ރިޕޯޓް / ސްވައިން ފްލޫ

އާދައިގެ ރޯގާ ކުއްލިއަކަށް ނުރައްކާވެ ހުސް ޝަކުވާ

އައިޖީއެމްއެޗުގެ ރޯގާ ކްލިނިކުގައި ފަރުވާ ހޯދަން ގޮސް ބަޔަކު މަޑުކޮށްލައިގެން-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

އިއްޔެ ރޭ އިރާކޮޅުން ފެށިގެން ފެތުރެން ފެށީ ރާއްޖޭގައި އެޗް1އެން1 ނުވަތަ ސްވައިން ފްލޫ ޖެހިގެން ބައެއް މީހުންނަށް ފަރުވާ ދެމުން އަންނަ ވާހަކަ އެވެ. މި އަޑުތަކާ އެކު އާންމުންގެ ކަންބޮޑުވުން އިތުރުވެ ނޫސްވެރިން މަސައްކަތް ފެށީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ހޮސްޕިޓަލްތަކަށް ގުޅައިގެން ހަގީގަތް ހޯދާށެވެ؛ މައުލޫމާތެއް ނުލިބުނެވެ. ރަސްމީ އެއްވެސް ފަރާތަކުން މައުލޫމާތު ނުލިބުމުން، ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާގައި މިކަމާ ބެހޭ ގޮތުން އެކި ގޮތްގޮތަށް މައުލޫމާތު ފަތުރާފައި ވަނިކޮށް ދަންވަރުގެ ވަގުތެއްގައި އެޗްޕީއޭއިން އިނގިރޭސި ބަހުން ސޯޝަލް މީޑިއާގައި ބަޔާނެއް އާންމުކޮށް "ޖަވާބުދާރީ" ވި އެވެ. ފެތުރެނީ އާދައިގެ ރޯގާއެއް ކަމަށް ބުންޏެވެ. ބިރު ނުގަންނާށޭ ބުންޏެވެ.

އެކަމަކު ނޫސްތަކަށް އައީ "ބްރޭކިން ނިއުސް" އެކެވެ. ރާއްޖެއިން އެޗް1އެން1 އަލަށް ފެނުނީ އެވެ. އެއީ އަލަކަށް ނޫނެވެ. ވާނީ އެހެންނެވެ. މިއީ ރާއްޖޭގައި ކިހާ އާންމު ވައިރަހެއްކަން އެޗްޕީއޭއަށް އެނގުނަސް އާންމުންނަކަށް ނޭނގެ އެވެ. މީޑިއާއަކަށް ވެސް ނޭނގެ އެވެ. އެއީ ބޮޑު ސިއްރެކެވެ. މުޅި ދުނިޔޭގައި 2009 ވަނަ އަހަރު ފެތުރުނު "ނުރައްކާ" ކަމަށް ބުނި ވައިރަސް ރާއްޖޭގައި އުޅޭކަން އަލަށް އެނގުމުން އެ ވާހަކަ މީޑިއާތަކަށް އައީ ވަރަށް ބޮޑުކޮށެވެ. އެ ހިސާބުން ގޯސްވީ މީޑިއާ އެވެ. ތެޅިގަތީ އާންމުންނެވެ. މިވަރުގެ ކަމެއް އުޅޭއިރު ސިއްރު ކުރުމުގެ ޝަކުވާ އަންނަން ފެށި އެވެ.

