ޚަބަރު / ހީޓް

އިހުސާސްކުރެވޭ ހޫނުމިން ވަރަށް ބޮޑަށް މައްޗަށް ދާން ފަށައިފި

ހޫނުގަދަ ދުވަހެއްގައި މީހަކު މާލޭގެ މަގަކުން ކުޑައެއް ނަގައިގެން މަގު ހުރަސްކުރަނީ.-- ފޮޓޯ: މިހާރު

ހޫނު މޫސުމުގައި ރާއްޖެއަށް އިހުސާސްކުރެވޭ ހޫނުމިން މި އަހަރު ވެސް ވަރަށް ބޮޑަށް މައްޗަށް ދާން ފަށައިފި އެވެ.

މެޓް އޮފީހުން މިއަދު އާންމުކޮށްފައިވާ ރެކޯޑްތަކުން ދައްކާ ގޮތުގައި، ހެނދުނު 11:00 ގައި މާލެ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 37.2 ޑިގްރީ ސެލްސިއަސްގަ އެވެ. ރާއްޖޭގެ އެހެން ހުރިހާ ހިސާބެއްގައި ވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ 36 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގަ އެވެ.

އިހުސާސްކުރެވޭ ހޫނުމިން މިގޮތަށް މައްޗަށް ދާން ފެށިތާ މިހާރު ހަފުތާއެއްހާ ދުވަސް ވަނީ އެވެ.

އާންމު ފިނިހޫނުމިން މިއަދު ހުރީ ހުރިހާ ހިސާބަކަށް ވެސް 30 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގަ އެވެ.

އާންމު ވައިގެ ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން މައްޗަށް ދަނީ މި ދުވަސްވަރު ވައި މަޑުކަމުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުންނެވެ.

ހޫނުގަދަ ދުވަހެއްގައި މާލޭ މާރުކޭޓު ސަރަހައްދުގައި މީހަކު ފިޔާ ބަސްތާތަކެއް އުފުލަނީ.-- ފޮޓޯ: މިހާރު

އިރުވައި މޫސުން ފަށައި، ޖެނުއަރީން ޖޫން މަހާ ހަމައަށް އެއީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އަދި އާންމުކޮށް އެންމެ ހޫނުގަދަވަނީ އެޕްރީލް މަހު އެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުގެ އެއްވަނަ ދުވަހު މާލެ ސަރަހައްދަށް ހޫނުކަން އިހުސާސް ކުރެވޭ ވަރު ރެކޯޑް އަދަދަކަށް މައްޗަށް ވެސް ދިޔަ އެވެ. އެއީ 48 ޑިގްރީ ސެލްސިއަސް އަށެވެ. އެފަހަރު ހޫނު މޫސުމުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވަނީ އާދަޔާ ހިލާފަށް ހޫނުކަން އިހުސާސްކުރެވިފަ އެވެ.

އާދަޔާ ހިލާފަށް ހޫނުވެ، ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ މި އަހަރު ވެސް ވަރަށް ބޮޑުވާނެ ކަމަށް، ދުނިޔޭގެ ކަނޑުގެ ފިނިހޫނުމިން އެނަލައިޒްކޮށް، ގަވާއިދުން އާންމުކުރާ "ކޮރަލް ރީފް ވޮޗް" އިން ވަނީ ލަފާކޮށްފަ އެވެ.

15 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 71%
icon angry icon angry 0%
icon wow icon wow 29%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހެއްވާކަން

17 March 2025

ދިވެހިންނަށް އަލަށްތަ "އިހުސާސްކުރެވޭ ހޫނުމިން" ދަސްވެގެން މިއުޅެނީ؟ މެޓް އޮފީހުން އަބަދުވެސް ބަލާ އެއްޗެއް. މިދިޔަ ދެއަހަރުދުވަހު ހަމަ އަވި ދިއްލާލާއިރަށް "އިހުސާސްކުރެވޭ ހޫނުމިން މައްޗަށް ގޮސްފި" ކިޔާފަ ނޫހުގަ ޖެހީމަ މީ ރައްޔިތުން ހާސްކަމުގެ ތެރެއަށް ވައްޓާލުން

The name is already taken The name is available. Register?

ދަރިކަލުން

17 March 2025

ތިއީ ވޭޕާ ގުޅުންހުރިކަމެއް ކަމުގައި ބެލެވެއެވެ!

The name is already taken The name is available. Register?

