އެޗްޑީސީ: އުސޫލުން ބޭރުން ގޯތި ދިން މައްސަލާގައި ފުލުހުން ވަނީ އެޗްޑީސީއަށް ވަދެ ބަލާ ފާސްކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
17 މާޗް 2025 - 17:21
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކޮށްފައިވާ ބިންތަކާ ގުޅޭ ގޮތުން އޮޑިޓެއް ހަދައި، އެ އިން ފާހަގަވި މައްސަލަތައް ބަލައިދިނުމަށް އެދި އެޗްޑީސީން ފުލުހުންނަށް ހުށަހަޅައިފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދޫކޮށްފައިވާ ބިންތަކުގައި އިމާރާތް ކުރުމުގެ ހުއްދަ އަށް އެދެމުން އަންނައިރު އެއް ބިމެއްގައި އިމާރާތް ކުރުމަށް އެކަކަށް ވުރެ ގިނަ ބަޔަކު އެދޭ ކަމަށެވެ.
އެކަން އެޗްޑީސީގެ ސަމާލުކަމަށް އައުމާ ގުޅިގެން އިތުރަށް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނި ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހާއްސަ އޮޑިޓެއް ވެސް ވަނީ ހަދައިފަ އެވެ. އެ ސްކީމާ ގުޅޭ އެފަދަ އިތުރު މައްސަލަތަކެއް އޮޑިޓުން ފާހަގަކުރެވިފައިވާ ކަމަށާއި އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެ ކުންފުނިން ބުނީ ކުރިމަގުގައި ވެސް އެފަދަ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށާއި އަބަދުވެސް ބަލާނީ އެޗްޑީސީން ދޭ ހިދުމަތްތައް ނަޒާހާތްތެރިކަމާ އެކު ފޯރުކޮށްދިނުމަށް ކަމަށެވެ.
އެއް ބިމެއްގައި އިމާރާތް ކުރުމަށް އިތުރު އެހެން ފަރާތްތަކުން ވެސް ހުއްދައަށް އެދެމުން އަންނައިރު މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދަކީ ބިންވެރިޔާ ސްކީމުން ގޯތި ލިބިފައި އޮތް މީހެއް ނޫންކަން ހައުސިން މިނިސްޓްރީން އެޗްޑީސީ އަށް އަންގާފައި އޮއްވައި ވެސް އެ ގޯތީގެ ވަށާފާރު ރާނަން ފަށާފައިހުރި ފޮޓޯތަކެއް އާންމުވި އެވެ.
އެ މައްސަލަ ބަލަނިކޮށް، ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެކަމާ ގުޅިގެން ވަނީ އެޗްޑީސީގެ ބޯޑު މެމްބަރުން ވެސް އޭރު ސަސްޕެންޑްކޮށްފަ އެވެ.
އެ ސްކީމުގައި ނުހިމެނޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ މައްސަލާގައި ފޯޖުކޮށްފައިވާ ކަމަށް ޝައްކު ކުރެވޭ ލިޔުންތަކެއް ހުށަހަޅާފައިވާކަން ފާހަގަވެފައިވާ ކަމަށް އެ ކުންފުނިން އޭރު ބުންޏެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އިން ދޭން ނިންމި ހުރިހާ ގޯއްޗެއް ހައުސިން މިނިސްޓްރީން ވަނީ އެ ބިންތައް ލިބުނު މީހުންނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުކޮށް، އެ ގޯތިތަކުގެ ކަންމުޑި ޖަހައި، އިން ވަކިކޮށްދިނުމުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކޮށްފަ އެވެ. ގޯތީގެ ވަށާފާރު ފަދަ މަސައްކަތްތައް ކުރެވެނީ އެޗްޑީސީން ހުއްދަ ލިބުމުންނެވެ.
