ސުޕްރީމް ކޯޓް: އެ ކޯޓުގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައި --- ފޮޓޯ/މިހާރު
22 މެއި 2025 - 14:17
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް މިހާރުގެ ވެސް ފަނޑިޔާރުންނާއި ކުރީގެ ފަނޑިޔާރުންނާއި ހިމެނިވަޑައިގަންނަވާ ގޮތަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމެއް ހުސްވީ އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނެވެ. އެހެންވެ، އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ.
އެ މުއްދަތު މިއަދު މެންދުރު 12 ޖެހުމާ ހަމައަށް ހަމަވިއިރު، ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހައި ކޯޓުގެ އިސް ފަނޑިޔާރު މުހައްމަދު ފައިސަލާއި އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވަ އެވެ. އަދި ކުރީގެ ފަނޑިޔާރުންގެ ތެރެއިން ހަ ބޭފުޅަކު ވެސް ކުރިމަތިލެއްވި އެވެ.
އެއީ:
1- ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މިހާރު ރައީސް އަބްދުލްޣަނީ މުހައްމަދު.
2- ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން.
3- ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު.
4- ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް.
5- ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ރާޣިބް އަހުމަދު.
6- ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު.
މީގެ އިތުރުން ކުރީގެ އެސިސްޓެންޓް ޕީޖީ އައިޝަތު ފަޒްނާ އަހުމަދާއި ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި ގ. އަންމޯލް އިބްރާހިމް އަލީ އާއި ގއ. ކޮނޑޭ ދާރުއްސަލާމް މުހައްމަދު އިބްރާހިމް ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި އެވެ.
ރާއްޖޭގެ އެންމެ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވުމުން ރައްޔިތުންގެ މަޖިލީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާކިބް ފަނޑިޔާރު
24 May 2025
ތިތަނަށް ކުފޫހަމަވާ، އަޒްމިރަލްދާ އާއި މަހާޒްގެ ރިޕްލޭސްމަންޓަށް ކިރިޔާވެސް އެކަށީގެންވާ މީހަކީ ހަމީދު. ގައިމުވެސް ހަމީދެއްނުހޮވޭނެ. މި ގައުމަށް ބޭނުންވަނީ ޢިލްމީ ގާބިލް ބައެއްނޫން. ގައުމަށް ބޭނުންވަނީ ވެރިޔާ އެޅިހާ ބަތަކަށް ރިހައާއި ދެންވެސް ހުރިއެއްޗެއް އަޅައިދޭނެ މީހެއް.
މުހައްމަދު 5
23 May 2025
ކިޔަވައިގެން ތިބި މީހުން ނިސްބަތުން ގިނަ ޤައުމެއް ރާއްޖެއަކީ. އެކަމަކު އިތުބާރު ކުރެވޭ ފަސްބައިސާފު މީހުން މިހާރު ތިކަހަލަ "ސިޔާސީ ކުޅިވަރު" ތެރެއަށް ވަންނަން ބޭނުންނުވާކަން ތިލިސްޓުން ފެންނަން އެއޮތީ.
ހުވާ
23 May 2025
ކޮނޑޭ މުޙައްމަދާއި ރާޣިބު އޯކޭވާނެ.
ކެޔޮޅު އަހްމަދު
23 May 2025
ސުޖާއު އުސްމާނު އެންމެ ގާބިލް ބޭފުޅަކީ. އޭނަ އާއި އެއްހަމަ އެކަކު ވެސް ތިތާކު ނެތް.
ބަދަން ސިތާރާ
23 May 2025
މަގޭ ހިތް ބުނަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު މުހައްމަދު ފައިސަލު ހޮވާނެކަމަށް
ނޱބޱބޱ
23 May 2025
ކަލޭ ހިތް ނުބުންޏަސް އެނގޭ އެންމެ މޮޅަށް ރަބަރު ތައްގަޑު ބުނާ ބައްޓަމަކަށްޖަހާދޭނެ އެކަކުކަން އެއީ
ސަހީދު
22 May 2025
އަބްދުﷲ ހަމީދަކީވެސް ސީދާ ރައްޔިތުންގެ މަޖިލިހުން ވަކިކޮށްފައި ހުރި ފަނޑިޔާރެއް. އޭނާ ކަމަކު ނުދާނެ.
ކުރަނގިދެލޯ
23 May 2025
އޭނަ ވަކިކުރީ، ވަކި މީހެއްގެ މައްސަލަ ބެލުމުގައި އިންވޯލްވެފަ ހުރެގެން އެމީހާގެ އޯޑަރަށް. އޭނަ އަކީ މާބޮޑު ހީރޯއަކަށް ހެދިގެން އުޅުނަސް ރާއްޖެ ހަލާކުކުރި މީހާ.
ޙިސާނު
23 May 2025
ހަމީދު ވަކި ކުރީ ކުރީގެ މާގަދަ ސިޔާސީ މީހަކު ބުނެގެން އަހަރުމެން. އޯޑަރު ކުރީމަ އެކަން ކުރަން ޖެހުނީ.
ޒަރީރު
22 May 2025
ތިތާ ތިތިބީ މުޅިންވެސް މީހުންގެ އިތުބާރު ގެއްލިފަ ތިބި މީހުން
ކޮންްފަދަ. ޏަޒާހަތްތެރިތޯ
22 May 2025
ތިތަނަށް އެއްމެ ކުފޫ ހަމަވާ ދެމީހުންނަކީ،، ބޯފަން އަބުދޮ އާ އާޒިމާ ޝަކޫރު ،، ކުރިމަތި ނުލީމަ މައްސަލައަކީ،،
ކޮނޑޭ
22 May 2025
ކޮނޑޭ މޮހައްމަދު އެންމެ ރަނގަޅު ބޭފުޅާ
އޭނަ
22 May 2025
އުސްތާޛު އަބްދުﷲ ހަމީދު އަކީ ތި މަގާމަށް އެންމެ ގާބިލު އެއް ބޭފުޅާ. ކާމިޔާބަށް އެދެން