އައިޖީއެމްއެޗްގެ ލެބޯޓްރީގައި ބަޔަކު މަސައްކަތްކުރަނީ.
20 މާޗް 2025 - 18:57
ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބަންދު ދުވަސްތަކުގައި އިތުރު ގަޑީގެ އިނާޔަތުގެ ފައިސާ ދިނުމުގެ ލިމިޓް އުވާލައިފި އެވެ.
ނޭޝަނަލް ޕޭ ކޮމިޝަނުން ރޭ ވަނީ ޕޭ ފްރޭމްވޯކަށް ބަދަލުތަކެއް ގެނެސް ގެޒެޓުކޮށްފަ އެވެ. އެ ބަދަލުތަކުގެ ތެރެއިން، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އިން ވަކާލާތުކުރަމުން ދިޔަ އިތުރު ގަޑީގެ ފައިސާ ދިނުމުގެ މައްސަލައަށް ވެސް ގާތްގަނޑަކަށް ހައްލެއް ލިބިފަ އެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މެއި، 2023 ގައި ގެނައި ބަދަލާއެކު އިތުރު ގަޑީގެ ފައިސާ ވެސް ވަނީ ލިމިޓްވެފަ އެވެ. އޭގެ ކުރިން، ރަސްމީ ގަޑީގެ ފަހުން ކުރާ ކޮންމެ މަސައްކަތަކަށް އިތުރު ގަޑީގެ ފައިސާ ލިބުނަސް، އާ އޮނިގަނޑާއެކު އިތުރު ގަޑީގެ ގޮތުގައި މިހާރު ލިބެނީ މުވައްޒަފުންގެ މަގާމުގެ އަސާސީ މުސާރައިގެ ގިނަވެގެން 10 ޕަސެންޓަށް ވާ މިންވަރަށެވެ.
އެހެންވެ، އެއީ، ގިނަ ވަގުތު މަސައްކަތުގައި އުޅެންޖެހޭ ސިއްހީ ދާއިރާގެ ޓެކްނިކަލް މުވައްޒަފުންނަށް އިންސާފެއް ކަމެއް އެ ޖަމިއްޔާއަކުން ގަބޫލެއް ނުކުރެ އެވެ.
އެ ގަވައިދަށް ގެނައި އާ ބަދަލާއެކު، ރޯދައިގެ ފަހު 10 އިން ފެށިގެން އެ މަހުގެ ނިޔަލަށް ހިމެނޭ ދުވަސްތަކާއި ކަލަންޑަރުގައި ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަސްތައް އަދި ރައީސްގެ ދެންނެވުމަކުން ސަރުކާރު ބަންދުކުރާ ދުވަސްތަކަށް 10 ޕަސެންޓުގެ ލިމިޓު ނުލައި، އެ ދުވަސްތަކުގައި އިދާރާއިން މުވައްޒަފުން ނެރެގެން މަސައްކަތްކުރުވާ ހުރިހާ ވަގުތަކަށް އިތުރު ގަޑީގެ ފައިސާ ދޭންޖެހެ އެވެ.
އަލަށް ގެނައި ބަދަލަށް ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން ވަނީ ތާއީދުކޮށްފަ އެވެ.
އެ ޖަމިއްޔާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ މިއީ، 2023 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އިދާރާތަކުގައި ލޮބީކޮށް، ކުރަމުން ދިޔަ ކަންކަމުން ސިއްހީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ.
ދައުލަތުގެ ޕޭ ފްރޭމް ވަރކްގެ މިންގަނޑުތަކުގެ 7 ވަނަ އިޞްލާޙުގެ ދަށުން އިތުރުގަޑީގެ ފައިސާދޭ އުސޫލަށް ރަނގަޅު ބަދަލުތަކެއް ގެނެސް މިއަދު ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ. މި ބަދަލަކީ މި ޔޫނިއަން އަދި މި ޔޫނިއަންގެ މެންބަރުން 2023ވަނަ އަހަރުން ފެށިގެން ސަރުކާރުގެ… pic.twitter.com/hbInPFJAUg
— Maldives Health Professionals Union (MHPU) (@MaldivesHPU) March 20, 2025
"ސިއްހީ މަސައްކަތްތެރިންނަކީ ނުހަނު ހައްސާސީ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އެ މީހުންގެ އާއިލާތަކާއި އަމިއްލަ ނަފްސުތަކަށް ދޭންޖެހޭ ސަމާލުކަން ނުދެވި، ގިނަ ގުރުބާނީތަކެއް ވަމުންދާ ފަރާތްތަކެކެވެ. އެހެންކަމުން އެ ފަރާތްތަކުގެ އިންސާނީ އަދި ވަޒީފާގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ކަމާގުޅޭ އިދާރާތަކަށް ގޮވާލަމެވެ،" ޕޯސްޓުގައިވެ އެވެ.
