ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް އަޅާ ވަގުތީ އިމާރާތުގެ މަސައްކަތް ރައީސް ބައްލަވާލައްވަނީ: އެތަން އިމާރާތް ކުރަނީ ހުޅުމާލޭގައި --- ފޮޓޯ/ރައީސް އޮފީސް
26 މާޗް 2025 - 18:56
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ގެންނަން ހުޅުމާލޭގައި ހަދަމުންދާ ވަގުތީ އިމާރާތުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.
ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ އެސްޓީއޯގެ ކުރީގެ އިމާރާތް ބާވުމުގެ ސަބަބުން އެތަނުގެ ބައެއް ބައިތައް މިހާރު ބޭނުންކުރުން ވަނީ ހުއްޓާލައިފަ އެވެ. އެހެންވެ، އެ ކޯޓަށް ދާއިމީ އިމާރާތެއް އެޅެންދެން އެ ކޯޓާއި ޑްރަގް ކޯޓް ހިންގަން ހުޅުމާލޭގައި ވަގުތީ ވަކި އިމާރާތެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ރައީސް މުއިއްޒު މިއަދު ވަނީ އެތަނަށް ޒިޔާރަތް ކުރައްވައި، އެތަނުގެ މަސައްކަތްތައް ބައްލަވައިފަ އެވެ.
ރައީސްގެ އެ ޒިޔާރަތުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި ވަޒީރުންނާއި ޝަރުއީ ދާއިރާގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތެވެ.
އެ އިމާރާތް އެޅުމަށްޓަކައި 33 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ.
މާލޭގައި ހިންގާ ދަށު ކޯޓުތަކަށް ހާއްސަ ކޯޓު ކޮމްޕްލެކްސްއެއްގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ސަރުކާރުން ކުރިން އިއުލާން ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ.
28 March 2025
ކިރިމިނަލްސް ގިނަ ކިމުން ކޯޓުވެސް ކުޑަވީ ދޯ!އެބައިގަނޑު ރުއްސާފަ ވާނީ ބަހައްޓަން ،އެއީ ތިސިޔާސީ މީހުންގެ އެންމެ ބޮޑު އެއް ޓޫލް ވިއްޔާ. މިއޮތީވާ މޮޅު ސިސްޓަމެއް ހިތުން ގާއިމު ކޮއްފަ!
އިއްލި
27 March 2025
މިދިޔަ ވެރިކަމުން ފެށިގެން ތި މަސައްކަތެއް ހިންގަނީ. ތިހެން ފޮޓޯ ނަގާ އެބަ އެކި އިރު އެކި މަގާމުތަކުގެ މީހުން ގޮސްގެން. ނިމޭތަނެއް ނާދޭ. ތާރީހަކަށް ފަހު ތާރީހެއް ދެނީ. އިމާރާތްކޮށް ނިމި ހުރި ތަނެއްގެ އިންޓީރިއަރ ނެހެދިގެން ތިން އަހަރު ދަނީ. އެޗްޑީސީ މީހުންނަށް އިތުރު ގަޑީގެ ފައިސާ ލިބެނީ ތިތަނުގެ މަސައްކަތުން. އެހެންވީމަ ތިތަން ނުނިންމާނެ ތިކަހަލަ އެހެންތަނެއް ހަދަން އެމީހުންނާ ހަވާލުކުރުމުގެ ކުރިން.
ކޮވެލި
27 March 2025
ޢަދުލު އިންސާފުގެ ނިޒާމް ފުނޑާލަން ކަންކަން ކޮށްފައި މަތި އޮމާން ކުރަނީ.
ބެއްޔާގެ ދަރި
27 March 2025
އިބޫ ސަރުކާރުން އަގު ބޮޑުކޮށް ޓިނު ސްކޫލެއް އެޅީމާ ގޯސްވީ. ހަދާފަ ހުރި ތަނެއްގައި ކޯޓު ރޫމްތަކެއް ހަދަން މި ހޭދަކުރަނީ 33 މިލިއަން ރުފިޔާ.
އަސްލީ
26 March 2025
33 މިލިޔަނުން އެ ވަރުގެ އާއިމާރާތެއް ހެދޭނޭ. އެތަނުގެ މަރާމާތަށް 33 މިލިޔަން ޚަރަދު ކުރާގޮތް ބަލަންޖެހޭ.
ރައީސްގެޚާއްސަބެއްލެވުނުގެދަށުން
27 March 2025
އަޅާނުލާ، މި ސަރުކާރުން އެއްވެސްކަމެއް ކޮރަޕްޝަނަށް މަގުފަހިވާގޮތަކަށް ނުކުރާނެ.
ލައިޓް
26 March 2025
ޖޭ.އެސް. ޢެޑްމިނިސްޓްރޭޝަނުގައެއް ނެތް ކޯޓްތަކުގެ މަރާމާތާއި އިދާރީ ކަންތައް ބެލެހެއްޓުމުގެ ޒަމާނީ ޤާބިލްކަމެއް! ގިނައީ މިސްކިތުވަކަރު! އެނގޭތި މިބުނީ! އޯޑިޓެއް ހަދާބަލަ!
ޑެބީ
26 March 2025
ވަގުތީ އިމާރާތަކަށް 33 މިލިއަން؟
ޚަމަނާ
27 March 2025
ކޮއްކޯ ޑެބީ. އެ އިމާރާތަކީ ހަދާ ނިންމާފަ ކޮވިޑް ފެސިލިޓީއެއްގެ ގޮތުގަ ބޭނުންކުރި ތަނެއް. އެތަނަށް ގެންނަންޖެހެނީ ކޯޓްތަކަށް ބޭނުންވާ ބަދަލުތަކެއް. އެކަމަކު 33 މިލިޔަން. އަޅެ ބަޔަކު ބީތާއެއް ނުވާނެތަ؟؟
ރާއްޖެ
26 March 2025
ހުޅުމާލޭގަ ހުންނާނެ އަޅާ ނިމިފަ އިން އެސްޓީއޯގެ ބޮޑު ހޮޓަލެއް. އެތަން ބޭނުން ހިފޭނެ ހަމަ އެއްވެސް ގޮތެއް ނޭނގި މިހާރު 10 އަހަރު ވަނީ މި. 33 މިލިޔަން ރުފިޔާ ނުދާނެ އެތަނުގަ ކޯޓް ރޫމްތަކެއް ހަދާކަަށް.
އިއްލި
27 March 2025
ބަލަ މިހާރުވެސް ކޮވިޑް ފެސިލިޓީއަށް ބޭނުންކުރި ތަނުގެ އިންޓީރިއަރ ސްޓްރަކްޗަރ ބަދަލުކުރަން އެވަރު އެދަނީ. ތިބުނާ ހޮޓާ ބަދަލުކުރާނަމަ 100 މިލިއަން ނުގޮސް ސަލާމަތްވާނެތަ؟
ދިއްދޫމީހާ
26 March 2025
ވަގުތީ އިމާރާތެއް އަޅަން 33މިލިޔަން ރުފިޔާ ދެން ބުނާނެ އެއްޗެއްނެތް
އުއްތަމަ އުސްތާޛް
26 March 2025
އެމީހަކު ފޭހޭ އިލޮށިގަނޑު އެމީހެއްގެ ލޮލަށް ހެރޭތަން އަދި ފެންނާނެ. މިއީ އިލާހިއްޔަ އަދުލު އައު މަންޒަރަކަށް ވެގެން ދާނެ.