ދިގުރަށު ތުނޑި: ފީ ނުދައްކާ ޓޫރިސްޓުން ދިގުރަށުން ބޭލި މައްސަލަ ބަލަން ސަރުކާރުން ވަނީ ނިންމާފައި.
14 މާޗް 2025 - 14:57
އދ. ދިގުރަށް ކައުންސިލުން ކަނޑައަޅާފައިވާ ފީ ނުދޭ ޓޫރިސްޓުން އެ ރަށުން ބޭރުކުރާ މައްސަލައިގެ ތަހުގީގެއް ކުރަން ސަރުކާރުން ނިންމައިފި އެވެ.
ދިގުރަށު ކައުންސިލުން ވަނީ އެ ރަށުގެ ބަނދަރު ސަރަަހައްދު ނޫން ތަންތަނުގައި ޓޫރިސްޓުން މަޑުކުރާ ނަމަ އަދި ތުނޑި ބޭނުން ކުރާ ޓޫރިސްޓުން އަތުން ފީތަކެއް ނަގަން ނިންމައިފަ އެވެ. ދުނިޔޭގެ މަގުބޫލުކަން ވެސް ލިބިފައިވާ ދިގުރަށު ތުނޑިއަކީ ރާއްޖޭގައި ވެސް އޮތް އެފަދަ އެންމެ ބޮޑު އެއް ތުނޑި އެވެ.
އެ ތުނޑިއަށް ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރާއިރު، އޭގެ ތެރޭގައި ކައިރި ރިސޯޓްތަކާއި އެހެން ރަށްރަށުގެ ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުން ހިމެނެ އެވެ.
ކައުންސިލުން ފީ ނަގަން ފެށި ފަހުން، އެ ފީ ނުދައްކާ ޓޫރިސްޓުންނަށް ތުނޑީގައި ނޫޅެވޭނެ ކަމާއި އެ ރަށުން ފައިބަން ޖެހޭނެ ކަން ދަނީ އަންގަމުންނެވެ. ފީ ނުދައްކާ އުޅުނު ޓޫރިސްޓުންތަކެއް ރަށުން ފައިބަން، ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން އަންގާ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ.
އެ ވީޑިއޯއާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ބައެއް ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެއީ، ޓޫރިސްޓުންނަށް މަރުހަބާ ކިޔުމުގައި ރާއްޖެއަށް ލިބިފައިވާ ރީތި ނަން ކިލަނބުވެގެން ގޮސްދާނެ ކަމުގެ ބިރު އޮތް ކަމެއް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
އެކަމާ ގުޅިގެން ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިގުރަށުން ފެނިގެންދިޔައީ ހިތާމަވެރި ކަމެއް ކަމަށާއި އެކަން ހިނގި ގޮތުގެ ހާލަތުތައް ދެނެގަތުމަށްޓަކައި ތަހުގީގެއް ކުރިއަށް ގެންދާނެ ކަމަށެވެ.
"ރަށްރަށުގައި އޮންނަ މުޖުތަމައުގެ މިންގަނޑުތަކަށް އިހްތިރާމްކުރުމުގައި އަޅުގަނޑުމެން ދެމިތިބި ނަމަވެސް، އަޅުގަނޑުމެންގެ ރަށްރަށުން ފަތުރުވެރިންނަށް އެކަށީގެންވާ މަރުހަބާއެއް ކިޔަން ޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މުޖުތަމައުގެ މިންގަނޑުތައް ދެމެހެއްޓުމަށާއި ޓޫރިޒަމް ސިނާއަތް ފުޅާކޮށް ކުރިއަރައިދިއުމަށްޓަކައި، ކަމާގުޅޭ ހުރިހާ ފަރާތްތަކަކާ އެކު ގާތުން މަސައްކަތްކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
16 March 2025
ރާއްޖޭގެ ރީތި ނަމަށް ދިގުރަށުން ކުރަފި އެރުވީދޯ؟ ދިގު ވައްތަރުގެ ކުރަފި ތަ އެރުވީ؟
މާފުށި ދޮން އަލީ
15 March 2025
.. ހެދިފައިވާ ގަވައިދުތަކާއި އުސޫލުތަކަށް ތަބާނުވެ، ގަދަހަދާގެން އެއްވެސް މީހަކަށް، ހާއްސަކޮށް ވިޔާފާރި އުސޫލުން ފަތުރުވެރިން ގޮވާއިގެން ދާމީހުން ވަނީ އޮންނަ އުސޫލުން އެކަން ކުރަން .. 60 ގެސްޓުން މާފުށިން ނަގާއިގެން ގޮސް ދިގުރަށު ދުނޑިއަށް ލާންޗު ބީއްސާލުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން
މަރޭ މިތިރާ
15 March 2025
ދިގުރަށުގެ ކައުންސިލްގެ ނިންމުން ބަރާބަރު، އެކަމާ ދެކޮޅައް ފިޔަވަޅެއް އަޅައިފިއްްޔާ އެބުނެދެވެނީ ދިވެހީންގެ ރައްތަކުގަ ހިންގާ ރިސޯޓްތަކައް ދިވެހީންނައް ބޭނުންގަޑިއަކު އެރައްތަކައް އަރާ އެރިސޯޓްތަކުގެ ގޮނޑުދޮއްތައް އަގަކާނުލާ ބޭނުންކުރެވޭނޭ. އޭރުން ދިވެހީން ދަތުރުދާނެ ރައްތަކެއް އެލިބުނީ، ސަޅި ހުވާ!
