14 މާޗް 2025 - 19:16
އިދިކޮޅު އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަ ދެއްކި މައްސަލާގައި ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ގޮވާލައްވައިފި އެވެ.
އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ރައީސް މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް މުޒާހަރާގައި ދެއްކި ވާހަކަތައް ސޯޝަލް މީޑިއާގައި ވެސް ވަނީ އާންމުވެފަ އެވެ.
އެ މައްސަލާގައި އަބްދުއްރަހީމް ވިދާޅުވީ ޒާތީ ހަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް ކުދިންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށެވެ.
އެ ކުދިންގެ އަބުރާ އިއްޒަތް ނަގާލައި، ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެ ކުދިންގެ ބޮލުގައި އަޅުވަމުންދާއިރު އެ ފަދަ ފަރާތްތަކާ މެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް އަބްދުއްރަހީމް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލެއްވި އެވެ.
"ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި މިފަދަ ނާތަހުޒީބު ދަށުދަރަޖައިގެ ކަންކަން ކުރީމަ، ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ހަމަ އެކަނި ކުށްވެރި ކުރުމުގެ ބަޔާނަކުން ފުއްދައި ނުލައްވައި، އެ ފަދަ ކަންކަން ތަކުރާރު ނުކުރެވޭގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން އެބަޖެހޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
މަންދީގެ އެ ވާހަކަތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ކުށްވެރި ކޮށްފަ އެވެ.
އެ ބަޔާނުގައި ވަނީ ކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދައްކާފައި ވުމަކީ ހިޔާލުފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
އެ ކޮމިޝަނުން ވަނީ ގާނޫނުތަކާއި ގަވައިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ބުނެފަ އެވެ. އެ ކޮމިޝަނުން ބުނީ، ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައި ވަނީ ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީގެ ގާނޫނައި ގަވާއިދާ ރާއްޖޭގައި އަމަލުކުރަމުންދާ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިންކަން އެ ޕާޓީތަކަށް ހަނދާން ކޮށްދޭ ކަމަށެވެ
އެކަމަކު، މަންދީގެ ވާހަކަތައް ދިފާއުކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެއީ ކުޑަކުއްޖަކަށް ނިސްވަތްކޮށް އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަމެއް އަންނަ ގޮތަށް ދައްކާފައިވާ ވާހަކަތަކެއް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯބުޅިއަލިބެ
15 March 2025
މިހާރު މިފެންނަނީ ބަޔަކު ވެރިކަމުގައި ތިބެގެން ގައުމެއް ލޫޓުވަމުން ދަނިކޮށް ރައްޔިތުން ނިކުމެއް ހުއްޓުވާލީމަ ވެރިކަން ގެއްލި ލިބެމުން ދިޔަ ފައިދާ ގެއްލި އެކަމުގެ ހިތްދަތިކަމުގައި ބޮލަށްކޮށިއަރައިގެން ބޯތަޅަމުން ދުވާތަން. މިހާލަތުގައި ކުޑަކުދިންގެ ހައްގަށް ކީއްކުރަން އަމިއްލަޔަށް ހާސާވާއިރުވެސް ނޭގޭނެ. ފުލެޓުތަކާއި ގޯތިތަކުގެ ހައްގުވެރިން ބާކީކޮށް އަމިއްލަ ލިސްޓަށް ހުޅުމާލެއިން ގޯތިދީ ފުލެޓު ބަހާލައިގެންތިބެ ދެން ކޮން ހައްގެއް ހޯދަދެވޭނީ.
މަ ބުނީ
15 March 2025
މަ ބުނީ މަށަށްފެންނަގޮތުގައި އެވާހަކަ ދެންކިފަރާތުގެ ގޭގެ ފުރާޅުން ޓިނު ނަގަށް މަށަށް ފެންނަނީ !
