ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ޖޭއެސްސީއަށް ހާޒިރުވަނީ: އޭނާގެ ތަހުގީގު ކުރިއަށް ގެންދިޔައީ ހުރިހާ ހައްގުތަކެއް ދީގެން ކަމަށް ޖޭއެސްސީން ބުނޭ --- ފޮޓޯ: މިހާރު
12 މާޗް 2025 - 16:10
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އިއްޔެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކޮށް ހިންގި ތަހުގީގުގައި، ޖަވާބުދާރީވުމަށްޓަކައި ދޭންޖެހޭ ހުރިހާ ހައްގުތަކެއް އޭނާއަށް ދީފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
މިހާރު ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާ ގުޅޭގޮތުން ޖޭއެސްސީން ބަލާ މައްސަލާގައި އޭނާގެ ވަކީލަށް ވާހަކަ ދެއްކުމުގެ ފުރުސަތު ޖޭއެސްސީން ދީފައިނުވާ ކަމަށް އޭނާގެ ވަކީލް އިއްޔެ މީޑިއާގައި ވިދާޅުވެފައިވެ އެވެ.
އެކަމާ ގުޅިގެން ޖޭއެސްސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަޒްމިރާލްދާއާ ގުޅޭ ގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލާގެ ތަހުގީގުގައި ގާނޫނުއަސާސީ އާއި ގާނޫނުން ފަނޑިޔާރަކަށް ލިބިދޭން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ހުރިހާ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި އޭނާއަށް ދީފައިވާ ކަމަށެވެ.
އެގޮތުން ޤާނޫނުއަސާސީ އާއި ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ފަނޑިޔާރު އަޒްމިރާލްދާ އެދިވަޑައިގަތުމުން، އެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ފަނޑިޔާރަށް ދީ، ވަކީލެއްގެ ގޮތުގައި އިބްރާހިމް ޝަމީލް އައްޔަންކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ޖޭއެސްސީގެ ބަޔާނުގައި ބުނީ ފަނޑިޔާރު އަޒްމިރާލްދާއާ ގުޅޭ ގޮތުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގުގެ އިއްޔެގެ މަޖިލީހުގައި ވެސް އެ ވަކީލް ބައިވެެރިވި ކަމަށެވެ.
"އެހެން ނަމަވެސް ތަހުގީގުގެ މި އަޑުއެހުމަށް ފަހު ޑރ. އަޒްމިރާލްދާ ޒާހިރުގެ ގާނޫނީ ވަކީލް މީޑިއާތަކަށް ދެއްވާފައިވާ މައުލޫމާތަކީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ،" ޖޭއެސްސީން ބުންޏެވެ.
ވަކީލުގެ ދައުރަކީ ފަނޑިޔާރު ބޭނުންވެއްޖެ ހާލަތެއްގައި ފަނޑިޔާރަށް ގާނޫނީ ލަފާދިނުން ކަމަށާއި އެ ފުރުސަތު ކޮމިޓީގެ ފަރާތުން ފަނޑިޔާރު އަޒްމިރަލްދާ އާއި ވަކީލަށް ވެސް ދީފައިވާނެ ކަމަށާއި އެގޮތުން ދެ ބޭފުޅުން ވަކިން މަޝްވަރާ ކުރުމުގެ ފުރުސަތު ވެސް ތަކުރާރުކޮށް ދީފައިވާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ޖޭއެސްސީން ބުނިގޮތުގައި އެއީ އެ ކޮމިޝަނާއި ރާއްޖޭގެ ހުރިހާ ތަހުގީގީ އިދާރާތަކުން ވެސް އަމަލު ކުރަމުން ގެންދާ އާންމު އުސޫލެވެ.
އަޒްމިރަލްދާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދު ނުކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށެވެ.
ފަނޑިޔާރު އަޒްމިރަލްދާ ދެއްވި ބަޔާނާ ގުޅޭ ގޮތުން ވަކީލް ޝަމީލް އިއްޔެ ނެރުއްވި ބަޔާނުގައި ވިދާޅުވީ ވަކީލު ވާހަކަ ދައްކަން ޖޭއެސްސީން ފުރުސަތު ނުދިން ކަމަށެވެ. އަދި ކޮމިޓީން އެންގީ ސުވާލުތަކަށް ފަނޑިޔާރު އަމިއްލަ އަށް ޖަވާބުދާރީވެވަޑައިގަތުމަށް ކަމަށާއި ނަމަވެސް ގާނޫނީ ނުކުތާތަކެއް ފާހަގަކުރަން ހުރުމުން އެކަމަށް ތަކުރާރުކޮށް ވަކީލް އެދުމުން ވެސް އެ ފުރުސަތު ދީފައި ނުވާ ކަމަށް ޝަމީލް ވިދާޅުވި އެވެ.