ޕޫރުބެ
15 March 2025
ތޫރިސްޓް މިނިސްތަރު ނިސްބަތްވަނީ ތިރަށަށް! އެބޭފުޅާގެ ގެސްޓްހައުސް ހުރޭ! މިހާރު ލޯކަލް ގެސްޓް ހައުސްތަކަކީ އާދައިގެ މީހަކަށް ހިންގޭ ވަރު ތަނެއް ނޫން! 200 އެނދުގެ ރިސޯޓެއް ހިންގާވަރަށް ހުއްދަތަކާއި ލިޔެކިއުންތަކާއި ޓެކުސް ދައްކަންޖެހޭ! 30 ދުވަހުގެ ޗުއްޓީ ނަގައިގެން އަންނަމީހާ ރާއެްޖޭގައި އާއްމުކޮށް ހޭދަކުރަނީ 10 ދުވަސް އެކަމަކު ގިތެލަކުން ކިރު ފެލަން ދިމާކުރާހެން ހެސްކިޔާފަ ޓެކުސް ބޮޑުކުރަނީ! ނިޔަތަކީ ކޮބާ؟ ދިގުރަށު ތުންޑިއަށް ބޭނުން ގޮަތަކަށް
ފޮނިޓައްޕު ހަސަނު
15 March 2025
ދިގުރަށުގެ ގެސްޓް ހައުސްތަކުގެ ޓޫރިސްޓުން ރިޒޯޓްތަކަށް ޑޭ ވިސިޓް ކުރީމަވެސް އެބަނަގާ ބޮލަކަށް 30 ޑޮލަރު ދެން ކޮބައިހޭ މައްސަލައަކީ ދިގުރަށުގެ ތުނޑިއަށް ރިޒޯޓުތަކުގެ ޓޫރިސްޓުން އަތުން ފީ ނެގީމައި.
މހއމ
15 March 2025
ނެތް މައްސަލައެއް. ހެޕީ؟ :)
ދިގުތުނޑި
15 March 2025
ތިޔަ ރަށަށް ޓޫރިސްޓުން ނުދާން ފެށީމާ ހުންނާނީ ރާކަނިމަސް ކެވިފަ. ކުރިއަށް އޮތްތަނުގައި ރަށު ކައުންސިލަށް މީހުން ހޮވާއިރު ރައްޔިތުން ވިސްނާނެ ކަމަށް އުންމީދުކުރަށް
މހއމ
15 March 2025
ކަލެއާ ބެހޭ ކަމެއް ނޫން އެޔަކީ.
ޓެކުހޭ
15 March 2025
އަދި ނަގަންޖެހޭނެ ފަޅު ޓެކުސް، ކަނޑުޓެކުސް، ދޮންވެލި ޓެކުސް...
އިހްސާސް
15 March 2025
ރިސޯޓުތަކުން ޓޫރިސްޓުން އަތުން ތިބެނީ ހެސްކިޔާފަ ޑޮލަރު ނަގައިގެން. އެމީހުން އެހެން ރަށެއްގެ ބީޗް ބޭނުންކުރާއިރަށް އެރަށު ކައުންސިލުން ފީ ނެގީމާ މައްސަލައަކަށް މިވަނީ. ރަށްރަށަށް ޒިޔާރަތް ކުރުމަކުން އަދި ފީނެގުން ރަގަޅެއް ނޫން. އެހެނަސް ޙާއްސަ ބީޗުތައް ބޭނުންކުރަންޏާ ފީނެގެން ޖެހޭނެ. އެކަމަކު އެއީ ޓޫރިސްޓުން އެތަން ބޭނުން ކުރުމުގެ ކުރިން. އެމީހުން ފަހަތުން ދުުވެ ރަށުން ބޭލުމަކީ ރަގަޅުކަމެއްނޫން.
ކީއްވެ ނުނެގެންވީ؟
15 March 2025
އަހރެމެންވެސް ޗުއްޓީ ހޭދަކުރަން އެގައުމުތަކަށް ގޮސް ޓެކްސް އާއި، ވިސާ އަށް ފީ ދައްކައިގެން އުޅެނީ... ނުވިތާކަށް ރީތި ތަނެއް ހުރިއްޔާ އެތަނަކަށް ވަންނަންވެސް ފީ ދައްކަން. އަހަރެމެންނަކީ ޓޫރިސްޓުންނޭ ކިޔާފަ ހިލޭ ނުވަދެވޭ އެތަންތަނަކަށް. އެހެންވީމަ އެމީހުންވެސް ރީތި އެޓްރެކްޝަން ތަކަށް ދަންޏާ ފީދައްކާއިގެން ދޭ.... ދާނެ މީހުން މަދެއް ނުވާނެ
ހުއްބުލް ވަތޮން
17 March 2025
ބުރޯ މިރާއްޖޭގަ އޮވޭތަ ފީ ނުދައްކާ ދެވޭ ތަނެއް؟ އާއްމު ޕާކެއް ހުރިއްޔާ އެތަނަށް ވެސް ވަދެވެނީ ޓިކެޓު ނަގައިގެން. ދުނިޔޭގެ ތަންތަނޭ ބުނާ އިރު އެތަންތާ ހުރޭ މީހުން ވަދެ ހިނގާލާނެ ކިތައްމެ ތަނެއް. މިރާއްޖޭގައި ތިރި ފާރުބުރިއެއް ހެދިއްޔާ ވެސް ހަދަނީ މަތި ތޫނުކޮށް. ބަންގާޅީން އިށީންނާއްޗޯ. ސިވިލައިޒޭޝަންގެ ފެހި ނޫރެއް މިއީ.
ބަރާބަރު
15 March 2025
ބަރާބަރު ކަނޑާ ވަކިކޮށް އެއްލާލާ. މާ ސައިޒު އޮޅިގެން އުޅެނީ.