އެހެން ޒޯނުތަކަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކުގެ ޒޯން ބަދަލުކުރެވެންދެން ވެހިކަލް ބާއްވަން ދިން ޖާގަ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
11 މާޗް 2025 - 12:14
މާލޭ ސަރަހައްދުގައި ދުއްވާ، އެހެން ޒޯނުތަކަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކުގެ ޒޯން ބަދަލުކުރަން ދިން ހަ މަސް ދުވަސް ހަމަވި އިރު ވެސް ގިނަ އުޅަނދުތަކެއްގެ ޒޯން ބަދަލު ނުކޮށް އެބަހުރި ކަމަށާއި އެހެންވެ އަދިވެސް އިތުރު ފުރުސަތު ދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެހެން ޒޯނުތަކަށް ރަޖިސްޓްރީކޮށްގެން މާލޭގައި ދުއްވާ ހަތަރު ފުރޮޅުލީ އުޅަނދުތައް ބަހައްޓަން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، އެމްއޭސީއެލް ފްލެޓްތައް ކުރިމަތީގައި އޮންނަ 40،000 އަކަފޫޓުގެ ހުސް ބިމެއް އެޗްޑީސީން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވަނީ މިނިސްޓްރީއަށް ދީފަ އެވެ.
އެތަނަށް ވެހިކަލްތައް އަމިއްލައަށް ގެންދަން އޭރު މިނިސްޓްރީން 40 ދުވަހުގެ މުއްދަތެއް ދިނެވެ. އަދި ވެހިކަލްތައް ނުގެންދާ ނަމަ ޓޯކުރާނެ ކަމަށް ވެސް އޭރު އޮތީ ބުނެފަ އެވެ. އަދި އެ ބިމުގައި ބާއްވައިގެން ހަ މަސް ތެރޭ ޒޯން ބަދަލުކުރަން ނުވަތަ އެހެން ރަށަކަށް ގެންދަން ބޭނުންވާ ނަމަ އެކަން ކުރުމަށް ފުރުސަތު ދިނެވެ.
އެކަމަކު އެ މުއްދަތު ހަމަވިއިރު ވެސް އެތަނުގައި ގިނަ އަދަދެއްގެ ވެހިކަލް ޕާކުކޮށްފައި ހުންނާތީ އެކަމާ ސުވާލުކުރުމުން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ހަމަވިއިރު ވެސް ބައެއް މީހުންނަށް ވެހިކަލް ރަޖިސްޓްރީ ބަދަލުނުކުރެވި އެބަ ހުރި ކަމަށާއި އެހެންވެ، ފުރުސަތު ދިނުމުގެ ގޮތުން އަދިވެސް އުޅަނދުތައް ބަހައްޓަން ފުރުސަތު ދީފައިވާ ކަމަށެވެ.
އެހެން ޒޯނުތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ބެހެއްޓުމަށް ހާއްސަކުރި ބިމުގައި މިދިޔަ އޮކްޓޫބަރު މަހާ ހިސާބަށް ވެސް 250 އަށް ވުރެ ގިނަ ވެހިކަލް ޕާކުކޮށްފައި އޮތެވެ.
އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް މާލެ ސަރަހައްދުގައި ދުއްވާ މައްސަލައިގައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ހުޅުމާލޭ 2 ގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ރޭސިން ކާރަކުން މީހެއްގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓަކަށް ފަހުގަ އެވެ. އެކްސިޑެންޓްވި ކާރަކީ މާލޭ ޒޯނުގައި ދުއްވަން ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔާންް
12 March 2025
މި ސަރުކާރުން މިކަމަށް މިހާ ހަރުކަށިނުވިނަމަ އަދި 2000އެއްހާ ކާރު އިތުރަށް މި މާލޭ ޒޯނަށް ރަޖިސްޓަރ ވާނެ.
ވިފާޤް
12 March 2025
މިފަދަ ވެހިކަލްތަށް ނައްތާލިއްޔާ މާ ރަނގަޅުވާނެ. އެމީހުންނަށް ބާތިލް ރަޖިސްޓްރީއަކާއެކު ދުނި އުމުރު ނޯޅެވޭނެ.
