ހުޅުމާލޭގައި ހުޅުވި ވައިޓަލް ކެއާ ޑެންޓަލް ކްލިނިކް.
23 މާޗް 2025 - 11:26
ރާއްޖޭގައި ފުޅާދާއިރާއެއްގައި ސިއްހީ ހިދުމަތް ދޭ "ވައިޓަލް ކެއާ" ގެ ކްލިނިކެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.
ހުޅުމާލެ 1 ގައި އުނިމާ ހިނގުމުން ދިއްދޫ ހޮޓާ ކައިރީގައި ހުޅުވި އެ ކްލިނިކުން އެންމެ ޒަމާނީ ވަސީލަތްތަކާ އެކު، ދަތުގެ ފަރުވާ އަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް ލިބެން ހުންނާނެ ކަމަށް އެ ތަނުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ. އޭގެ ތެރޭގައި ދަތް ސާފުކުރުމާއި ފުޓުނި އެޅުމާއި ނަރުގަނޑު އެޅުވުން އަދި އިންވާސެލައިން ބްރޭސަސް އެޅުވުމުގެ ހިދުމަތުގެ އިތުރުން ދަތް ނެގުމާއި ދަތް ޖެހުން ފަދަ ދަތުގެ އެކި ހިދުމަތްތައް އެ ތަނުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވައިޓަލް ކެއާއިން ބުނީ ކޮންމެ ހަ މަހަކުން ޑެންޓަލް ޗެކަޕް ހެދުން މުހިންމު ވާއިރު، ހުޅުމާލޭގެ ކްލިނިކުން ހިލޭ ޑޮކްޓަރަށް ދައްކައި ޑެންޓަލް ޗެކަޕް ހެދޭނެ ކަމަށެވެ.
ވައިޓަލް ކެއާ އަށް ގުޅޭނެ ނަމްބަރުތަކަކީ 3321315 އަދި 7331315 އިންނެވެ.
ވައިޓަލް ކެއާ އިން ޑެންޓަލް ކްލިނިކުގެ އިތުރުން މަލްޓިސްޕެޝަލްޓީ ކްލިނިކު ވެސް ހިންގަ އެވެ. ވައިޓަލް ކެއާ އިން އަންނަނީ މާލޭގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި ވެސް ކްލިނިކެއް ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy