކުންފުންޏަކާ އެކު، ދިވެހި ސަރުކާރުން އެމްއޯޔޫގައި ސޮއިކޮށްފައިވީ ނަމަވެސް އެ ކުންފުނިން ރިޕޯޓުތައް ހުށަނާޅާތީ މަސައްކަތް މަޑުޖެހިއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ތިނަދޫގައި އެއާޕޯޓެއް އަޅަން ތައިލެންޑުގެ ޕޭން ޕެސިފިކްއާއާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.
އެ ރަށު ސްކޫލުގެ ހޯލުގައި ފެބްރުއަރީ 20، 2024 ބޭއްވި ރަސްމިއްޔާތުގައި 400-600 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ތައިލެންޑުގެ ޕޭން ޕެސިފިކްއާގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޒިރާޓް ޕެތްނުންތަވޮންގެވެ.
އެ އެއްބަސްވުމުގައި ސޮއިކުރިތާ އަހަރަށް ވެގެން ދިޔަ ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް އަދި ނުލިބެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި ފޮނުވި ސުވާލުތަކަށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އަޑުއެހުމަކަށް ފަހު މިއަދު ވަނީ ޖަވާބު ދީފަ އެވެ.
ތިނަދޫގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރެހުމެއް: މި ތަން ހެދުމަށް ހަވާލުކުރީ ތައިލެންޑުގެ ކުންފުންޏަކާ.
އެ ޖަވާބުގައި މިނިސްޓްރީން ބުނީ އެއާޕޯޓު އެއްބަސްވުމުގައި ސޮއިކުރީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓުގެ ދަށުން ކޮންޓްރެކްޓަރު ހުށަހަޅާފައިވާ ޕްރޮޕޯޒަލަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.
އެކަމަކު، ކޮންޓްރެކްޓަރުގެ ފަރާތުން ތިނަދޫ އެއާޕޯޓުގެ ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯޒަލް މިނިސްޓްރީ އަށް ހުށަހަޅާފައި ނުވާތީ އެ މަޝްރޫއު މަޑުޖެހިފައިވާ ކަމަށް ބުންޏެވެ.
އެކަމާ ގުޅޭގޮތުން ހަ ސުވާލެއް މިނިސްޓްރީ އަށް ފޮނުވި ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް ނުލިބެ އެވެ.
މުއްތޮލިބު ކުރިން ވިދާޅުވެފައި ވަނީ ކޮންޓްރެކްޓް އެއްބަަސްވުމުގައި ސޮއިކުރާނީ ތައިލެންޑުގެ ކުންފުނީގެ ފަންނީ އަދި މާލީ ގާބިލްކަން ކަށަވަރު ކުރުމަށް ފަހު ކަމަށެވެ.
ތިނަދޫ އެއާޕޯޓުގެ އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، އެ އެއާޕޯޓު ހެދުމުގެ މަޝްރޫއަށް ދިވެހި ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށާއި އެ ހުރިހާ ކަމެއް ކުރާނީ ސީދާ އިންވެސްޓަރު ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ތިނަދޫ ފަޅުގައި އެއާޕޯޓު އެޅުމާއެކު، ގދ. އަތޮޅުގައި ޓޫރިޒަމް ސިނާއަތާއި އެހެނިހެން އިގުތިސާދީ ކަންކަމަށް ވެސް އިންވެސްޓްކުރުން ހިމެނެ އެވެ.
މުއްތޮލިބު ވިދާޅުވި ގޮތުގައި ގދ. އަތޮޅުގައި ވަސީލަތްތައް ހުއްޓަސް އަތޮޅުން ތަރައްގީ ނުފެންނަނީ ސަރުކާރުތަކުން އަޅާ ނުލައި އޮތުމުންނެވެ. އެހެންވެ، އިތުރު އެއާޕޯޓެއް އެޅުމަކީ އަތޮޅުގެ ތަރައްގީ އަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ތިނަދޫގައި ހަދާނީ އެންމެ ބޮޑެތި ބޯޓުތައް ރަންވޭގައި ޖެއްސޭ ފަދަ އެއާޕޯޓު ކަމަށާއި އެތަނުގައި ފްލައިން ޕޫލަކާއި ކާގޯ ހިދުމަތް ދެވޭނެ ތަނަކާއި ފިއުލް ފާމެއް ވެސް ގާއިމު ކުރައްވާނެ ކަމަށް ވެސް އޭނާ އޭރު ވިދާޅުވި އެވެ.
