އައްޑޫ، މީދޫ އިކޯ ގާޑެންގެ ޗަސްބިމުގައި އަލިފާން ރޯވެފައި - ފޮޓޯ: އީމާން
19 މާޗް 2025 - 21:17
ސ. ހުޅުމީދޫގެ މަތިކިޅި އިކޯގާޑެންގައި އޮންނަ ޗަސްބިމުގައި މިއަދު މެންދުރު ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުކުރެވޭ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެ ސަރަހައްދުގައި އަލިފާން ރޯވި ކަމަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 11:45 ހާއިރު އެވެ.
އެމްއެންޑީއެފްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އަދިވެސް އަލިފާން މުޅިން ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން އެއްކޮށް ނިވުން ކަމަށް މި ބަލަނީ އެއްވެސް ވަރަކަށް ދުން ވެސް ނާރަންޏާ. ވަރަށް ބޮޑު ސަރަހައްދެއްގައި އަލިފާން ހިފާފައި، އަޑީގައި ހިކި ގަސްތައް ވީމަ އެއްކޮށް ނުނިވިގެން، އެންމެ ފަހުން ލިބުނު މައުލޫމާތުގައި ބުނީ،" އޭނާ ވިދާޅުވި އެވެ.
މީދޫ ޗަސްބިމުގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި މަސައްކަތް ކުރަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހުޅުމީދޫ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުންނެވެ.
އެ ހާދިސާ ހިނގީ ކިހިނެތް ކަމެއް އަދި ނޭނގެ އެވެ.
މީގެ ކުރިން ވެސް އެ ތަނުގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބޫރު
20 March 2025
ރޯ ވީކީ ނޫން. ރޯކުރީ. ބަޔަކު ގަސްތުގަ ކުރާ ކަމެއް ތީ!
އައްޑޫ އެޓޯޅް
20 March 2025
އައްޑޫ ކައުންސިލް ތަކުން ވ ކުރާ ކަމެއް ގަސްކެނޑުން އެހެންވެ އައްޑޫ މީހުން މިހާރު ހަމަ ހައްދާފަ ހުންނަ މާ ގަސްތަކާ އެނުޏް ވެސް ގަސް ކަނޑަނީ! ތި ވެދާނެ އތާ ހުރި ގަސް ނުކެޑޭ ތީ ރޯ ކޮށްލަނީ ކަމަށް ވެސް ބަޔަކު! އައްޑޫ ވ ހޫނު ގަސްތައް ކަނޑާ ތީ
ކިޅި
20 March 2025
ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯ. އަލިފާނުގެ މި ޙާދިސާއަކީ ގަސްތުގައި ބަޔަކަު ކޮށްފައިވާ ކަމެއްނަމަ، އެބަޔަކު އެންމެންގެ ތެރެއަށް ފަޟީޙަތް ކުރައްވާންދޭވެ.
އައިމަނާ
20 March 2025
ރޯވެ ނިމުނީމަ އެތާ ރިސޯޓެއް އަަޅަން ފެނޭ
މުލޭ
20 March 2025
އަލިފާނެއް ރޯވާހާ ހޫނުގަދަ ކަމަކަށް ނުބެލެވޭ. ބަޔަކު ގަސްތުގައި ކުރާކަމެއް ނުވަތަ ބައެއްގެ ފަރުވާކުޑަކަމުގެ ޢަމަލަކާ ބޮޑަށް ވައްތަރީ.
ކަސަބޯ
20 March 2025
ތެޔޮފެނުނީ! ތެޔޮފެނުނީ! ރަގަޅަށް ބަލާ ޓެސްޓުކޮށްބަލަ އަވަހަށް.
ފުލޭމް އޯ ފުލޭމް
19 March 2025
ކިހިނެއްބާ މި ވަނީ...
ފަސް
19 March 2025
އައްޑޫގެ މިހާރުގެ ކައުންސިލް އޮވެ އައްޑޫދަނީ ފަނޑުވެ ފަހަތަށް.
ރަދީފްއޮފީޝަލް / އައްޑޫ ރައްޔިތެއް
20 March 2025
ހަގީގަތަކީ އިނގިރޭސީން އެބެގޭ ފަހުން އައްޑޫ އެނީ ފަހަތަށް.
ހާމާނު (ކަރުބުޑުން)
19 March 2025
އައްޑޫގާ ހާދަވަރަކަށޭ ރޮއިމިވަނީ. ކެލިފޯނިއާތަ މީ.