ބިންވެރިޔާ ސްކީމްގެ ލިސްޓުގައި ނެތް ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލަ ފެންމަތިވެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ މައްސަލަ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސރަފަ
18 March 2025
ތިކަމެއް ނުކުރާނެ. ފުލެޓްތަށް އަތުލިޔަސް، މާލޭ މިީހުންނަށް ލިިބިފަ ހުރި ގޯތި ތަކާ ކުޅޭކަށް ނުކެރޭނެ. ރާއްޖެތެރޭ މީހުންގެ ފުލެޓްތަކާތާ ކުޅެލީ. ސޯލިހުގެ ވެރިކަން ވެއްޓެން ދިމާވި އެންމެ ބޮޑު ކަމަކީ މާލޭ މީހުންނަށް ހިލޭ ގޯތި ތަކެއް ބަހާލުން
މުލޭ
18 March 2025
ބިންވެރިޔާގެ މުޅި ސްކީމަކީ ވެސް ސްކޭމެއް. މާލޭ ގެއެއްގައި ރަޖިސްޓްރީ ވެފައި އޮތީތަި ވެސް އެބަހުރި ގޯތި ދީފައި. އަކުރަމް ހާދަ ފައިސާއެއް ނެގިއޭ މީހުން ކިޔާ. އެމްޑީޕީގެ އެކްޓިވިސްޓުން އަތުން ގިނައިން ނެގިކަމަށްވަނީ ހުޅުމާލެ އިން ގޯތި ދިނުމުގެ މުގާބިލުގައި. ފައިސާ ނަގަނީ ކެމްޕެއިނަށޭ ކިޔައިގެން ނެގިކަމަށް ވަނީ. އަކުރަމް ފެށެނީ އަލިފަކުން ވިޔަސް އަކުރަމަކީ އަލިފެއްނޫން.
ޠޔގރރރެ
18 March 2025
ދައުލަތް ދަރަނިވެރިކޮށްލައިގެން އަގުބޮޑު ބިންތަކެއް ހިލޭ ބަހާލުމަކީ އެމްޑީޕީއަށް އަހަރެންކުރި ތާއީދު ގެއްލުނުކަންތައް. ސިޔާސީ މަންފާއަކަށްޓަކައި ދައުލަތް ދަރަނިވެރިކޮށްލީ. މިކަމާ ނުރުހިގެން އުމުރުގަ ފުރަތަމަ ފަހަރަށް އެމްޑީޕީ ނޫން ޕާޓީ އަކަށް ވޯޓުދިނީ މިދިޔަ ރިޔާސީ އިންތިހާބުގަ. އެކަމަކު އިބޫ ހެދި ގޯސް ރަނގަޅު ނުކޮށް މުއިއްޒުވެސް ހަމަ ބިންތައްބަހާލީމަ ކަމަކުނުދޭ! މި ދެމީހުންނަށްވެސްމާލޭގަ ދިރިއުޅޭ މާލެނޫން ރައްޔިތުންގެ ވީޓ ހައްގެއްނޫން!!!!!!!!!
މާލޭ ރެފިއުޖީ
18 March 2025
މާލޭމީހުނަށް ގޯތިދިނުމަކީ އެމްޑީޕީން ވީވައުދެއް. ވައުދު ފުއްދީމަ ކަމުނުދަނީތޯ؟
ކިމް
18 March 2025
އެކަމުވާ ތި އެޗްޑީސީ ބިލްޑިނގ ހާދަ ހުތުރޭ
ނާއިންސާފުން ބައި އަޅާފަ
18 March 2025
އޮޑީޓް ކޮްށްކޮށް ތިއްބަ އެތިބަ ބުރިބުރިއަށް ނަގާ ނިންމަނީ. މިހާރުވެސް އެޗް1 ކުރިމަތީ އަމިއްލަ ޖަނަރޭޓަރު ބަހައްޓަގެން ކުނީ ދުންތައް އަރުވަމުން ރެޔާ ދުވާލު ހުއްޓުމެއްނެތި މާ ސިންގާހާ ފައުންޑޭޝަން އަޅާ ނިންމަނީ އެތިބެ. ހަބޭހައް ފައިސާ އޮތް މީހުުންނަށް ހިލޭ ބިންތައް މިވަނީ ބަހާާލާފަ.