ސުލޫކީ މައްސަލާގައި ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާ ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި އެއީ ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި ޑރ. އިސްމާއިލް ބަންދުގައި ހުއްޓާ އެ މައްސަލައާ ގުޅިގެން އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކާ ވާހަކައެއް ދައްކާފައިނުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިގްދާޑްް
13 March 2025
ދޮގުވާހަކަތަށް ނުދައްކާ އުސޫލުގެ ތެރެއިން ދިއުން އަޒްމިރަލްޑާއަށްވެސް ބުއްދިވެރި. ގޯސް ހެދިފަވާނަމަ އެއަށް ޒިންމާވާޏްޖެހޭނެ.
ސޮފްވާން ހަމީދު
13 March 2025
ހައްގުތައް ދިނަސް ޑރ.އަޒްމިރަލްދާއަށް މިކަމުން ސަލާމަތެއް ނުވެވޭނެ. މީ ވަރަށް ވާހަކަ. ވަރަށް ކަންކަން އެގިހުރެ މިބުނަނީ މިވާހަކަ.
މިމްރާހް މުހައްމަދު
13 March 2025
މިކަން އަހަރެން ހެކި ވަން. ޖޭއެސްސީގަ އަޅުގަނޑު އުޅެނީ.
ނާއިލް މުހައްމަދު
13 March 2025
އަޒްމިރަލްދާ މެން ގަދަކަމުން ބޭރުކުރާކަށް ނޫޅެ. އެހެން ރައްޔިތުންތަކޭ އެއްފަދައިން ތަހުގީގު ހިގަމުން ދާނީ ހަމަޔާއި އިންސާފުން
ރާހިލް
13 March 2025
އެއްވެސް ހަައްގެއް ނިގުޅައިނުގަންނާނެ. މީ އެމްޑީޕީ އެއް ނޫން
ވޯލް
13 March 2025
ވަކީލެއް އައްޔަން ކުރުމުގެ މާނައަކީ އެ މުވައްކިލުގެ ފަރާތުން ވާހަކަ ދެއްކުމުގެ ފުރުސަތުވެސް އެވަކީލަށް ލިބިގެން ދިޔައުން، މިއީ ދިވެހި ރާއްޖޭގެ މަދަނީ އިޖުޜާތުގެ ޤަނޫނުގެ ދަށުން ކޯޓުތަކުންވެސް އަމަލު ކުރަންޖަހޭ ގޮތް،އެހެންވިމާ ވާކީލެއް އައްޔަން ކުރުމުން ދެން އެވަކީލަކު އަމަލު ކުރާނެ ގޮތް އެއޮތީ ސާފުވެފަ. ބުއްދިވެރި އިންސާނަކަށް އެނގޭނެ، ކަންކަން ފޮރުވުމާއި، އަނެކާއަށް ދަތި ކުރުމަކީ އެކުރެވޭ ކަމެއްގައި ނުރަގަޅު ކަންކަން ހުރީމަ ވާގޮތް.
ހަމަ ބަހުލޫލޭ ތިޔާ!!!
13 March 2025
ދެން ކޮބަޔޯ ވަކީލެއް ހުރުނުގެ ބޭނުމެއް؟ ވަކީލު އަގައިން ބުނުން މަނާ. ވަޓް އަ ޖޯކު މުއިއްޒު!
ވަކީލު
13 March 2025
ވަކީލު އައްޔަންކުރަން ފުރުސަތު ދނީމަ އެއޮތީ ނިމިފަ އުތަ. ވަކީލަށް އަގައިންބުނާނެ ފުރުސަތެއް ނެތް. މީޖޯކިސްތާނުގެ ޖޭއެސްސީ އުތަ.
ކިނބޫ
13 March 2025
ސޯލިޙް އުފައްދާފަ އޮތް ޖޭއެސްސީ އެއް ޖޯކިސްތާނެއް ނުވިއްޔާ އެއީ ޖޯކެއް.
ދޮޅި ހުސޭނު
12 March 2025
މިއީ މިހާރު 'މިނިވަން' މުއައްސަސާއަކުން ކަމެއް ކުރާއިރު ދެފުށް ފެންނަ މިންވަރު. ދެން އަދި ސަރުކާރު ވުޒާރާތަކުގެ ހާލަކީ ކޮބާ؟؟؟ ކިހިނެއް ސަރުކާރަށް މީހަކު މިހާރު އިތުބާރު ކުރާނީ؟؟؟
އަދުނާން ޒަކީ
13 March 2025
އިތުބާރު ކުރަންވީ ރ.މުއިއްޒުއަށް. ރައީސް މަސައްކަތް ކުރައްވަމުން މި ގެންދަވަނީ މިގައުމުގަ ހުރި ހުރިހާ ހަޑިއެއް ސާފުކުރުމުގެ މަސައްކަތުގަ އަވަދިނެތި
ހުވާ.
12 March 2025
ނުދޭ!