ދެމަފިރިން ވެސް ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ޑޮކްޓަރު ކަނޑާލާފައިވާ ކަމަށް އާއިލާގެ މީހަކު ބުނި.
އައިޖީއެމްއެޗް: ފިހުނު ދެމަފިރިންގެ ވަނީ އުއްމީދު ކަނޑާލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
25 މާޗް 2025 - 15:25
އއ. ރަސްދޫގައި ފިހުނު ދެމަފިރިން ސަލާމަތްވާނެ ކަމުގެ އުއްމީދު ކަނޑާލާފައިވާއިރު، އެ ހާދިސާގައި އެ މީހުންގެ ކޮޓަރީގައި އެހާ ބޮޑަށް އަލިފާން ރޯނުވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ރޭ ދަންވަރު ހިނގި އެ ހާދިސާގައި، ގައިގައި އަލިފާން ރޯވެ ފަރުވާދެމުން އަންނަނީ އުމުރުން 31 އަހަރުގެ ދެމަފިރިންނަށެވެ.
އިތުރު ފަރުވާ އަށް އެ ދެ މީހުން މާލެ ގެނެސް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގަ އެވެ. އަންހެންމީހާ އަަށް ފަރުވާދެނީ އައިސީޔޫގަ އެވެ. އޭނާ ފަރުވާދެނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް ވާއިރު، ފިރިހެންމީހާ އަށް ފަރުވާދެމުން އަންނަނީ އިމަޖެންސީ ރޫމުގައި ވެންޓިލޭޓަރުގަ އެވެ.
ފިރިހެން މީހާ، އައިސީޔޫއަށް ބަދަލުނުކުރެވި ވަނީ ޖާގަ ނެތިގެން ކަމަށްވެ އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވި ގޮތުގައި ފިރިހެން މީހާ ވެސް އައިސީޔޫއަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އުމުރުން ފަސް އަހަރުގެ ކުއްޖަކު ވެސް ހުރި ދެ މީހުން ވެސް ވަނީ 80-90 ޕަސެންޓަށް ފިހިފަ އެވެ. އެ ދެ މީހުން ވެސް ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ޑޮކްޓަރު ވަނީ ކަނޑާލާފައި ކަމަށް އާއިލާގެ މީހަކު ބުންޏވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާގައި އެ ދެމަފިރިންގެ ކޮޓަރީގައި މާބޮޑަށް އަލިފާން ނުހިފަ އެވެ. ރޯވެފައި ވަނީ ކޮޓަރީގެ ދޮރު ފޮތިގަނޑެއްގައި އެކަންޏެވެ. އެކަމަކު އެ މީހުންގެ ގައިގައި އެހާ ބޮޑަށް އަލިފާން ރޯވި ގޮތެއް ސާފެއް ނޫނެވެ.
ހޮސްޕިޓަލުގައި ފަރުވާދެމުން އަޔަސް ޑޮކްޓަރުން އުއްމީދު ކަނޑާލާފައިވާތީ ރަށުގައި ތިބި އާއިލާގެ ގިނަ ބަޔަކު ވެސް މާލެ އައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ދެމަފިރިންގެ ގައިގައި ރޯވި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ. އެކަމަކު އަދި ރަސްމީ ބަހެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމު
26 March 2025
ކޮންމެ ވެރިޔަކުވެސް ވެރިކަމަށް އަރާ ސިއްޙީ ދާއިރާ ހަރުދަނާ ކުރަން ވައުދުވޭ.. އެކަމަކު މީހަކު ފިހިގެން ނޫނީ ފައިބިއްދައިގެން ދިޔަޔަސް ފުރައިގެން ދާންޖެހެނީ އިންޑިއާ ނޫނީ ލަންކާއަށް...
ޒަވިޔަނި
26 March 2025
ގޭގަ އެހެން ތަނަކައް އަލިފާނުގެ އަސަރު ނޮކޮއް، ދަރިފުޅައް އަލިފާނުގެ އަސަރު ނުކޮއް، ތި ދެމަފިރިންނަން ތިވަރުވީމަ ތީ އަރަތެއް. ކަމާބެހޭ ފަރާތުން ތަހުޤީގު ކުރައްވާ. ތީގަ އެބައުޅޭ ކަންތައް ގަޑެއް.
