ޖުމްހޫރީ މައިދާން ކުރިމަތީގެ ބަނދަރު ބަޔަކު ލޯންޗަކަށް އަރަނީ: މި ސަރަހައްދަށް އެތައް ލޯންޗު ފެރީއެއް އެއްފަހަރާ ގާތްކޮށްފި ނަމަ އަރައިފޭބުމުގައި ގިނަ ބަޔަކަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވޭ.---ފައިލް ފޮޓޯ: މިހާރު
06 މާޗް 2025 - 16:41
ކުރީގެ ނަސަންދުރަ ޕެލަސް ހޮޓެލް ނުވަތަ މިހާރުގެ "ބާސެލޯ ނަސަންދުރާ މާލެ" ކުރިމަތީގެ ޓާމިނަލްގެ ބަނދާރައި ހުޅުމާލެ ފެރީ ޓާމިނަލްގެ ބަނދަރު، ލޯންޗު ފެރީ އޮޕަރޭޓް ކުރާ އެންމެންނަށް ހުޅުވާލަން އެމްޓީސީސީން މިއަދު ނިންމައިފި އެވެ.
އެ ކުންފުނީގެ އިސްވެރިއަކު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ނިންމެވުމެއްގެ ދަށުން އެ ގޮތަށް ނިންމެވީ ރަށްރަށުން މާލެ އަށް އަންނަ މީހުންނަށް ލުއިގޮތެއް ހަމަޖެއްސެވުމަށް ކަމަށެވެ.
އެމްޓީސީސީން ބުނީ، އެ ދެ ބަނދަރު ބޭނުންކުރަން ބޭނުންވާ މީހުން މި މަހުގެ 10 ގެ ކުރިން ހުށަހަޅަން އެދޭ ކަމަށެވެ. އެ ކަމަށް އެދި ހުށަހަޅަން ޖެހެނީ [email protected] އަށް އީމެއިލް ކޮށްގެންނެވެ. އަދި 7978865 އިން އިތުރު މައުލޫމާތު ސާފުކޮށްދޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އޮފިޝަލް ވިދާޅުވީ، މިހާރުގެ "ބާސެލޯ ނަސަންދުރާ މާލެ" ކުރިމަތީގެ ޓާމިނަލްގެ ބަނދާރައި ހުޅުމާލެ ފެރީ ޓާމިނަލްގެ ބަނދަރު ބޭނުންކުރަން ބޭނުންވާ މީހުން ރަޖިސްޓަރީ ކުރަން ފުރުސަތު ދެނީ ފަސޭހައަކަށް ކަމަށެވެ.
"އެމްޓީސީސީ ފެރީތައް މިހާރު ވެސް އެ ދެ ބަނދަރަށް ގާތްކުރޭ. އެހެންވީމާ ސިސްޓަމެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދަން ފަސޭހަވާނެތީ ޝައުގުވެރިފާ ފަރާތްތަކަށް ފުރުސަތު ހުޅުވާލީ. ރަޖިސްޓަރީ ކުރުމަށް ފަހު، ހަމަ އެ ދެ ބަނދަރަށް ކޮންމެ ލޯންޗު ފެރީއަކަށް ވެސް ގާތްކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
މާލެ އަށް ރަށްރަށުން އަންނަ ލޯންޗު ފެރީތަކުން މީހުން ފޭބުން ބޮޑު ތަކުލީފަކަށް ވެފައިވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ހާއްސަކޮށް އަވީގައި ގިނަ އިރުތަކެއް ވަންދެން ތިބެން ޖެހުމުގެ ޝަކުވާތައް ވެސް ވަރަށް ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުވޭސާ އަލީ
08 March 2025
ވަރަށް ފަސޭހަ ވާނެ މީގެ ސަބަބުން ދަތުރު ކުރާ ފަރާތްތަކަށް
ޖައިޝަމު
07 March 2025
ސަޅި ނިނަމުމެއް
ފުޅު 8.6
07 March 2025
ރައްޔިތުން ސޯޝަލް މީޑިއާގަ މުޒާހަރާކޮށް އެކަން ކުރަން ހިޔާލު ދިނީމަ ކުރި ކަމެއް. އަމިއްލަ އަށް ނުވިސްނެއޭ ރައްޔިތުންނަށް ހެޔޮ ކަމެއްކޮށްދޭން
ރަހުމަތު
07 March 2025
މި ދިވެހިރައްޔިތުންގެ ވަރަށް ގިނަދުވަސްވީ އުއްމީދެއް މީ ވޭތުވެ ދިޔަ ސަރުކާރު ތަކަށް ކުރަން ނުކެރުނު ކަމެއް
އަސަރަފަ
07 March 2025
މިރާއްޭގަ ހުރިހާ ކަމެއްވެސް ހިނގަނީ ޓްވިޓާއިން
ޚަނބުލޮ
07 March 2025
ޙުޅުމާލޭ ޖެޓީ އަކީ މީހުންނަށް ލޯން ކަިރިކޮށް ގެންއަރާ ފައިބޭވަރަށް ވުރެން މާއުސްކޮށް ހުންނަތަނެއް. ޅަކުޑި ޖެޓީ އަކީ މިޙާރުވެސް ބާރުބޮޑުތަނެއް. ފިނިކޮޓައީގައި ތ8ބެފައި ގޮތް ނިންމި އަކަސް ނުވާނެ ފައިދާއެއް. ޢާންމުމް ތެޅޭ ހާލު.ނޭނގޭނެ.
ސޮހޮލު
07 March 2025
ބޮޓުންތައް ކިތަންމެ ކޮމެންޓެއް ކުރިއަސް ކިތަންމެ ވަރަކަށް ކުރިން ވެރިކަން ކުރި ރައީސުންނަށް، ސަރުކާރުތަކަށް ކުރަން ނޭނގުނު ކަމެއް މި ރައީސް، މި ސަރުކާރުން ކުރިއޭ ކިޔާއިރު ހަގީގަތަކީ ރަސްމީ ފާލަން ބޮޑު ހަރަދެއް ކޮށް ހުޅުވީމަ ލޯންޗު ފަހަރުގަ އަންނަ މީހުން އުޅެންޖެހޭ ހާލު އަންގާ މުޅި ސޯޝަލް މީޑިއާ ކައްކާލީމަ އެކަމެއް ކުރީ. އަމިއްލައަށް ހެޔޮފުޅުވެގެން އޯގާތެރިވެގެން ވިސްނިގެން ކުރި ކަމެއް ނޫން އެއީ
އިބުްރާ
07 March 2025
އެއް ލޯންޗުން އަނެއް ލޯންޗްއިން ގޮސް ލޯންޗަށް އަރަން ޖެހިގެން މިއުޅެނީ މިވެރިކަމުގަ އެކަނިވިއްޔާ!
ރައްޔިތު
07 March 2025
މިތާ ކޮމެންޓް ކުރާ ބައެއް ބޭފުޅުންނަށް ހީވާ ކަހަލަ މާލެ ހުރިހައި ރައްޔިތުންނަށް ރަސްމީ ފާލަން ބޭނުން ކުރެވެއޭ
ލިއުޝާ ހަސަން
07 March 2025
ސަޅި. ދެން ނުޖެހޭނެ 3 ލޯންޗަށް އަރާގެން އަސްލު އަރަންޖެހޭ ލޯންޗަށް އަރާކަށް
ޔާނިއު
07 March 2025
ރައްޔިތުންގެ ތަކުލީފަށް ހައްލެއް ލިބިގެން މިދިޔައީ