އައިޖީއެމްއެޗް: ރަސްދޫގެ ގެއެއްގައި ރޯވެ ފިހުނު ދެމީހުންނަށް ފަރުވާދެނީ އައިޖީއެމްއެޗްގައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
25 މާޗް 2025 - 11:53
އއ. ރަސްދޫގެ ގެއެއްގައި ރޭ ދަންވަރު އަލިފާން ރޯވެ، އެ ގޭގެ ދެމަފިރިން ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، ފަރުވާ ދެމުން އަންނަނީ އުމުރުން 31 އަހަރުގެ ދެ މީހަކަށެވެ.
ކޮޓަރީގައި ރޯވީ އެ މީހުން ނިދާފައި ތިއްބާ ކަމަށް ވެ އެވެ. އެ ހާދިސާގައި އެ މީހުން ވަރަށް ބޮޑަށް ފިހިފައި ވިޔަސް ތަފުސީލެއް އަދި ނުލިބެ އެވެ. އަދިއެތަނުގައި ރޯވީ ކިހިނެއް ކަމެއް ސާފެއް ނުވެ އެވެ.
ރަސްދޫގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ އަށް އެ މީހުން ވަނީ މާލެ ގެނެސްފަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެމަފިރިންނަށް ފަރުވާދެމުން އަންނަނީ އެ ހޮސްޕިޓަލުގެ އިމަޖަންސީގައި ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް / 25 ވަނަ ރޯދަ
25 March 2025
އަވަސް ޝިފާއަކަށް އެދެން.
އުއްބައް
25 March 2025
ވަރަށް ހިތާމަވެރި ޚަބަރެއް. ސުވާލަކީ ރޯވީ ކިހިނެއް. ކަރާސީނުން ދިއްލި ޒަމާން މާޒީވެއްޖެ. މިހާރު ފޯނުބެޓެރި ގޮވައިގެން އޯ ކަރަންޓް ޝޯޓެއްވެގެން ތިޔަފަދަ ހާދިސާއެއް ކުރިއޭޓްވާނީ!!!! އުއްބައްތި ؟؟؟