އެސްޑީއެފްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފިފްޝީން. އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައި -- ފޮޓޯ: އެސްޑީއެފްސީ
15 މާޗް 2025 - 15:04
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އައިޝަތު ފިފްޝީން އަލީ އެ މަގާމުން ވަކިކޮށްފި އެވެ.
އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ޕީސީބީން މިއަދު ވަނީ އޭނާ އެ މަގާމުން ވަކިކުރިކަން ހާމަކޮށްފަ އެވެ. އޭނާ ވަކި ކުރި ސަބަބެއް ނުބުނެ އެވެ.
ފިފްޝީން ވަނީ ބޭންކިން ދާއިރާގައި 20 އަހަރު މަސައްކަތް ކުރައްވައިފަ އެވެ. އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ބޭންކް އޮފް މޯލްޑިވްސްގަ އެވެ. ފިފިްޝީން 2003 ވަނަ އަހަރު ބޭންކިން ދާއިރާއާ ގުޅިވަޑައިގެންނެވި އިރު އޭނާ ވަނީ ބީއެމްއެލްގެ ހެޑް އޮފް ކާޑްސް އާއި ހެޑް އޮފް ޗެނަލް މެނޭޖްމެންޓާއި ހެޑް އޮފް އެކުއަރިން އެންޑް ޑިޖިޓަލް ޕޭމަންޓްސްގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް އެސްޑީއެފްސީ އުފެއްދީ 2019 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހުސަން ފަލީ
16 March 2025
ފިފޫ ވަޑައިގަންނަވާ ބީ އެމް އެލް އަށް. ޢަހަރުމެންމިތިބީ ވެއިޓްކޮށްގެން
މަރިމޒަ
16 March 2025
ފިފްޝީން ރަގަޅުވާނެ ޕީއެއްސްއެމްގެ ހަބަރު ކިޔަން ނޫނީ ޝޯ ހުށަހަޅައިދޭން
އައްޒަ
16 March 2025
މިއޮތީވާ ކަމެއް! ރާއްޖެ ބްރެއިން ޑްރެއިންވެ ލަންކާއަށް ވިހެންވާން މިއުޅެނީ!!
ތިކުރެވެނީ ވެރިކަން
15 March 2025
ކިޔަވައިގެންހުރި މޮޅު ކަމުދާމީހަކު ހުރިއްޔާ ވަކިކޮއްފަ ޕަޕެޓަކަށް އެމަގާމްދީ.
ރޯދަ ވީއްލާފަ ކޮމެންޓް މި ކުރީ
15 March 2025
ނަރީޝް ރަގަޅުވާނެ.
ޢަހާ
15 March 2025
އެއްކަހަލަ އެއްދުވަހުން 15 މިލިއަން އަތުން ގުނާލި ކަލޭގެކަމަށްވާނީ މިތަނަށްދެންލާނީ. މިއީ ލާރި ވަރަށް ގިނައިން ގުނަންޖެހޭތަނެއް.
ބއމއލ
15 March 2025
ފިފްޝީން ބީއެމްއެލްއަށް ވަޑައިގަންނަވާ! ރަގަޅުވާނެ ޕޮލިޓިކަލް ބޭންކެއް ހިންގާނެ ގޮތެއް ނުވިސްނޭ، ތިޔައީ އިބްރާހީމް ދުވަސްވަރު މީހުންނަށް ފައިސާ ބަހަން ހެދި ބޭންކެއް. ޕްރޮޕޯޒަލް ހަދާ ލޯން ދީ، ލޯން ގެ 20% ޕޮލިޓިކަލް ކަންކަމަށް ބަހަންޖެހެނީ. އެއީ ބޭންކް ހިންގާގޮތެއް ނޫން. މިފަދަ ކަންކަމަކީ އަންސަސްޓެއިނަބްލް އަދި ދައުލަތުގެ ދަރަނި އަހަރުން އަހަރަށް އިތުރުވާ ސަބަބުތައް.
ހަސަންކާރި
15 March 2025
މައި ވޭ އޯ ހައިވޭގެ އުސޫލު މިސަރުކާރަށް އޮތީ. ތިބެންޖެހެނީ ހުސް ޕަޕެޓުން.. އަމިއްލަ ވިސްނުމާއި ޚިޔާލެއް ނުދެވޭ .. ބަލައެއް ނުގަނޭ.. އެމްއެމްއޭއަށްވެސް މިބަލި ޖެހިގެން އުޅެނީ.
ފިފްޓީން
15 March 2025
ކިހިނެއްބާ މިވީ
ފަހުން ކޮމެންޓް ކިރާނަން
15 March 2025
މަ މިހުރީ ރޯދަ އަށް.