އެމެރިކާއިން ބޭރުކޮށްލި ދެކުނު އެފްރިކާގެ ސަފީރު އެބްރަހިމް ރަސޫލް.
15 މާޗް 2025 - 16:39
އެމެރިކާއަށް ދެކުނު އެފްރިކާއިން ކަނޑައަޅާފައި ހުންނެވިސަފީރު އެބްރަހިމް ރަސޫލް އަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކެ ރުޅިއަންނަ ބޭފުޅެއް ކަމަށް ބުނެ އޭނާ އެމެރިކާއިން ބޭރުކޮށްފި އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ހުކުރު ދުވަހު ވިދާޅުވީ ދެކުނު އެފްރިކާގެ ސަފީރު އެބްރަހިމް ރަސޫލް އަށް "އެމެރިކާއިން ދެން މަރުހަބާ ނުކިޔާނެ" ކަމަށެވެ. ރަސޫލް އަކީ އެމެރިކާއަށް ނަފްރަތުކުރާ އަދި ޓްރަމްޕަށް ނަފްރަތު ކުރާ އަދި ނަސްލީ ފިތުނަ އުފައްދާ ސިޔާސީ ބޭފުޅެއް ކަމަށް ވެސް ރޫބިއޯ ވިދާޅުވި އެވެ.
"އޭނާއާ މަޝްވަރާ ކުރާނެ އެއްވެސް ކަމެއް ނެތް. އެހެންވެ އޭނާ އަކީ 'ޕާސަނާ ނޮން ގްރާޓާ' ކަމަށް ވަނީ ކަނޑައަޅާފައި."
ދެކުނު އެފްރިކާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި މި ނިންމުމާ މެދު ހިތާމަކުރާ ކަމަށް ވަނީ ބުނެފަ އެވެ. އަދި މިކަމާ ގުޅުން ހުރި ހުރިހާ ފަރާތަކުން ވެސް "ޑިޕްލޮމެޓިކް އަހުލާގު" ދެމެހެއްޓުމަށް އިލްތިމާސްކުރާ ކަމަށް ވަނީ ބުނެފަ އެވެ.
"ދެކުނު އެފްރިކާއަކީ އެމެރިކާއާ އެކު، ދެ ފަރާތަށް ވެސް މަންފާ ހުރި ގުޅުމެއް ގާއިމުކުރުމަށް އަބަދުވެސް މަސައްކަތްކުރާ ގައުމެއް،" ދެކުނު އެފްރިކާގެ ބަޔާނުގައިވެ އެވެ.
ސަފީރުން ފޮނުވާލުމަކީ އެމެރިކާއިން ވަރަށް ނުކުރާ ކަމެކެވެ. އެހެންވެ މިހާރު ދެކުނު އެފްރިއާ އާއި އެމެރިކާއާ ދެމެދު މައްސަލަ ގޯސްވެފައިވާ މިންވަރު މި ނިންމުމުން ހާމަވެ އެވެ.
ދެކުނު އެފްރިކާގައި ހެދި ގާނޫނަކުން ދަނޑުވެރިންގެ ބިންތައް ދައުލަތަށް ގަދަބާރުން ނަގާ ކަމަށް ބުނެ މިދިޔަ މަހު އެމެރިކާއިން ވަނީ އެކަމާ ގުޅުވައި އެހީތައް ވެސް ކަނޑާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުލައި
15 March 2025
ޔަހޫދީން އެމެރިކާ ސަރުކާރު ހައިޖެކް ކޮށްފައި އޮތް ވަރު މި ފެންނަނީ. ޣައްޒާ ގަތުލް އާންމް އައި. ސީ. ސީ އަށް ސައުތު އެފްރިކާގެ އިސްވެ އޮވެ ވެއްދީމަ އެކަމުގެ ރުޅި ބާލާލަނީ