ކިއްލާ2222
26 March 2025
ދެ މީހުން އެކަކު އަނެކަު ރޯ ކޮށްލީ ދެން ދެ މީހުން އަދާގެން ދިޔައިރު ދޮރުފޮތި ގަޑުގަ ވެސް އަލިފާން ހިފީ ކަމަށް ވާނީ! އެކަމަކު ކީއްވެ އަމިއްލަޔަށް ރޯ ކޮށްލީ
ޒަރީރު
26 March 2025
ހޮޅުދޫން ތަހުގީގު ޓީމެއް ގެނެސްގެން ނޫނީ ތި މައްސަލަ ތަހުގީގެއް ނުކުރެވޭނެ
ކޮސް
26 March 2025
މިހާރުވެސްlހިސާބުގައި އެބަހުއްޓޭ މީހުން ބައިތިއްބާ ބޮޑު ޢިމާރާތެއް. އެތަނުގެ ވެރިފަރާތުގައި އެދިއްޖިއްޔާ ހިލޭވެސް ބައިތިއްބަފާނެ. އަޅެ އެތަން ހޯދައިގެން ޚަބަރު ބަލާލަބަލަ
ޒަރީރު
26 March 2025
ސިޔާސީ ނޫން ވިސްނުމެއް ދިވެހިންގެ ނެތީބާ
ޗޫޤީ
25 March 2025
އައިޖީއެމް ހޮސްޕިޓަލު ކައިރީ 25ބުރީގެ އަދި އެއް އިމާރާތް އަޅަނިކޮށް އައިސީޔޫއިން ޖާގަ ލިބިދާނެ ކަމަށް މިބަލަނީ. ނުވަތަ އައިސީޔޫގެ ޚިދުމަތަށް ހާއްސަކޮށް އަނެއްކާވެސް ފަންސަވީސް ބުރީގެ ތަންކޮޅެއް އުސް އިމާރާތެއް އަޅަންވީ.
ޥަރަށް ދެރަ
25 March 2025
ޙަށިގަނޑުގެ ބޭރުފުށުން ބޮޑު ފަސެންޓެއް ފިހިފައި ވިޔަސް އެތެރެ ހަށީގެ ގުނަވަން ތަކަށް އަސަރު ކުރުމުގެ ކުރިން ބޭރުފުށުން އަދާފައިވާ ބައިތައް ނަގައި ޕުލާސްޓިކު ސާރޖަރީ ހަދައި ، ނުކުޅެދޭ މީހެއް ގޮތުގައި ވިޔަސް ފުރާނަ ސަލާމަތް ކުރެވޭތޯ ސިއްޙީ ހިދުމަތްތެރިން މަސައްކަތް ކުރަންޖެހޭނެ..ތިއީ އާދައިގެ އާއިލާއެއްގެ ކުދިން ވީމައި އެހާ އަވަހަށް އުއްމީދު ކަނޑައިލީ. ސަރުކާރުގެ ބޮޑެއް ނޫނީ ސިޔާސީ މީހެއް ނަމަ މިހާރު އޮންނާނީ ޖަރުމަނުގައި ނޫނީ އިޓަލީގައި
ޅޮލއ
26 March 2025
ކަލޭ އަންނަން ވީނު ފުލެޕު އަޅާދޭން ޔިހާ މޮޅިއްޔާ
ޒަރީރު
26 March 2025
ފިހޭ މީހެއްގެ އެތެރެހައްޓަށް ލިބިފަ ހުންނާނެ ގެއްލުންތައް ބުނެދޭން ވީނުން.
ސާވްދާންރަހޯ
25 March 2025
ހިންދީ ޑްރާމާތައް ބަލައިގެން ދަސްކުރީތޯޗެއް.
ޓިނު
25 March 2025
ގައުމީ ހޮސްޕިޓަލް އައިސީޔޫއިން ޖާގަނުލިބިގެން .އެހެންވީމަ މީހުން ވަލިވާންޖެހޭނީވެސް އެތަނުން ޖާގަލިބޭވަރަކުންތާ
ފަޅުމަސް
25 March 2025
ސިއްޙީ ޚިދުމަތް ނުދެވި އުޅޭ އިރު 22 މިލިޔަން ދީފައި މަގު ދިއްލޭތޯ ބަލާތި..