ވައިކުޑަ
15 March 2025
ރައީސް ޔާމީނުގެ ވެރިކަމުގައި މެޑަމް ފާތުންއަށް ކިހާ ވަރަކަށް ފުރައްސާރަކުރި! އަދި މިވީ ތަނަށް ބަޔަކު ނުކުރާ ވަރަށް ފުރައްސާރަކުރި! ކދރ ފތމއޭ ކިޔާ ކުޑަކުދިންގެ ވާހަކަ ނެރުނު، މިހެންގޮސް އެތައް ކަމެއް ކުރި ބައެއް އެމްޑީޕީމީހުންނަކީ، އެމީހުން ވެރިކަމުގާ ނެތިއްޔާ އެމީހުންނަށް ކުރަން އެނގޭހާ ކަމަކީ ފުރައްސާރަކޮށް މަގުމަތީގައި ތެޅިބޭލުން! ދެރަކަމަކީ ވައިކުޑައިން ފުއްމާލި މިބާވަތުގެ މީހުން މިސަރުކާރުގައި ތިބިކަން!
އަހްމާ
14 March 2025
ރައީސް ނަޝީދުގެ ދަރިންނާ، މާރިޔާގެ ދަރިޔާވެސް ފާޅުގަ ބެހޭތަން ފެނުން. އޭރު މިއުޅޭ މުއައްސަސާތައް ކޮބައިބާ؟
އެންޑުރޫ އެންޑުރޭޑް
14 March 2025
މެންޑީ މަޖުލީހަށް ހާޒިރުކޮށް ސުވާލުކުރަންވީނޫންތޯ ތިޔަބުނިބަހުގާ ތިހާ އިޚްލާސްތެރިކަމެއް ހުރިއްޔާ.
އ ރާފިއު
14 March 2025
ކުދިންގެ ކަރާމާތައް ބެލުމެއްނެތި ސިޔާސީ މަންފާއަށް ގައުމު ސުންނާފަތިކުރާ ފަރާތްތަކަށް ހަރުކަށިނފިޔަވަޅުނެަޅަން ގޮވާލަން
އޮނަރަބްލް އަފީފު ދީދީ
14 March 2025
މުޒާހަރާކުރަން ނިކުމެތިބި މީހުނަށާއި، މުޒާހަރާއަށް ހިތްވަރުދޭމީހުނަށް ބަލާއިރު ވަރަށްސާފުކޮށް އިގޭ މުޒާހަރާގެބޭނުމަކީ ފުލެޓް ނުލިބުނުމީހުނަށް ފުލެޓް ހޯދާދީ އެމީހުނަށް ޙައްްޤު ހޯދާދިނުން ނޫން ކަމާއި، އެމީސް މީހުންގެބޭނުމަކީ "ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެ ދަށުން" ކ.މާލޭގެ ޤާނޫނީ ރަށްވެހިންގެ ތެރެއިން އެތައް ހާސްމީހުން ބާކީކޮށް (ދަފުތަރުގައިތިބި ޤާނޫނީ ގޮތުން މާލޭގެ ރަށްވެހިން) ލިބުނު ގޯތި ތަކުގެ ވެރިން. ބެނުނަކީ ނުހައްޤު ގޯތި ސަލާމަތް ކުރުން.
ހާރޫން
14 March 2025
ބަރާބަރު
ޖައިޝަމުުުު
14 March 2025
ފިޔަވަޅު އަޅާ
ގެދާނޯމޮސް
14 March 2025
އެއީ މި ރައީސްގެ ސަޅިތަން ކޮޅަކީ ! މައްސަލަ ބަލާބޭފުޅުން ފައިލްތަކާއި އެކު ކޯޓުދޮރާހަަމައިން ގެޔަށް ގެއިން ކޯޓުދޮރާ ހަމަޔަށް ފިޔަވަޅު އަޅުއްވަމުން ހިންގެވީމާ މަނިކުފާނަށް ފުދޭކަމުގަވެއެވެ...!؟