ޢެބިމުގެ ވެރިން
18 March 2025
ޢެއީ 12 މިލިއަން ރުފިޔާ ދީފަ ގަނެފަ އޮތް ބިމެއް. ޢެއީ ބިންވެރިޔާ ސްކީމުގެ ބިމެއް ނޫން
ނާއިނސާފު
18 March 2025
ޢެބިމުގެ ވެރިން ކިޔާފަ އޮޅުވާނުލާ. ފޭސް2 ގެ އެޗް ވަން ގެ ދެކުނުން ބިމެއް ނުވިއްކާ. ބިން ވިއްކީ އަތިމަތީ ސައިޑުން. އެޗްވަން ގެ ދެކުނުން އޮތް ބިމެއްގެ ވާހަކަ މިދައްކަނީ. އެ ތަނަކީ ބަހާލި ބިންތކުގެ ތެރެއިން ބިމެއް. ހަމަ ހެސް ކިޔާފަ ބޮޑު ފައުނޑޭޝްން އެއް އަޅާފަ އަމިއްލަ ޖަނަރޭޓަރުގަ ހިލޭ ލިބުނު ބިމުގަ ވިޔަފާރިކުރާނެ ތަނެއް ހަދާލަނީ
ގުރުއަތު
17 March 2025
ހަމަ “ނަސީބު” ރަނގަޅު ކަމުން، “ގުރުއަތުން” ލައްވާލައިގެން ދެމަފިރިންނަށް އެބަހުރި ހުޅުމާލެއިން ދެ ގޯތި ޖެހިޖެހިގެން ލިބިފައި ވެސް. މިކަންކަން ބަލާ ހައްލުކުރޭ
ކަހެރުވައް
17 March 2025
އަޑަށް ބާރުލާފަ މިބުނަނީ ބިންވެރިޔާ ސްކީމު ހަދައިގެން މާލެ ސަރަހައްދުން ހިލޭ ގޯތި ދިނުމަކީ ގައުމަށްޓަކާ ހިންގާފައޮތް ބޮޑު ޖަރީމާއެއް. މިހާރަކު މާލެ ސަރަހައްދުން ހިލޭ ގޯތި ލިބެންޖެހޭ ހަމަ އެކަކުވެސް ނުހުންނާނެ. މާލެ ސަރަހައްދުގެ ހުސްބިންތަކުގަ ސޯޝަލް ހައުސިންގ ސްކީމްތައް ހިންގައިގެން މާލޭ މީހުންނާ އަދި ގެދޮރުގެ ދަތިކަން ކުރިމަތިވެފަ ތިބި ހައްގުވެރިންނަށް ދައުލަތަށް އެއްޗެއް ލިބޭގޮތަށް ފްލެޓް ދީބަލަ.
އާމިރު
17 March 2025
އަހަރެންގެ އެކުވެރިއެއް ފެށުނީއްސުރެ އެމް.ޑީ.ޕީގެ އެކްޓިވިސްޓެއް، އިބޫ ވެރިކަމުގެ ފަހުކޮޅު އެމް.ޑީ.ޕީ ސަރުކާރަށް ބަވަންފެށި، ދުވަސްކޮޅެއްފަސް ފެނުނީމަގުމަތީގައި އެމް.ޑީ.ޕީ ދިދަ ދަމަންހުއްޓާ އަހާލިމް ކިހިމެތްހޭތިވީ، ޖަވާބަކީ ފައްޔާޒު ގެންގޮސް ބުންޏޭ މިކަމުގެ އުޅެދޭށޭ! ތިމަންނަބުނީމޭ އުޅެވޭނީ ހުޅުމާލެއިން ގޯތި ދެންޏާއޭ، ކަންނިމިއްޖެ އޭނާއަށް އެލީ ގުރުއަތަކުން ހުޅުމާލެއިން ލިބުނު ގުރުނަގަން ޖެހުނީމަ ފަޔާއަށް މެސެޖްކުރީމަ ޖަވާބަކީ ހާސްނުވޭ ކަންވާނެ!
އަސް
18 March 2025
ސަޅި ދޮގު ސްޓޯރީ އަކާ ވަރަށް ވައްތަރު
ކިރުސައި
18 March 2025
ތިމަންނަގެ މަންމަ އޭ ބުނިނަމަ
މީކް
17 March 2025
ހުރިހާ ފޮލެޓްތަކެއް އަތުލަންޖެހޭ.. ތިއުޅޭ މކއލހހހހކ އާއި އޭނާގެ މުޅި އާއިލާއަށްވެސް ބަހާފަ އޮތީ.. އެކަހަލަ ކިތައް މީހުން އުޅޭނެ.. އެމް.ޑީ.ޕީ ގެ ހުރިހާ އެކްޓިވިސްޓުންނަށް އެހެން ބަހާފަ ގޯއްޗާއި ފްލެޓް ބަހާފަ ހުރީ. އެ ބެހި ހައްޤުނޫން ފްލެޓް ގެއްލިގެން ކޮންމެ ރެޔަކު އެތެޅެނީ
ހަޒީމް
17 March 2025
100މީހުން އެދުނަސް އެޗްޑީސީއަށް އެނގޭނެ ގޯތި ހަވާލުކޮށްފައޮތް ފަރާތްތައް.ތިއުޅެނީ ސަރުކާރުގެ ޑްރާމާގެ އެޕިސޯޑަށް އިތުރުކުރަން ބައެއް.