އަހްމަދު ސަލީމް (މާޒް ސަލީމް): އޭނާ ފުލުހަށް ހާރިޒުވާން ވަނީ އަންގައިފައި.-- ފޮޓޯ: ސަން އޮންލައިން
16 މާޗް 2025 - 23:54
ރައީސްގެ ބޭފުޅުންނާ ގުޅޭ ގޮތުން އެމްޑީޕީގެ އިސް އެކްޓިސްޓު މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކައަށް ތާއީދުކުރި ކަމަށް ބުނެ، އަހުމަދު ސަލީމް (މާޒް ސަލީމް) ފުލުސް އޮފީހަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.
ސަލީމް މިރޭ އަށް ވިދާޅުވީ މާދަމާ ރޭ 8:30 ގައި ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އަންގައި ފުލުސް އޮފީހުން އޭނާއަށް މިއަދު ޗިޓެއް ފޮނުވާފައިވާ ކަމަށެވެ.
އެ ޗިޓުގައި ބުނެފައި ވަނީ މާޒް ސަލީމް ހާރިޒުކުރަނީ، ޗިލްޑްރަންސް އޮމްބަޑަސްޕާސަންގެ އޮފީހުން ހުށަހަޅާފައިވާ، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އާންމު ފަރާތްތަކުން ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ ވާހަކަ އަށް ތާއީދުކޮށް، އެ ވާހަކަ ދެއްކުމަށް ހިތްވަރުދީ، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް އޭނާއާ ސުވާލުކޮށް ބަޔާން ނަގަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވެ އެވެ.
އިދިކޮޅު އެމްޑީޕީން މާލޭގައި ސިލްސިލާކޮށް ބާއްވާ އެއްވުންތަކުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯ ބްރޮޑްކާސްޓުކޮށް، ދައުރުކުރަމުން ދާތީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރި ވެސް ކޮށްފަ އެވެ.
އެމްޑީޕީގެ އެއްވުންތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަދެއްކި މައްސަލާގައި އެ ޕާޓީގެ އެކްޓިވިސްޓު މަންދީ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ މައްޗަށް ދައުވާކުރަން ރައީސްގެ އާއިލާއިން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާޒް ގުޑް
17 March 2025
މާޒް ހިތްވަރު ގަދަކުރައްވާތި.
މައިކާލޯސް
17 March 2025
މިމީސް މީހުން ހޮރުތަކުން ނިކުންނަންފެށީ. ނިކަން މިނިސްޓަރެއްގެ ފެންވަރުގަ ޕިއޯނުކަން ނަމަވެސްދީބަލަ. ވަގުތުން ކޮޅުބަދަލުވާނެ
ފުލެޓުދޮންބެ
17 March 2025
މީ އުމަރުބޭގެ ރަނިންމޭޓު އުތަ؟
ތޯޓީބެ
17 March 2025
މާޒް ސަލީމް މެން އެމްޑީޕީ އައް ވަދެގެން އެއުޅެނީ އެޕާޓީ ފުޑާލަން. ވިސްނާބަޔަކައް އެކަން އެގޭނެ. އަސްލު އެމްޑީޕީ މީހުން ޑީއާރުޕީ ގުރޫ ޕު ޕާޓީން ދުއްވާލީ. އަސްލު އެމްޑީޕީ އެއްނެއް. ވައްކަން ގިނަ ވީ.
ގަރޭބެ
17 March 2025
ތި ކުޑަ ކުއްޖާ ވާހަކަ މާކުރިން އެހެން ޓީވީ ސުޓޭސަނަކުން ދެއްކި ފުރޮގުރާމެއްގަ ވެސް ފާޑް ކީ. ކީއްވެ ބާ އެމީހުން ފޮލިހަށް ހާޒިރު ނުކުރީ?
މޯޑް
17 March 2025
ފުލުހުން ހާދަ ބިޒީއޭ މުޒާހަރާ ކުރާފަރާތް ތައް ފުލުހުން ހާޒިރު ކުރުމުގަ އަވަދިނެތި. އެކަކު އެބަ ގެންދޭ ދުވާލަކު 3 ފަހަރަށް ތިން ގޮލިސް ސުޓޭސަނަށް. ތަން ކޮޅެއް ބޮނޑްވަރުމީ.