ތުނޑު ހަސަނު

16 March 2025

ގަސްތައް ކަނޑައި ކޮންކްރީޓް ގިނަކޮށް ހުސް ބިންކޮޅެއް މަގެއް ފަދަ ތަނެއް އޮތިއްޔާ ތާރު އަޅައިލީމަ ފިނިވެދާނެ ތޯއްޗެއް. އަހަރެމެންގެ ޢަމަލުތަކުގެ ނަތީޖާ މިފެންނަނީ. އެންމެން ވެސް ބޭނުމީ ތަރައްޤީ. ތަރައްޤީ މިންކުރާ މިންގަނޑަކީ ހޫނުކަން އިޙްސާސް ވާ މިންވަރު. ތަރައްގީ ވެފައި އޮތްވަރު އަދިި ތަންކޮޅެއް ކުޑަކަމަށް ފެންނަނީ. ވަރަށް ސަލާން.

The name is already taken The name is available. Register?

2025

16 March 2025

އުޅެވޭގޮތެއް ހިތަކަށްނާރާ ހޫނުވީމާ ހޫނުވާ ވާހަކަ ދައްކާނީ...... ބޮއިހަލަކި

The name is already taken The name is available. Register?

އަހުމަދުބޭ

16 March 2025

މިދެން ރޯދަމަހަށްދޭން އުޅުނު ކަރަންޓުބިލްގެ ޑިސްކައުންޓް މިދިޔައީ އިހުސާސްކުރެވޭ ހޫނުމިނަށް އަރައިގެން ﷲގެ އިރާދަފުޅުން ސްޓެލްކޯގެ ބެކްލޮގް ފިލުވައިލައި ރޯދަމަހު ދެކަރަންޓް ބިލް ފޮނުވައި ލެވިއްޖެ، ދެން ޑިސްކައުންޓު އަންނަންވާ އިރަށް މިއައީ އިހްސާސްކުރެވޭ ހޫނުކަމެއް، ވަﷲ އަޢުލަމް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

16 March 2025

އަވީގެހޫނުކަން އިޙްސާސްކުރެވޭގޮތަށް ތިރަށު ޖައްވުގައި ހުރި ބަލިތަށް ލޮލަށް ފެންނަނަމަ ސައުތުއޭޝިޔާގެ އެންމެމުޑުދާރު ވެރިރަށުގެގޮތުގައި މަޝްހޫރުވެފައިވާ ސްލަމްއެއްފަދަ ކ.އަތޮޅުމާލޭގެ ނަޖިސް މަގުތަކާއި، ޕާކް އަދި ތިރަށު ގޮނޑުދޮށްތަކާއި މީހުން ކައިރިނުވާނެ. ކުނި ގޮނޑެއްފަދަ މަގުތައް އެކިފާޑުފާޑު ބަލިޖެހިފައިވާ ބުޅަލުން ފުރިފައިވާއިރު، ޕާކްތަކުގައިވަނީ ބެލެނިވެރިކަމެއް ބެލެހެއްޓުމެއްނެތް އެފަދަ ކޮތަރުތައް. މިހާރު ތިރަށަކީ ދިރިއުޅެންކަމުދާ ތަނެއްނޫން.

The name is already taken The name is available. Register?

މުލޭޒް

16 March 2025

އަފީފް ދީދީ އެކަމަކު އުޅުއްވަނީ މާލޭގައި ނޫންތޯ؟

The name is already taken The name is available. Register?

މުސްތަފާބެ

16 March 2025

ތި އުޅެނީ ކަރަންޓް ބިލް ބޮޑުކުރަން ދޯ

The name is already taken The name is available. Register?

ޢަލިކޮއެ/ހުޅުމާލެ

16 March 2025

ޢުޅެވޭ ގޮތެއް ނޭނގޭ ވިއްޔަ…

The name is already taken The name is available. Register?

ކަނީރު1

16 March 2025

އަރާހުންނަ ވެރިއެއްގެ ނުބައި މަކަރުވެރިކަމުގެ ސަބަބުން ގައުމަށް ސުންޕާ ކަން ކަން ލައިގަނޭ.

The name is already taken The name is available. Register?

ޏާއްކޮ

17 March 2025

ވެރި އެކަނި ނުބައިވަނީ. ރައްޔިތުން ވަރިހަމަ ލެއްވިހާ ފާފައެއް ކުރިއަސް.

The name is already taken The name is available. Register?

ޑރ ވާންޗޯ

16 March 2025

އަނެއްކާ ކަރަންޓްބިލްވެސް މިފަހަރު އިހުސާސްނުކުރެވޭ ހިސާބަށްދަނީބާ؟. %10 ޑިސްކައުންޓުގަ %100 ބިލްބޮޑުވީމަ ހުންނާނީ ހުރިހާރޯދައެެއް އެެއްފަހަރާ ވީއްލިފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454