ހަތަރު ސްކޫލުގެ މަސައްކަތް ނިންމަން އެމްޓީސީސީ އިއްޔެ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރުގެ އަހުމަދު ސައުދީ ސޮއި ކުރެއްވުމަށްފަހު.-- ފޮޓޯ: އެމްޓީސިސީ
17 މާޗް 2025 - 12:41
އަތޮޅު ތެރޭގެ 18 ރަށެއްގެ ސްކޫލުތަކުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ސަރުކާރުގެ ތިން ކުންފުންޏަކާ އެޑިޔުކޭޝަން މިނިސްޓްރީން ހަވާލުކޮށްފި އެވެ.
އެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އަދި ފެނަކަ ކޯޕަރޭޝަނަށެވެ.
އެ ކުންފުނިތަކާ އެ މަސައްކަތް ހަވާލުކުރީ އިއްޔެ އެޑިޔުކޭޝަން މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. އަދި އެ ތިން ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނިތަކުގެ މެނޭޖިންގް ޑިރެކްޓަރުންނެވެ.
ފެނަކައާ ހަވާލުކޮށްފައި ވަނީ 12 ސްކޫލެއްގެ މަސައްކަތެވެ.
ރާއްޖޭގެ 18 ރަށެއްގެ ސުކޫލްތަކުގައި ނުނިމިހުރި މަސައްކަތްތަކުގެ ތެރެއިން 12 ސުކޫލެއްގެ މަސައްކަތް ކުރުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރެއްވުން. pic.twitter.com/TyekfaAFiq
— Ministry of Education (@MoEdumv) March 16, 2025
އެމްޓީސީސީއާ ހަވާލުކުރި ހއ. އުލިގަމާއި ރ. އުނގޫފާރާއި ކ. މާފުށި އަދި ވ. ފެލިދޫ ސްކޫލްގެ މަސައްކަތެވެ. އަދި އާރްޑީސީއާ ހަވާލުކުރީ ހއ. ފިއްލަދޫ އަދި ރ ހުޅުދުއްފާރު ސްކޫލްގެ މަސައްކަތެވެ.
ދާދިފަހުން 75 ރަށެއްގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ވެސް ފެނަކަ އާއި އެމްޓީސީސީގެ އިތުރުން އާރުޑީސީއާ ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ހުއްޓިފައިވާ މަޝްރޫއުތައް މިއަހަރުގެ ތެރޭގައި ފެށުމަށް މި ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ. އެކަން ހާސިލް ކުރުމަށްޓަކައި އެކި ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަން ރައީސް ޑރ. މުހައްްމަދު މުއިއްޒު ކުރިން ވަނީ އިއުލަން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
17 March 2025
ހުރިހާ މަސައްކަތެއް ތިޔާ 3 ކުންފުނިން ކުރީމަ ކޮންސްޓްރަކްޝަން ސިނާއަތުގަ ތިބި ކުންފުނިތައް ތިބެންވީ ސަލަވާތް ފާތިހާ ކިޔަވަން ތޯ؟؟ ފުރަތަަމަ މިކަން ސާފްވާން ޖެހޭ.
ފޭދޫ ސްކޫލް
17 March 2025
ކޮބައިތޯ ށ. ފޭދޫ ސްކޫލުގެ މަސައްކަތުގެ އެންމެފަހުގެ އަދާ ހަމަ؟ މަސައްކަތް ނުނިމި ދިގުލަިއގެން ދާއިރު ސަރުކާރަށް އެޅުނީ ކޮން ފިޔަވަޅެއްތޯ؟ މި މަސައްކަތްތަކީ ނިންމަން ނުޖެހޭ ނުވަތަ އަޅާލަިގެން ނުވާ މަސައްކަތްތަކެއްތޯ؟