ފަނޑިޔާރު ޝަހީދު: ސުޕްރީމް ކޯޓުން ޖޭއެސްސީއަށް އައްޔަންކުރާ މެމްބަރުގެ މަގާމަށް އޭނާ އައްޔަންކުރަން ސުޕްރީމް ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/ރައީސް އޮފީސް
26 މާޗް 2025 - 14:07
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަންކުރާ މެމްބަރުގެ މަގާމަށް އެ ކޯޓަށް ދާދި ފަހުން އައްޔަން ކުރެއްވި ފަނޑިޔާރު ހުސައިން ޝަހީދު ހަމަޖައްސައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އެންމެ ފަހުން ހުންނެވީ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފެށި މައްސަލައަކާ ގުޅިގެން ކަމަށް ބުނެ މިދިޔަ މަހު އޭނާ ސަސްޕެންޑް ކުރުމުން އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ސުއޫދުގެ ބަދަލުގައި ސުޕްރީމް ކޯޓަށް ފަނޑިޔާރު ޝަހީދު އައްޔަން ކުރެއްވީ މިދިޔަ ހަފުތާގަ އެވެ. އޭނާ ޖޭއެސްސީ އަށް އައްޔަން ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމީ މިއަދު ކަމަށް އެ ކޯޓުން ބުންޏެވެ.
ސުޕްރީމް ކޯޓުގެ އިތުރުން ހައި ކޯޓާއި ދަށު ކޯޓުތަކުން ވެސް ފަނޑިޔާރަކު ޖޭއެސްސީގައި އިންނަވަ އެވެ.
ކުރިން ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ޝަހީދު އެ ކޯޓަށް އައްޔަން ކުރެއްވީ މާޗް، 2018 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށެވެ. އޭނާ ކްރިމިނަލް ކޯޓަށް އައްޔަންކުރީ ޖެނުއަރީ، 2018 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަރީރު
27 March 2025
3 ބާރު އެއްކުރަން ޖެހޭ. މި ރާއްޖޭގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އެކަން ނުކޮށްފިނަމަ ބާރުތައް އިދިކޮޅު ފަރާތްތަކަށް ވިކި، ބަޣާވާތް ކުރަން މަސައްކަތްކޮށް، ރައީސުލް ޖުމްހޫރިއްޔާއަށް ދުއްތުރާ ކުރާތަން ފެންނަނީ.
ބަގުޑި
26 March 2025
ފާސްޓޭދޯ .. 1000އެމްބީޕީއެސް ސްޕީޑްގަ
ސަންޑޭ
26 March 2025
ރަނގަޅު މީނައަށް އުއްތަމަ ފަނޑިޔާރުކަން ދީފަ މިކަން އަވަހަށްް ނިންމާލަން.
ޢިބޫ
26 March 2025
މިހާރު ތިކޯޓަށް ކިޔަންވީ ރޖކޯޓް ތޯ؟
ދެލޯފުޅު
26 March 2025
ހިކުމަތްތެރިކަމާއެކު ރޭވުންތެރިކަމުގެ އެންމެ ފުރިހަމަ މާނައިގަ މިހިރަގެން ރާޒުވާގެ ކުޅިތައް އެތުރެމުން ދަނީއެވެ. އިބުރަތް ލިބިގަތުން އޮތީ ރައްޔިތުންނަށް
ސޮޖް
26 March 2025
އެއްރެއެއްގެ ހަތަރު ދަމުންވެ ނިމިފައި އޮތް ކަމެއް.
ޔުނިކް ރިޕަބްލިކް
26 March 2025
ބެސްޓް ޕްރެކްޓިސްއޭ ކިޔާ އުޅެނީ މިކަހަލަ ތަންތަނަށް މީހުން ލުމުގަ އެންމެ ތަޖުރިބާ ހުރި ގިނަ ދުވަސްވީ މީހުންނަށް ބެލުމަށް. އެކަމު ރާއްޖެއަކީ މުޅިން ތަފާތު ގައުމެއް.
އުދުހޭ
26 March 2025
ގުޅިގެންދޯ
މެޓްރިކްސް ހުސެއިނާ
26 March 2025
މިއިން ތަނަކަށް ދާނެ ރަގަޅު މީހަކު މިހާރު ނުވަނީ ބާ؟؟؟؟؟
ތަމީމު
26 March 2025
ނުފޫޒުގައި ޖެހެން ބޭނުންވީމަ، ޖޭއެސްސީ އަށް އަވަހަށް އެ ކުރިމަތިލީ ވެސް..!