އެއާޕޯޓާއެކު ކޮންޓްރެކްޓަރު ވަނީ އެ ސަރަހައްދުގައި 12 ރިސޯޓު ތަަރައްގީ ކުރަން ވެސް ހުށަހަޅައިފަ އެވެ. އޭގެ ސަބަބުން އެތައް އެނދެއް އެތަނުގައި ގާއިމުކޮށް، ހުވަދު އަތޮޅަށް ބޮޑު ބަދަލެއް އަންނާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކީކޭ ބުނާނީ
07 March 2025
ކޮންމެ ރަށެއްގަ އެއާރޕޯރްޓް ތި އަޅަނީ އަހަރެމެން މިތިބީ ރަންވަޅެއް މަތީތަ؟
މިޔޯ ކޮސްގޮވަނީ
07 March 2025
ސަރުކާރަކުން ހިނގަންއުޅޭކަމެއްގަ, ހާވާލުވެގެން އުޅޭމީހަކު އެކަން ނުކުރީމާ ކުރެވޭނެ ގޮތް ހެދުމަކީ ވެރިކަމުގަ ހުންނަމީހެއްގެ ޒިންމާއެއް. ހިވަނީ ބަތްކައްކާކުޅޭ ކުޑަކުދިންތަކެއް ދައްކާކަހަލަވާހަކަ ދައްކާ ބައެއް ހެން.
މައްކުބޭ
07 March 2025
5 މިނިޓް ދުރުމިނުގައި އެއަރޕޯރޓެއް އެބައޮތް، މިދެން ކިހާ ދެރަކަމެއް، އަހަރެމެން ތި ފަދަ އެއަރޕޯރޓް 5 މިނިޓުން ދެވޭ ހިސާބުގައި އޮއްވާ މި އަޅަންއުޅޭ އެއަރޕޯރޓް އަދި ބްރިޖް ފަދަ ކަންކަމަކީ ކުރަންޖެހޭ ކަމެއް ނޫން، ދައުލަތުގެ ފައިސާ ބޭކާރުގޮތުގައި ޚަރަދުކުރުކުގެ ބަދަލުގައި ރައްޔިތުންނަށް ފައިދާހުރި ކަންކަމަށް ފައިސަާ ޚަރަދުކުރުން މާ ރަގަލު، މިސާލަކަށް ބާވެފަވާ ކާޑެެއދޫ އެެަރޕޯރޓް އަޕްގްރޭޑް ކުރުން މަާ ރަގަޅު
ހޯރަބޜ
07 March 2025
ސަރުކާރުގެ މަގުސަދަކީ މަޖިލިސްއިންތިހާބު ކާމިޔަބު ކުރުން އެކަށް ކިތައްމެ ރަގަޅަކަށް ވެސް ކޮށްފި. ލައްކަވާހަކަ މީ އެވާހަކަ ބުނެލީ.
އަފްރާސިޔާބު
06 March 2025
ތިނަދޫ މީހުންނަށް ކިހާބޮޑު ލަނޑެއް މުއްތަލިބު ތި ދެއްވީ. ފައިސާ ހޯދާނޭ ގޮތެއްވެސް ނުށަނުހަޅައި އަދި މަސައްކަތްކުރާނެ ގޮތެއްވެސް ހުށަނުހަޅައި ފޮނުވި ސިޓީއަކަށް ނުވަތަ އީމެއިލަކަށްތަ 400 މިލިއަންޑޮލަރުގެ ޕްރޮޖެކްޓެއް ތިޙަވާލު ކުރީ. ބަލަ ޕްރޮޕޯސަލް ހުށަހަޅާއިރުގައި ފައިސާ ނެތިއްޔާ ފައިސާ ހޯދާނެ ގޮތާއި މަސައްކަތް ކުރިއަށް ގެންދާނެ ގޮތްވެސް ޕްރޮޕޯސަލުގައި އޮންނާނެ. އެހެންނުވެ ދެން ކޮންކަމެއް 1 އަހަރާއި 6 މަސްދުވަސް ތި ދުއްވާލީ. ފޫގަޅަންވެސްނޭގޭދޯ؟
ކަނބިލި
06 March 2025