އެޗްޕީއޭ އިން މިކަމާ ގުޅިގެން ބޭއްވި ފުރަތަމަ ނޫސް ކޮންފަރެންސްގައި ވެސް މީޑިއާއަށް ބަސްތައް އަމާޒުވި އެވެ. އާންމުން ބިރުގަންނަ ގޮތަށް މައުލޫމާތު ނުފަތުރަން އެދުނެވެ. ޓެކްނިކަލް ފިލާވަޅުތައް ވެސް ނަގައިދިނެވެ. ބިރުގަންނަންވީ ނޫން ކަމަށާއި ރައްކާތެރިވާންވީ ކަމަށް ބުންޏެވެ. އެޗްޕީއޭއިން ދަންވަރު ނެރުނު ބަޔާނުގައި ބުނިހެން، މިއީ އާދައިގެ ރޯގާއެއް ކަމަށާއި ކަންބޮޑުވާން ނުޖެހޭ ކަމަށް ބުންޏެވެ. ސްކޫލްތައް ބަންދުކުރާ ހިސާބަށް ހާލަތު ގޯސް ނުވާ ކަމަށް ވެސް ބުންޏެވެ. އާންމުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ގޮސް އުޅޭ ނަމަ ސްކޫލް ބަންދުކުރުމަކީ ބޭކާރު ކަމެކޭ ވެސް ބުންޏެވެ. އެކަމަކު އޭރުން ފެށިގެން އާންމުންގެ ޝަކުވާތައް އޮތީ ބޮޑުވެފަ އެވެ. އާންމުންނަށް އެނގެން ޖެހޭ މައުލޫމާތެއް ސިއްރުކުރާ ކަމުގެ ތުހުމަތާއި ސީރިއަސް ކަމެއްގައި، މާބޮޑަށް އަޅާނުލައި ތިބި ކަމުގެ ޝަކުވާތައް ބަންޑުންކޮށްލި އެވެ.

އާންމުންގެ ޝަކުވާތައް އެޗްޕީއޭ އާއި ޑޮކްޓަރުންނަށް އަމާޒުކުރި ނޫސްވެރިން ފުރަތަމަ ނޫސް ކޮންފަރެންސް ނިންމާފައި އެނބުރި ދިޔައީ ކަމަކަށް ނުވާ ކަމެއް މާބޮޑުކޮށްލެވުނު ކަމުގެ އިހްސާސާ އެކު އިސްދަށަށް ޖަހާލައިގެން ތިބެ، އަހަރެމެން ހާދަ މޮޔައޭ ކިޔަމުންނެވެ. އެކަމަކު ރޭގެ ވަގުތެއްގައި ކުއްލި ނޫސް ކޮންފަރެންސެއް ބާއްވައި، ހެނދުނު ދެއްކި ހުރިހާ ވާހަކައެއް އަނެއްކޮޅަށް ޖެހި އެވެ. އާންމުންގެ ފާޑުކިޔުންތައް އަނެއްކާވެސް ވީ އިތުރެވެ.

"ހެނދުނު އޮތީ ކަންބޮޑުވާންޖެހޭ ހާލަތަކު ނޫން. މިރޭ ކިހިނެއް މި ވީ. ހާދަ ބޮޑު ކަމެކޭ އަހަރެމެންނަށް ނޭނގި މި އޮތީ،" އެޗްޕީއޭގެ ނޫސް ކޮންފަރެންސް ޓީވީން ދެއްކި ވަގުތު ފޯނުކުރި މީހަކު ރުޅިގަނޑު ބޭލި އެވެ.

އެޗްޕީއޭ އިން އިއްޔެ ހެނދުނު ބޭއްވި ނިއުސް ކޮންފަރެންސްގައި ޑޮކްޓަރު އަބްދުﷲ ނިޔާފް ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެންމެ ފުރަތަމަ ދެއްކި ވާހަކަތައް ބަދަލުކުރަން ޖެހުނު ސަބަބެއް ކަމަށް ބުނީ އާ ސާމްޕަލްތަކުގެ ނަތީޖާ އެވެ. ޕޮޒިޓިވް ކޭސްތައް ފެނުން އިތުރުވެ، ކުރިން މަރުވި މީހެއްގެ ސާމްޕަލް ވެސް ޕޮޒިޓިވް ކަމަށް ދެއްކުމެވެ. މާބަނޑު މީހަކަށް ވެސް ބަލި ޖެހި ހާލު ދެރަވީ އެވެ. މާބަނޑު އެހެން މީހަކު ވެސް ބައްޔަށް ޝައްކުވާތީ ޓެސްޓްކުރަނީ އެވެ. އޭނާގެ ހާލު ވެސް ދެރަ އެވެ.

ޕްރެސް ކޮންފަރެންސްގައި މައުލޫމާތު ދެއްވި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ޕްރެސްއަށް ފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލަށް ލިބުނު މައޫލޫމާތަށް ބަލައި ހާލަތު ބަދަލު ނުކޮށް ތިބުމަކީ ރަނގަޅު ގޮތަކަށް ނުވާނެ އެވެ. އަދި މިހާރު ކަނޑައަޅާފައިވާ ލެވަލް އަކީ މިހާރުގެ ހާލަތާ އެކަށީގެންވާ ވަރުގެ ލެވަލްއެއް ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރައްވާ ކަމަށް ވެސް ނިޔާފް ވިދާޅުވެފައިވެ އެވެ.