ހެލްތު ޕްރޮފެޝަނަލް ޔޫނިއަން އިން މިދިޔަ މަހުގެ ފަހުކޮޅު ނެރުނު ބަޔާނުގައި ބުނީ މެދުކެނޑުމެއް ނެތި 24 ގަޑިއިރު ހިދުމަތް ދިނުމަށް ސިއްހީ ހިދުމަތްތެރިން ހަފުތާއަކު ހަ ދުވަހު އަދި ދުވާލަކު ހަ ގަޑިއިރުގެ ޝިފްޓް ޑިއުޓީ ކުރުމުގެ އިތުރުން ރޯދަ މަހުގެ ފަހު 10 ގެ ބަންދުގައި ހިދުމަތުގައި ތިބޭއިރު، އެ ޔޫނިއަންގެ މެމްބަރުންނާ މެދު ސަރުކާރުން އަމަލު ކުރަނީ އިންސާފުވެރިކޮށް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަބުލޮ
21 March 2025
އިތުރުގަޑި ނުލިބޭތީ އެވާހަކަތަ ދައްކަންވީ ، ތިޔަ ނަރުހުންނަށް މުސާރައާއިއެކު ދޭ އެކި ނަންނަން ކިޔާފާ ދޭ އެލަވަންސްތައްވެސް އެހާ ގިނަ. ސްކޫލުތަކުގެ ޓީޗަރުން އެހާ ބުރާގައި އުޅޭއިރު ލިބެނީ ކޮންއެއްޗެއް ‘ އިންސާފްވެ ބަލަ
އަސްލުވާހަކަ
21 March 2025
ކަމަކުނުދޭ ޑޮކްޓަރުންނާއި ނަރުހުން ނަކީ ފޮނި ބޮޑާކިބުރުވެރި ބައެއް އެމީހުނަނަށް މިހަރުވެސް ކުރާމަސެއްކަތަށްވުރެ މުސާރަބޮޑު ބަލިމީހަކު ނިމެއްޗެވިއްޔާ އަޅވެސް ނުލާނެ އައިޖީއެމްއެޗް އޭޑީކޭ އާންމުންގެ ވޯޓަކަށްދޭ މީ ދޮގެއްތޯބަލަން
ސިއްޙީ
21 March 2025
އަޅާނުލާ ނަމަ ނުދާނެ ޑިއުޓީއައް. ސިއްޙީ ދާއިރާގަ ކިޔަވައިގެން މަސައްކަތް ކުރާކަށް ނުވޭ. އެ މަސައްކަތުގަ އުޅޭ މީހުންނަށް އެއްޗެހި ގޮވަން އިނގެނީ.
Side ނަރުސް
22 March 2025
ނާ ތަހުޒީބީ ވިސްނުން މި ފެނިގެން ދަނީ. ދުނިޔެ ތަރައްގީ ވިޔަސް މި މީސް މީހުންގެ ސިކުނޑިއެއް ތަރައްޤީ އެއް ނުވާނެ. ބަލަ ކަލޭމެން ބަލި ވީމަ ދަނީ ކާކު ކައިރިއަށް؟ ހެޔޮ ވިސްނުން ދެއްވާށި. އާމީން.
އިމާލާ
20 March 2025
މިހާރު ނޫހާއި މި ކޮމެންޓް ކުރާ އެންމެން ސާކިޔުލަރ ރަނގަޅަށް ކިޔާކަން ފެނޭ. ހަމަ އެކަނި ސިއްހީ ހިދުމަތްތެރިންނެއް ނޫން އޮތީ. އާ ޕޭ ފްރޭމްވޯކްއަށް ބަދަލުވެފަ ތިބި ހުރިހާ މުވައްޒަފުންނަށް ލިބޭނެ. އެހެންވީމަ ޓީޗަރުންނަށް ވެސް ލިބޭނެ ސަރުކާރު ބަންދުތަކުގަ ޑިޔުޓީއަށް ނުކުންނަން ޖެހެންޏާ
ހސބސބ
21 March 2025
ކައުންސިލުތަކުގަ ތިބޭ ދަށު ދަރަޖައިގެ ގަބުޅި މުވައްޒަފުންނަކަށް ނުލިބޭ އެކައްޗެއްވެސް. 7000ރ ދޭތީ ހެވިފަ ތިބެނީ ހަމަ
ޓީޗަރުން
20 March 2025
ކޮބާތޯ ޓީޗަރުންގެ ހައްގުތައް މާސްޓާރސް ހަދާފަ މިހާރު ދެއަހަރުވަނީ އަދިވެސް މުސާރަ ހަމައެއް ނުޖެހޭ.