މިއީ ވެސް ކަރުދާހުގައި ސޮއިކުރުމާއި ބިންގާ އެޅުމާއި ވައުދުތައްވުމާއި ރަސްމިއްޔާތުތަކާއި މީޑިއާ މެދުވެރިކޮށް ސަޅިބައިސާ ކެނޑުމާ ހަމައިން ތަރައްގީ ގެންނަ ސަރުކާރެއް. ދަރަނި އެހާބޮޑު އިރު އެއްބަޔަކު އިތުރަށް ފައިސާ ނުދޭނެ. ލިބޭ އާމްދަނީން ޚަރަދުކުރަނީ ސިޔާސީ މަގާމުތަކުގައި އަދަދު ނޭގޭ މީހުންނަށް ބޮޑެތި އަދަދުން މުސާރަދޭން. އީދު ބައްތި ދިއްލާފައި މަސްދަަޅުކޭސް ބެހުމުން ދެން ނިމުނީ ހުރިހާ ކަމެއް. މި ބޭކާރު ޚަރަދުތަކުން ކުންފުނިތައް ބަނގުރޫޓުވާނެ
އައިމިނާ
06 March 2025
އެހެންނޭވާނީ ރައްޔިތުންނަށް އަސްލުނޫން ގޮތްގޮތް ދައްކަން އުޅޭނަމަ. ރީތިކޮށް ބުނާނަމަ ފޭކު ޖައްސަންޏާމު. ގައުމުގަ ފައިސާ އެބަހުއްޓޭބުނާއިރު ނެތޭ. ބަޖެޓް ހަމަޖެހިއްޖޭ ބުނާއިރު ފައިސާއެއްނެތޭ.
ޢަލީ ކުރުސީ
06 March 2025
ސަރުކާރުން ވޯޓު ހޯދަން ކުޅުނު ގޭމެއްތީ! ކޮބާ ޕަރފޮމަންސް ގެރެންޓީ؟ ކުންފުނީގެ ފައިނޭންޝަލް ކެޕޭސިޓީ އަންގައިދޭ ލިޔެކިއުންތައް؟ ނުހުންނާނެ! ޔާމީނު އިރުއްސުރެ ފޭކު ޕްރޮޖެކްޓް ހިފައިގެން އެނބުރޭ ބައެއްތީ!
ހާނީ މީދޫ
06 March 2025
މިސްރު އަންހެނަކާއި އެކު އައްޑޫ ބުރިޖް އަޅަންވެސް ކުރީ ތިކަހަލަ ސޮޔެއް. މިހާރު ނޫހުން އެ ބުރިޖުގެ މަސައްކަތް ގޮސްފައިއޮތް ހިސާބެއް ވެސް ބަލާދީބަލަ. ސޮއި ކުރިފަހުން އޭގެ ވެސް އެއްވެސް މަސައްކަތެއް ނުކުރޭ..
އައްޔޫބެ
07 March 2025
15 މިނިޓުންގެ ދަތުރަކަށް 500 މިލިއަން ޑޮލަރުގެ ބްރިޖެއް ހެދުމަށްވުރެ، ސްޕީޑް ބޯޓް ދަތުރުތަކުގެ ފްރީކްއުންސީބއިތުރުކޮށް ތިފައިސާ ގެސްޓްހައުސް ހަދަން ތި ޙަރަދުކުރުން މާ ރަގަޅު އައްޑުއަށް
ތަމެންދޯ
06 March 2025
ތިނަދޫ ގައި އެއަރޕޯރޓް އައްޑޫ ގައި އެއަރޕޯރޓް ނާޅާނެ ވިޔާފާރިގެ އަލިފުބާ ދަންނަ އެކަކު ވެސް އެއީ ޔަގީން ކަމެކޭ ތިނަދޫއަކީ އާބާދީގައި 10 ހާސް މީހުން އުޅޭ ކަމަށް ވެސް މަކަރާއި ހީލަތުން އެކަން ކޮށްގެން އުޅޭ ބައެކޭ ތިނަދޫގައި ދިރިނޫޅޭ 4 ހާސް މީހުން ދެން ކިހިނެއް 10 ހާހަށް އަރާނީ މިކަން ކަން ބަލާނެއޭ ބޭރުގެ އިންވެސްޓަރުން ވަރަށް ރަނގަޅަށް ތިނަދޫގައި އެއާރޕޯރޓް އަޅައިގެން އެވިޔާފާރި ދެކޮޅު ނުޖެހޭނެ ޖެހިގެން ކާޑެއްދޫ އެއަރޕޯރޓް އޮތްހާ ހިނދަކު ގަމާރުންނޭ