ނިޔާޒްް
12 March 2025
ބަދަލު ނުކުރެވޭނެތާ ވަގަށް ވިއްޔާ ރަޖިސްޓްރީ ކޮށްފައޮތީ. ހަމަ ރަނގަޅަށް މި ބައިގަނޑަށް މިހަދަނީ.
އައިޝް މާޓިން
12 March 2025
މާލޭގައު ނެތް ތިބިނާވަރަކަށް ގަރާޖު ހަދާނެ ތަނެއް. ގަރާޖު ސިޓީ އުވާލައި މާލެއަށް ވަކި ފީއެއް ނަގައިގެން ރަޖިސްޓަރީ ކޮށް ދުއްވޭނެގޮތެއް ސަރުކާރަށް މަޖުބޫރުވާނެ ހަދާދޭން. މުދާތައް ފޭތިގަނެ އެ ނައްތައެއްނުލެވޭނެ. ވެރިން މިނޫނަސް މިގައުމަށް އާދޭ އެކަމަކު މިވަރު ދުއްޕާންބޮޑު ވެރިއެއް އަދި ނާދޭ!!
ޙެޔޮނުވާނެ
11 March 2025
މުއްދަތެއް ދިނުމުގެ ބޭނުމެއް ކޮބާ މުއްދަތު ހަމަވީމަ ފިޔަވަޅެއްނާޅާ އެގޮތަށް ބާއްވަން ފުރުސަތު ދެންޏާ؟
ބޮޑު ހަރު
11 March 2025
ސައިކަލް ހުރަސް ކޮށްލީމަ ފްރީ ޕާކިން ލިބެޔޭ. ޔޭޔޭޔޭ.
ދިވެހި ދަރިއެެއް
11 March 2025
ފޭސް 2 އަށް އެރިޔަސް ބޮލުގަ ރިއްސާ!! ހަނި މަގުތަކުގައިވެސް ކާރުތައް ޕާރކްކޮށް މަގުތައް ފުރާލާފައި!! ޢެެއްވެސް ހަމަައެއް ލަމައެއް ނޯންނަ ދިވެހިރާއްޖެ
ޢަހްމަދު.
12 March 2025
ފޭސް 2 ހުރިހާ ފުލެޓްތައް ވަށައިގެން އޮންނަހާ ސައިކަލްތައް ނުފެނޭދޯ! މާލޭގެ އެއްވެސް މަގެއްގެ އެއްވެސް ކަންމައްޗެއް ދައްކަބަލަ ސައިކަލެއްނެތް! ސައިކަލް ވީމަ އޯކޭވެފަ، ހަތަރު ފުރޮޅުލީމަ އޯކޭ ނުވާ އުސޫލެއްތަ އޮންނަނީ!
އަލްޖިބްރރަ
12 March 2025
ތިޔަހެން ނުބުނޭ. އެއީ އެ އުޅަނދުތަކުގެ ގަރާޖު.
އަޙްމަދު.
11 March 2025
ފޭސް2 ގަ ތިޔަ އެކްސިޑެންޓުވި ކާރު އަދިވެސް ދުއްވަނީ ހަމަ އޭރުގަ އޮތް ބީ ޒޯން ރަޖިސްޓްރީ ބޯޑުގަ މާލެތެރޭގަ! ފުލުހުން ނިދާފަ، ޓްރާންސްޕޯޓް މިނިސްޓްރީ ނިދާފަ! ބާރުގަދަ ގޭންގަކަށް ނިސްބަތްވާތީ ކުރެވޭ އެއްކަމެއްވެސް ނޯވޭ! އަހަރެމެން ކަހަލަ ނިކަމެއްޗެއްގެ ކާރެއް ނަމަ، މިހާރު ކާރު އޮންނާނީ ޖަލުގަ!
ބަބްސް
11 March 2025
ފުރުސަތު ދީފަ ބަހައްޓާ .. ދިންވަރަކަށް ދަމާނެ ...
ސަނީސައިޑްބޮންޑް
11 March 2025
މިހާރު ރަނގަޅަށްވިއްޔާ ތިތަންވެސް އޮންނާނީ ގަރާޖުސިޓީވިއްކާހުސްކޮއްލާފަ...
ބިއްލެ
12 March 2025
މަހަކު 60000ގެ އާމްދަނީ ލިިބެޔޭ