ޑރ. ނިޔާފްގެ ޓްވީޓް

އެހެން ޓްވީޓެއްގައި އޭނާ ވިދާޅުވީ އިއްޔެ ހެނދުނު ނެރުނު ބަޔާން ވެސް އަދި ފަހުގެ ބަޔާން ވެސް ބިނާކޮށްފައި ވާނީ އެ ވަގުތަކަށް ލިބެން ހުރި މައުލޫމާތަށް ބިނާކޮށްފައި ކަމަށާއި އެކަމުގައި އެހެން އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި، އިންފްލުއެންޒާއަށް ޓެސްޓްކުރުމުގެ ނިޒާމު ރާއްޖޭގައި 2015 ވަނަ އަހަރު ގާއިމުކޮށް މިހާތަނަށް ޓެސްޓްކުރި މީހުންގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް 475 މީހަކު ޓެސްޓްކޮށް، ފެނިފައި ވަނީ އެޗް1އެން1 ހުރި އެންމެ 16 މީހެކެވެ. އިއްޔެ ހެނދުނު ބުނީ 208 މީހަކު ޓެސްޓްކުރި އިރު ވައިރަސް ފެނުނީ 27 މީހެއްގެ ހަށިގަނޑުން ކަމަށެވެ. އެކަމަކު އޭރުވެސް އިތުރު ސާމްޕަލްތައް ދިޔައީ ޓެސްޓް ކުރަމުންނެވެ. އަލަށް ލިބުނު ނަތީޖާތަކާ އެކު މި އަހަރުގެ މިހާތަނަށް ޓެސްޓްކުރި 251 މީހުންގެ ތެރެއިން 51 މީހަކު ޕޮޒިޓިވް ވެއްޖެ ކަމަށް ފަހުން ބުންޏެވެ.

ޓެސްޓްކުރި ސާމްޕަލްތަކުން އެޗް1އެން1 އަށް ޕޮޒިޓިވްވި ނިސްބަތް 3.4 ޕަސެންޓުން 20.3 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ.

އެންމެ ގިނަ ބައެއްގެ ޝަކުވާއަކަށްވީ، އެޗް1އެން1 ޖެހޭ މީހުންގެ އަދަދު ޖެނުއަރީ މަހުން ފެށިގެން ކުއްލިއަކަށް އިތުރުވާން ފަށާފައިވާކަން އެނގޭއިރު ވެސް އަޅާނުލައި، އެކަން ސިއްރުކޮށްގެން ތިބުމެވެ. ރޯގާއެއް އެބަ އުޅެޔޭ ސަމާލުވާށޭ ބުނެ އެޗްޕީއޭއިން ބަޔާނެއް ނެރުނަސް، އެޗް1އެން1 އުޅޭކަން އާންމުންނަށް އޮތީ ސިއްރުވެފަ އެވެ. މި ޝަކުވާއަށް ހެލްތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ޑރ. ޝީޒާ ޖަވާބު ދެއްވަމުން ވިދާޅުވީ މިއީ އެހެން ގައުމުތަކުން ވެސް އުޅޭ ބައްޔަކަށް ވެފައި ރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނާތީ އެހާ ބޮޑު އަހަންމިއްޔަތު ކަމެއް ނުދެވި އޮތީ ކަމަށެވެ.

ނަމަވެސް މި އަހަރު ފެށުނީންސުރެ އެޗް1އެން1ގެ ކޭސްތައް ފެނުން އާދަޔާ ހިލާފަށް އިތުރުވަމުން އަންނަކަން އޮތީ އެނގޭށެވެ. އެއީ އަހަންމިއްޔަތު ކަމެއް ދޭ ވަރުގެ ކަމަކަށް ނުވީ ކީއްވެތޯ ސުވާލުކުރާ މީހުން ގިނަ އެވެ.

