ުސުޕްރީމް ކޯޓް: މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ އުސޫލުތައް ސަރުކާރު ކުންފުނިތަކުގެ މައްޗަށް ހިނގާނެ ކަމަށް އެ ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
17 މެއި 2025 - 17:19
ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ޖޭއެސްސީން ކުރި އިއުލާނުގައި ބުނީ އެންމެ މަތީ ކޯޓުން ހުސްވެފައިވާ ދެ މަގާމަށް އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެ ކަމަށެވެ.
ހަތް ފަނޑިޔާރުން ތިއްބަވާ ބެންޗުން ދެ މަގާމެއް ހުސްވީ، ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމުމުންނެވެ.
ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ މާޗު މަހުގެ ހަތަރު ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އެވެ.
އޭނާއާއެކު ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް ވެސް ވަނީ ރިޓަޔާ ކުރެއްވުމަށް ހުށަހަޅުއްވާފަ އެވެ.
އަޒްމިރަލްދާ އާއި މަހާޒް ވަކިކުރަން މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އެއީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީއަކަށް އެ ދެ ބޭފުޅުން ނުފޫޒު ފޯރުވި ކަމަށް ބުނެ އެ ބޭފުޅުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވުމުންނެވެ.
މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީންނާއި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމި ނިންމުމާ މެދު އދ. އާއި ކޮމަންވެލްތުގެ އިތުރުން ބޭރުގެ ބައެއް ޖަމާއަތްތަކާއި ބާ ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޫރުބެ
18 May 2025
މިހާރު ތިމަގާމަށް ގެންނަންވީ މީހުން އޮތީ ނިމިފަ، ދެން ކީއްކުރަން ކުރިމަތިލާންވީ!
ކަތްދައްތަ
18 May 2025
ކޮންޓްރެކްޓް އުޞޫލުން ފަނޑިޔާރުކަން ކިރާނެ ބަޔަކު ނަގަންވީ. ގާނޫނުއަސާސީގަ ފަނޑިޔާރުންނަކީ ވަކި މުއްދަތަކަށް އައްޔަން ކުރާ ބަޔެއް ނޫނޭ އުމުރުން 70 އަހަރު ވާންދެން ފަނޑިޔާރުކަމުގަ ތިބޭނޭ ލިޔެފަ އޮންނަނީ. އެކަމު ހަންޓޯޓޯވެގެން ފަނޑިޔާރުކަމުން އަދި މީހަކު ވަތްކެއް ނުވޭ. ވީމާ މުއްދަތު ކަނޑައަޅާފަ 3 އަހަރުން ވަކިވާގޮތަށް ހަދަންވީ.
ޑރ ވާންޗޯ
18 May 2025
ކުރިމަތިލާންކަމަށް އެކަމަކު އައިޑީކާޑު އެކަނިއޮތީ، އަސާސީ ތައުލީމުގެ ސެޓްފިކެޓް ވީތަނެއް ހޯދަނީމި، ފެނިއްޖެއްޔާ ހުށައަޅާނަން.
ވާނެގޮތް
18 May 2025
ދެން ވާނެ ގޮތަކީ، ވަގުތުން ފޯނުކޯލް އަންނާނީ، މިވެނި ގޮތަކަށް މިވެނި މީހަކަށް މޮޅުވާ ގޮތަށް މައްސަލަ ނިންމަން. ނިންމުން ވެސް އަންނާނީ ސީދާ ރައީސްގެ ދޫފުޅުން. ސުޕްރީމްކޯޓުގެ އިސް ފަނޑިޔާރުންނަށް މި ހާލު ޖައްސާލަން ކެރޭ ސަރުކާރަކަށް ޢާންމު ރައްޔިތު މީހާއަށް ބޭނުން ގޮތެއް ހަދާލަން ނުކެރި ހުންނާނެ ތަ؟ ޙަމްދާ ސަނާ ކިޔަސް، ހަޤީޤަތަކާ ކުރިމަތިލައިބަލަ
ޗޫޤީ
18 May 2025
ކެންދޫދާއިރާގެ ކުރީގެ މެމްބަރ އަލީ ހުސައިން ރަނގަޅުވާނެ.
އާދަމް ޝިހާދު
18 May 2025
ބަދަލް ކުރަން ލަސްވެސްވެއްޖެ ތިމީހުން.
ހަސަން ބަޝީރު
18 May 2025
އިބޫމެން ތާކުން ތާކު ނުޖެހޭ މީހުން ލައިގެން އުޅުނީ. މިއަދު މިދަނީ ރަނގަޅަށް.
މިނިވަ
18 May 2025
ކީއްކުރަން ހުޅުވަނީ މަންޒަރު ދައްކާކަށް! މިވެނި މީހަކު އައްޔަންކޮށްފީމޭ ބުނީމަ ނިމުނީނު. މާގިނަ އިތުރު ވާހަކަ ދައްކާކަށް ބޭނުމެއް ނޫން.
ދުސްތާލި
17 May 2025
މިހާރު ކަންހިނގާފަ އޮތް ގޮތުން ހާތިފް އަޔަސް މީހުން ބަލައި ނުގަންނާނެ
ހޮޅި
17 May 2025
މޮހައްމާ އާއި ނަރީޝް ވަފާތެރިވާނެކަމަށްފެނޭ !