މާލޭގައި މީގެ ކުރިން އަހަރެއްގައި އީދު ފާހަގަކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
26 މާޗް 2025 - 12:04
"އީދު ހަވީރު" ގެ ނަމުގައި މި ފަހަރުގެ ފިތުރު އީދު ދުވަހު މާލޭގައި ބޮޑު ހަރަކާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
އެމްއެންޑީއެފުން މިއަދު ބުނިގޮތުގައި، އެއީ އީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި އީދު ސަލާންކޮށް، ހިތްހަމަޖެހޭ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.
އެ ހަރަކާތް އޮންނާނީ ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒުގެ މައިދާނާއި ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށް އެކަމަށް ތައްޔާރު ކޮށްފައިވާ ބޮޑު ސަރަހައްދެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ސަރަހައްދުގައި ބާއްވާ "އީދު ހަވީރު" އަށް ޒިޔާރާތްކުރާ މީހުންނަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމާއި އީދު އުފަލުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭން އެމްއެންޑީއެފުން ވަނީ ނިންމައިފަ އެވެ.
މުނިފޫހިފިލުވުމުގެ ތަފާތު އައިޓަމްތަކާއި އީދު ހަދިޔާ ދިނުން ވެސް އެތަނުގައި އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހަރަކާތް އޮންނާނީ އީދު ދުވަހުގެ ހަވީރު 4 އިން 6 އަކަށެވެ. މިއީ އެމްއެންޑީއެފާއި ފުލުހުންގެ އިތުރުން ސަރުކާރުގެ އެކި ކުންފުނިތަކުން ބައިވެރިވެގެން ބާއްވާ ހަރަކާތެކެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މާލޭގައި އެފަދަ ބޮޑު އިވެންޓެއް އީދު ދުވަހާ ގުޅުވައިގެން ބޭއްވުމުގެ ބޭނުމަކީ އިސްލާމީ މުހިއްމު އެ މުނާސަބަތުގެ އުފަލުގައި ވީހާ ވެސް ގިނަ އާއިލާތަކެއް އެއްތަނަކުން ބައްދަލުވެ، އިޖުތިމާއީ ރޫހު އާލާކުރުމާއި ކުޑަކުދިންނަށް އީދުގެ އުފާވެރިކަން ގެނެސްދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްކަން ނުދޭންވީ
26 March 2025
އަދިވެސް ޕުރަޔޯރިޓީ ލިސްޓު ސަކަރާތް. ތި ލާރިކޮޅުން ކުރެވޭނެ ތިޔައްވުރެ މާ މުހިންމު ކަންކަން އެބަހުރި.
ޖިމީ ކާޓަރ
26 March 2025
ބޭކާރު ޙަރަދުކުރާކަށް ނޫން ރައްޔިތުން ވެރިކަން ޙަވާލުކުރީއެއް . މިހާރުވެސް ލޭކޮޅެއް ނޭނޅިގެން އެއްބަޔަކު އެެއުޅެނީ ސަރުކާރުން މިއުޅެނީ ނާޗަރަންގީ ކުޅެން.. ތިލާރިތައް ސިއްޙީ ނިޒާމަށް ޙަރަދުކޮއްބަލަ މިރޯދަ މަހު ރައްޔިތުން ރުޅިނާރުވާ..
މރ.ކާޕެޓް
26 March 2025
ކަލޭ ރުޅިއާދޭތޯ ބަލައިގެން ކުރަން އުޅޭކަމެއް ނޫން އެއީ. ހަސަދަ ޖަޑިބު ނުވޭ. ހަޖަމު ކުރޭ.
ކިއްލި
26 March 2025
މަވެސް ބޭނުން ތިޔަ އިވެންޓުގާ ބައިވެރިވާން. ބައިވެރިވާން ކަންކުރަންޖެހޭނެ ގޮތް ބުނެލަދީބަލަ. ގައިމުވެސް އެފަދަ އިވެންޓަކަށް ކުރިން ތައްޔާރުވާން ޖެހޭނެތާ.
ޢުޒައިރު
26 March 2025
މުސްލިމުން، ގާޒާ އެފަދަ ހާލެއްގައި ވަނިކޮށް އުފާ ފާޅުކޮށް ނަޝާ ނެހެދުމަށް އެދެއް، މިމީހުންނަށް ހެޔޮ ވިސްނުން ދެއްވާށި.އާމީން.
ޖުންބާރީގޯ
26 March 2025
ޢީދުގެ އެއްވެސް އުފަލެއް ގިނަ ޢާއިލާތަކަކަށް ނެތް...15 ދުވަހަށް މުޅިސަރުކާރު ބަންދުކޮށް ، ސަރުކާރުން ދޭންޖެހޭ ފައިސާ، ސިއްޙީ ޙިދުމަތްދޭ ތަންތަނަށާއި ، ކުދި ވިޔފާރި ތަކަށް ނުލިބުމުން، ގިނަ މުވައްޒަފުންގެ މުސާރަ ނުލިބޭ...ބުނަނީ ފިނޭސުން އެއްވެސް ފައިސާ އެއްނުދޭތީ މުސާރަ ނުދެވެނީ ކަމަށް..ދެން ޢީދުގެ އޮންނާނީ ކޮން އުފަލެއްތޯ
މީ ފަހުދިހަ.
26 March 2025
ހެއްދެވިހާ ދޮގު ނުހަދާ ހުރޭ. ފާފަވެެރިނުވެ.