ސްވައިން ފްލޫގެ ވައިރަސް

"އާންމު ސިއްހަތާ ގުޅުން ހުރި މިކަހަލަ ކަންކަން ސިއްރުކުރީމަ ވާނެ ގޮތް މިއީ. މި ބަލި އުޅޭކަން ކުރިން ވެސް ބުނެ އާންމުން ހޭލުންތެރި ކުރުވި ނަމަ މިއަށް ވުރެ ހާސްކަން ކުޑަވެ ބަލި ކޮންޓްރޯލް ކުރެވުނީސް،" ދެ ކުދިންގެ މަންމަޔަކު ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކުރަމުން ލިޔެފައިވެ އެވެ.

ރާއްޖޭގައި ކަމެއް ބޮޑުވި ކަމަށް ވާނީ އެކަމެއްގައި ބަޔަކު މަރުވެގެން ދިއުމުން ކަމަށް އޭނާ ލިޔެފައިވެ އެވެ.

ހިތްހަމަނުޖެހުންތައް ސިޔާސީ ވެސް ވީ އެވެ. މިއީ އާދައިގެ ރޯގާއެއް ކަމަށް ބުނަމުން އައީ ސައޫދީ ރަސްގެފާނު ރާއްޖެއަށް ވަޑައިގަތުމާ ދިމާކޮށް ކަންބޮޑުވުމެއް އުފެދިދާނެތީ ކަމަށް އެއްބަޔަކު ކިޔަ އެވެ. އޭގެ އަނެއްކޮޅު ވެސް އެބަ އޮތެވެ. ރަސްގެފާނުގެ ދަތުރު "ފަނިކޮށްލަން" ސަރުކާރާ ދެކޮޅު މީހުން މި ރޯގާގެ ވާހަކަ މާ ބޮޑުކުރާ ކަމުގެ ތުހުމަތެވެ.

ރޯގާގެ ހާލަތު 12 ގަޑިއިރު ތެރޭގައި އަނެއްކޮޅަށް ޖެހިގެން ދިޔައީ ކަމެއް ސިއްރުކުރަން އުޅެން ހަދައިގެން ހެއްޔެވެ؟ ފަހަރެއްގައި އެހެން ނުވެދާނެ އެވެ. އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ބަލިމަޑުކަމެއްގެ ވާހަކަ ދައްކާއިރު ހަމަ ކޮންމެ ވަގުތެއްގައި ވެސް ހާލަތު ބަދަލުވެދާނެ ކަމުގެ އިންޒާރު އާންމުންނަށް ދޭންޖެހޭނެ އެވެ. ބަލީގެ ހާލަތު ކަމާބެހޭ އިދާރާތަކަށް ވެސް ވަޒަން ނުކުރެވި އުޅެނިކޮށް މިއީ ނުރައްކަލެއް ނެތް، ކޮންޓްރޯލް ކުރެވިފައިވާ ކަމެއްގެ ގޮތުގައި ވިސްނައިދޭން އުޅެނިކޮށް ކަންކަން ކޮންޓްރޯލުން ނެއްޓިއްޖެ ނަމަ މަންޒަރު ބަދަލުވާނީ ބަސް ބުނާ ހިނދުންނެވެ.

70 ކޮމެންޓް, 206 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 19%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނާހިދާ

15 March 2017

އެޗް.ޕީ.އޭގެ މިކަމުގެ ޒިންމާވާންޖެހޭ! ކުދިންގެ ކިޔެވުން، ޗުއްޓީ ދުވަސްތައް މާބަނޑު މީހުން ބިރުވެރިި ހާލަތުގައި އަދި ގެއްލުނު ފުރާނަތައް! ފުލޫ ކްލިނިކް ހުޅުވަން ވާނީ ބަލި ނުރައްކާތެރި ހާލަތައް ފެތުރެން ފެށުމުގެ ކުރިން. މިހާރު ހުޅުވަންވާނީ ކަރަންޓީން ކްލިނިކް. މިހާރު ފްލޫކުލިނިކަށް ގޮސް ތިބޭ ބެލެނިވެރިން ގެޔަށް ދަނީ ގޭގައި ތިބި ކުދިންނަށް ވައިރަސް ހިފައިގެން! އެތަން ތަނުގައި ކޮންޓްރޯލެއް ނެތް ބަލި ފަތުރާ ހާއްޔަކަށް ވެގެން ގޮސްފި ރޯގާ ކްލިނިކްތައް!

The name is already taken The name is available. Register?

ަަބަގަބަގަ

15 March 2017

ދޮގު ނޫނީ މިވެރިންނަކަށް ހަދާކަންނޭގޭނެ ކިތަންމެ ބޮޑުކަމެއްގަވެސް މަކަރާ ހީލަތް ދެން ކޮންކަމެއްގަތަ މިވެރިން ތެދު ހަދާނީ

The name is already taken The name is available. Register?

އާމްދަނީ

15 March 2017

މިހާރު މިއެނގުނީ މިއެނގުނީ ޖެނުއަރީ މަހުން ފެސިގެން ފެބްރުއަރީމަސް ހުސްވުމާއިގާތަށް މަގޭ ކުޑަދަރިއާއި މަ ހުރީ ތިޔަކަހަލަ އަލާމާތްތަކެއް ފެންނަ ރޯގާއެއްގައި ރަގަޅުނުވޭ އެއްގޮތަކަށްވެސް ދަރިފުޅުވެސް 3 ފަހަރު މަތިން ޑޮކްޓަރަށްދެއްކިން ވަރަށްގިނަ ޓެސްޓްތައްހެދިން އެންމެ ފަހުން ޑޮކްޓަރުބުނީ އެލަރޖިކް ކަމަށްވެސް ވެދާނެޔޯ އެކަމަކު އެލަރޖިކެއްވެސްނެތް އެވަރުންވެސް އިތިޔަ އިންފްލެންޒާއަކަށް ޓެސްޓެއް ނުކުރޭ. މިހާރު މިގަބުލުކުރެވުނީ އަހަރެމެންނަށްވެސް ތިޔަ ރޯގަންކަންނޭގެޔޭ ޖެހުނީ. ދެން ބޮޑުވަރުދޯ ތަންދޮރު ނޭގޭބަޔެކޭ ކިޔަނީ ހަމަ ކިޔަންވެގެން.

The name is already taken The name is available. Register?

އިބޫ

15 March 2017

ތެންކްޔޫ ޑރ ނިޔާފް ފޯޜ ޗޭންޖިންގ ދަ ސްޓޭންޑް އޮފް ދަ އެޑްވައިސަރީ ޓީމް

The name is already taken The name is available. Register?

މުހައްމަދު

15 March 2017

ސުވައިން ފްލޫ ރާއްޖެއަށް އައީ އަދި ކިރިޔާތަ؟ 2008 ގައި އުފެދުނު ކޮއްޅަވަށް ފެކްޓްރީގެ މަހާ އިންވެސްޓްމެންޓުގެ ވެރިކަން 2012 ވަނަ އަހަރު ނިމުނު އިރުވެސް ތިބުނާ ސްވައިން ފްލޫ މިރާއްޖޭގައި ދިރިއުޅުނޯ، މީހުންވެސް އެސޮރުގެ ޝިކާރައަކަށްވެ މިދުނިޔެއާ ވަކި ނުވާކަމެއް ނޭނގެޔޯ، ނޭނގޭނެތާދޯ، އެނގޭނީވެސް އެސޮރު އެސޮރާބެހޭ ތަހުލީލުތައް ކުރެވޭނެ ވަސީލަތްތައް ގާއިމުކޮށް އެތަހުލީލުތައް މިރާއްޖޭގަ ކުރެވެންފެށީމަތާ،، އެވަރުވެސް މިހީ މިސަރުކާރަށް، އެހެންވީމަ ހޯބޯ ނުލަވާ ތިބިއްޔާ މާތާހިރުވާނެ،

The name is already taken The name is available. Register?

މުހައްމަދު

15 March 2017

މިރާއްޖެއަށް ވެކްސިން ފޯރުކޮށްދެނީ ކޮމަންވެލްތުންތަ؟ ޢަޅެ އަނެއް ރާއްޖޭގެ ވެރިކަމުގަ މުޅި ރާއްޖެއަށް ވެންސިން އަރުވާ ބަރާކޮށްފަ އޮތްނަމަދޯ، އަދި ހުރިހާ ދިވެހިންނަށް ވެކްސިންދީ ނިންމާފަ އޮތްނަމަ ކިހާ ރަނގަޅުވީސް،

The name is already taken The name is available. Register?