އަބްދުﷲ
20 March 2025
މެޓް އޮފީހުގެ ފަންނީ މުވައްޒަފުން ގެ އޮނިގަޑަކީ މޫސުމް ކުރިޔަށް ލަފާކުރާ ގޮތަށް ވިސްނައިގެން ހަދާފައިވާ އޮނިގަޑެއް .މިވެރިކަމުގެ 2 ވަނަ ރޯދަމަހުގައި ވެސް ހަމަ ހިލޭސާބަހަށް މަސައްކަތް ކުރަނީ . ފިނޭސްއިން ބުނީ އޮނިގަޑު ހަދައި ފާސްކޮށްފައި ވާގޮތުން ފަހުދިހައިގެ ބަންދު ދުވަހުގެ ފައިސާ ދެވެންނެތް ކަމަށެވެ. ޕޭކޮމިޝަނަކީ ނަމަކަށް އޮންނަ ތަނެއް. އަޅެ ނިކަން މިކަހަލަ ފަންނީ އޮނިގަޑުތަށް ބަލައި ނިންމާދީބަލަ. ބޮޑެތި މީހުން މިހާރުވެސް ބިރުދައްކަނީ .
އަލިނަރު
20 March 2025
ކޮބާ ޓީޗަރުންނަށް ކިިިހިނެތް އޮތީ؟ އެމީހުންގެ ވެސް އިތުރުގަޑި އޮތީ ހިފަހައްޓާފަ. އެމީހުންނަށްވެސް އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް އެވަގުތުތަކުގައި ފުލްކޮށް ލިބެންވާނެ.
އަލިސަރ
20 March 2025
ޓީޗަރުންގެ އިތުރުގަޑި އަބަދުވެސް އޮންނަނީ ހިފަހައްޓާފައި. ޢެއީ ހިލޭ ސާބަހަށް އިތުރުގަޑީ މަސައްކަތް ކުރަންޖެހޭ ބަޔަކަށް ހަދާފަ އޮންނަނީ. ޓީޗަރަކަށް ވުން އެއީ މޮޔަކަމެއް.
ބފބޗޗބ
20 March 2025
ކުއްލިޔަކަށް ހާދަ އިނާޔަތެއް. ކިހިނެތްބާ މިވަނީ
ނަރުހުންގެ އަޑު
20 March 2025
ތިއާއެކު އެބަޖެހޭ އިތުރު އިސްލާހުވެސް އަންނަން! ރާއްޖެތެރޭގެ ސީއެންބިއުލެންސް އޮންނަ ރައްތަކުގައި މަސައްކަތްކުރާ ނަރުހުން ލިބޭ އޮފް ދުވަހުވެސް އެބަޖެހޭ ކިތަންމެ ކަނޑުގަދަޔަސް ވިއްސާރަޔަސް ބަލިމީހުން ގޮވައިގެން އަތޮޅު ހޮސްޕިޓަލަށް، ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ މާލޭދާން. އެއްވެސް އިތުރުގަޑިއެއް، ހާޒިރީ އެލަވަންސް، ހާޑްޝިޕް އެލަވަންސެއް ނުލިބޭ! މިފަދަ ތަންތާގަ މަސައްކަތްކުރާ ނަރުހުންނަށް މީވަރަށް ނާއިންސާފު ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކުރުވާކަމެއް!
ޒާދު
20 March 2025
މުޒާހިރާ ކުރީމަ މިކަން މިގޮތަށް ބަދަލު ވަންޏާ ސިވިލް ސާވިސް އެހެން އިދާރާ ތަކުންވެސް މުޒާހިރާ ކޮށް އިހުތިޖާޖް ކުރަން ފަށާ. ހާއްސަކޮށް ޓީޗަރުން. ހޮނިހިރަކީ ބަންދު ދުވަހެއް. މިހާރު ހޮނިހިރުގަ ވެސް ރަސްމީ ދުވަހެކޭ ގޮތަށް އޮންނަނީ.
ނަސްރު45
20 March 2025
މި ރާއްޖޭގައި ބަންދު ދުވަސް ތަށް އެހާ ގިނަ ކުރީމާ، ޒިންމާ ދާރު ކޮށް ވަޒީފާ އަދާ ކުރާ މީހުން، ވަޒީފާގެ މާހައުލުގާ މަދުވެ.. އަމިއްލަ ކުންފުނި ތައް އެވަރަށް ބަންދު ނުކުރެވި، މުވައްޒަފުން ނުރުހުނަސް މަސައްކަތު ނެރެން މަޖްބޫރުވޭ. ތަނަށް ލިބޭ އެއްޗަކުން ސަރުކާރަށް ޓެކްސް ގެ ގޮތުގާ ދެއްކޭ ފައިސާއިން، އަނެއްކާވެސް 'ހޮލިޑޭ ގައި އުޅުއްވާ ބޭފުޅުންނަށް މުސާރަ ދޭން ޖެހޭތީ. މީ ވިސްނަވަން ޖެހޭ ކަމެއް