މާފުށީ ޖަލު.
23 މާޗް 2025 - 21:37
މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނީ ސ. މަރަދޫ، ފޯ ފްލާވާ، އިބްރާހިމް ޝަމްވީލް ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުނީ ހަވީރު 4:20 ހާއިރު ކަމަށެވެ.
އުމުރުން 23 އަހަރުގެ ޝަމްވީލް ފެނުމާ އެކު، ވަގުތުން މާފުށީ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި 4:55 ގައި އެ ޒުވާނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅައިފަ އެވެ.
ޝަމްވީލްއަކީ މީހެއްގެ ފުރާނަ އަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރު ދައްކައި، އެފަދަ ކަމެއް ކޮށްފާނެ ކަމުގެ ކުށުގައި 1 އަހަރާއި 6 މަސް ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުން އައި މީހެކެވެ.
އޭނާ މަރުވުމުން ވަގުތުން އާއިލާ އަދި ފުލުހުންނާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަދި އެޗްއާރުސީއެމާއި އެންއައިސީއަށް ވަނީ އަންގާފައި ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުރެން
24 March 2025
ދަންޖެހި މަރުވީތީ އޭނާގެ ބެލެނިވެރިންނަށް ފިޔަވަޅުއަޅާ. އިހުމާލުވީ އެމީހުން. ރަނގަޅު ތަރުބިއްޔަތެއް ނުދީ.
ބިގަރޭ
24 March 2025
ފޫކޮޅުން ނުވިސްނާ ށެވެ.
ހާޖަރާ
24 March 2025
އަމިއްލައަށް މަރުވާން ވިސްނާ މީހަކާ ދޭެތެރޭގަ ކިތަންމެ ވަރަކަށް ވިސްނާ ފާރަލިޔަސް އެމީހަކު އެކަމަށް ވަގުތު ހޯދާ އެކަން ކުރާނެ. ގިނަ ފަހަރަށް އެކަން ކުރަނީ ޑިޕްރެޝަނަށް ގޮސްގެން ނޫނީ މަސްތުވެގެން ހުރެ.
އަހުމަދުބިންސުލައިމާން
24 March 2025
ޖަލު ބަލަހައްޓާ މީހުން ޒިންމާވާކަށް ނުޖެހޭނެ. ޢެމީހުން އަނިޔާކޮށް ގެން ނަމަ ޒިންމާ ވާން ޖެހޭނެ. ދަރިން ކުށަށް އަރައިގަނެ ޒުވާން ޖީލު ހަލާކުގެ ތެރެއަށް ވެއްޓެނީ މައިންބަފައިން ދަރިން ރަގަޅަށް ނުބެލުމުގެ ސަބަބުން.
ރޯދަހޭ
24 March 2025
ސުލޭމާނު ގެ ވިސްނުން ރަގަޅެއް ނޫން....ޖަލުގަ ތިބޭމީހުން ބެލެހެއްޓުމަކީ އެކަމާ ހަވާލުވެ ތހިބި މީހުންގެ ޒިންމާއެއް
އެކޮއި
24 March 2025
މީ ދެން މިހާރު ހާދަ ޢާންމު ކަމަކަށްވެއްޖެއޭ ދޯ! މި ބަޔަކު ކުރާ ކަމެއްތޯ ނުވަތަ އެމީހާ އަމިއްލައަށްކުރާކަމެއްތޯވެސް ސުވާލު އުފެދޭ. ޤައުމުގެ ޅަދަރިން މިފަދަގޮތަކަށް ނިމިދާތަން ފެނުމުން ވަރަށް އަސަރުކުރޭ.
ގައިދީ
24 March 2025
ކަރެކްޝަންސް ކުދިން ގޮޅިތައް ޗެކްކުރާ ވަރު މަދުވީމާ މިކަހަލަ ކަންކަމަށް ފުރުސަތު މިލިބެނީ. ރޫޓިން ޗެކްއަށްވުރެ ރެންޑޮމްޗެކް ކުރުންވެސް މުހިންމު.
އިޙުމާލުގެ އިންތިޙާ!
23 March 2025
ޖަލު ބަންދުގައި ހުއްޓައި ދާދި ފަހުން ވެސް މީހަކު ދަންޖެހިގެން މަރުވެއްޖެ އެވެ. އިޙުމާލުވީ ފަރާތްތަކަށް ހަރުކަށި އަދަބު ލިބެންޖެހޭނެ އެވެ.
ދޮހޮއްތުބެ
23 March 2025
ކަސްޓޯޑިއަލްގައި މަރުވުމަކީ ފިކުރު ބޮޑުކަމެއް
ބާބަޕާޕާ
23 March 2025
ހިއުމަންރައިޓަށް ކުރާނެ މަސައްކަތެއް މިއޮތީ ލިބިފާ.
ރިޓަޔާޑް
23 March 2025
"އޭނާ މަރުވުމުން ވަގުތުން އާއިލާ އަދި ފުލުހުންނާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަދި އެޗްއާރުސީއެމާއި އެންއައިސީއަށް ވަނީ އަންގާފައި ކަމަށް ކަރެކްޝަންސް އިން ބުންޏެވެ." މިކަމުގަ އިހުމާލު ވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ
އިިބޫ
23 March 2025
ނުޖެހޭނެ.
ހުސް ސުވާލު
23 March 2025
އޭނަ ހުރީ ގޮޅީގަ އެކަނިތަ؟ ބެޑްޝީޓު ފަދަ ތަކެތި ހުރީ އަތްފޯރާ ހިސާބުގަތަ؟ ސީީސީޓީވީ ކެމެރާ ހުރޭތަ؟ ޗުކް ކުރަނީ މަރުވީމަތަ؟
ޢަޖަައިބު
24 March 2025
ބެޑުޝީޓު އަތްފޯރާ ހިސާބުއޭ؟ އަތްނުލެވޭ ބެޑުޝީޓަކުން ކީއްކުރާނީ؟