ރޯގާ

14 March 2017

ހެދުނު ހޭލިިރު ސްކޫލްތައް ބަންދު ޤައުމު އޮތީ ޔެލޯއެލާޓްގަ

The name is already taken The name is available. Register?

އީޖޯ

14 March 2017

ތިބޭފުޅުން ގައުމުގެ ބައިތައް ބުރިކޮށް ނުވިއްކާ އުސޫލުން ދިގުމުއްދަތަކަށް (ހޫރު ކާފައަށް އަޅުގަނޑުވާއިރު) ދޭން ނިންމާ ނިންމުން ހާމަ ނުކުރަނީ އިންވެސްޓްގެ ކަންތައް ހަމަޖެހެންދެން ކަމުގައި ވިދާޅުވީމުއެވެ. އަދި މިފަހަރު މި ރޯގާއެއްގެ މައުލޫމާތު ހާމަ ނުކުރެއްވީ ރަނގަޅަށް ރޯގާ ފެތުރި ހަމަޖެހެންދެންތޯއެވެ؟ އަދި ޕިންކީ ބުނެއެވެ. ސިޔާސީ ނުކުރާށެވެ. މީ ޔެލޯ ސަރުކާރުނަމަ ޕިންކީން ތިބޭނީ ސިޔާސީ ކުރުމުގައި ފަހަނަ އަޅާފައެވެ. މިޔަކު ސިޔާސީ ކުރުމެއްނޫނެވެ. މިބޭފުޅުން މި ބާއްވަނީ ވަގުދޮގު ކޮންފަރެންސަކާއި އޭގެފަހުން ތެދުދޮގު ވާނުވާ ކޮންފަރެންސެކެވެ. ހިތުގާ އުފެދޭ ސުވާލު އެއިން ބޭފުޅަކާ ކޮއްފިނަމަ ނޫސްވެރިޔާ އަށް ދޭނެ ޖަވާބަކީ މިހާރު މައުލޫމާތު ހޯދަމުންދާތީ ތިމައުލޫމާތު ދެވޭކައްނެތް. ހޭލާށެވެ. ހޭއަރާށެވެ. ތިއިންކޮންމެ ބޭފުޅެއްގެ އާއިލާއިން ތިބޭފުޅާގެ ގޭދޮރުމަތީ މަގުގައި ތާރުއެޅޭވަރު ނަގައިފިއެވެ. ގޭގެ ދޮރުމަތީ މަގުގަ އެއީ ތަރައްގީއެވެ. ތިބޭފުޅާތިއޮތީ ތަރައްގީގެ ސަތަރި އެނދުގައި ޑޮކްޓަރަށް ނުދެއްކި ބަލިދާނުގައެވެ. ވަﷲ އައުލަމް.

The name is already taken The name is available. Register?

ކިޔުންތެރިޔާ767

14 March 2017

އަނެއްކާ އެމްއާރު ވެކުސިނުން ޖެހުން ރޯގާއެއް ނޫންބާމީ؟

The name is already taken The name is available. Register?

މީހާ

14 March 2017

ކީއްކުރަން ސިއްރު ކުރަންވީ، މިތަނުގަ މީހުން އުޅެންޖެހެނީ ތޮއްޖެހިގެން، އެހާފަސޭހައިން ފެތުރޭ ބައްޔެއް ޖެހިގެން މީހަކު މަރުވީމަ ވެސް ތިބީ ކަހާތަން ހިރުވާވެސް ނުލާ، އަޅެ އެމީހާ މަރުވިފަހުން ވެސް ދެހަފްތާ ވަރު ފަހުން މިކަމެއް ރޭކާލީވެސް އާންމުންނަށް، ކިހާދެރަ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ ވާ ރަނގަޅު، ކީއްވާނީ އެންމެ ކުރިންވެސް އާންމުންގެ ހޭލުންތެރި ކަމަށް މިކަން ގެންނަން.

The name is already taken The name is available. Register?

ކދކދ

14 March 2017

އާއްމުން ބިރުގަނެފާނެތީއޯ. މިކަހަލަ ކަންކަމުގަ އާއްމުން ބިރުން ގެއިން ނުނިކުމެ ތިމާމަ ނޫންތަ ރަނގަޅުވާނީވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454