އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރަން 1.8 މެގަވޮޓުގެ ޖަނެރޭޓަރެއް ފޮނުވާފައި.--ފޮޓޯ: ފެނަކަ
27 މާޗް 2025 - 11:23
ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އާ ވިސްނުންތަކަށް ޖާގަދީގެން އިޔާދަކުރަނިވި ހަކަތަ އާއި އެހެނިހެން އީޖާދުތައް ހިމެނޭ ކަރަންޓު ގްރިޑެއް ބިނާކުރަންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އިއްޔެ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވީ، ރަށްރަށުގެ ކަރަންޓުގެ މައްސަލަތައް މި ރޯދަމަހާ ދިމާކޮށް ހައްލުކުރަން ސަރުކާރުން ތައްޔާރު ނުވާ މިއީ ފުރަތަމަ ފަހަރު ކަމަށެވެ.
އޭނާ އެހެން ވިދާޅުވިއިރު މިފަހަރު އައްޑޫގައި ކަރަންޓުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އިރުއިރުކޮޅާ ރޯދަ މަހު ކަރަންޓު ކެނޑޭއިރު ތަރާވީސް ނަމާދު ގަޑިއާ ދިމާކޮށް ވެސް އައްޑޫގެ މިސްކިތްތަކުން ކަރަންޓު ކެނޑޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ.
ފައްޔާޒު ވިދާޅުވީ ރާއްޖޭގައި ދެވަނަ އެންމެ ބޮޑު ސިޓީގެ ރައްޔިތުން އަސާސީ ހައްގަކުން މަހުރޫމްކޮށް ބޮޑު ތަކުލީފެއް އުފުލަން މަޖުބޫރުކުރީ ސަރުކާރަށް އެކަން އެނގި ތިބެ ކަމަށާއި ހައްލު ކޮށްދޭން ކަމަށް ސަރުކާރުން ވައުދުވަނީ އިހުލާސްތެރި ކަމެއް ނެތި ކަމަށެވެ.
ރަށްރަށުގައި ހުރި ކަރަންޓުގެ މައްސަލަތައް ރޯދަ މަހާ ދިމާކޮށް ހައްލުކުރަން ސަރުކާރަކުން ތައްޔާރު ނުވާ މިއީ ފުރަތަމަ އަހަރު. ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޓީގެ ރައްޔިތުން އަސާސީ ހައްގަކުން މަހުރޫމްކޮށް ބޮޑު ތަކުލީފެއް އުފުލަން މަޖުބޫރު ކުރީ މި ނާގާބިލު ސަރުކާރަށް އެނގި ތިބެ.…
— Fayyaz Ismail (@faya_i) March 26, 2025
ފައްޔާޒު ވިދާޅުވިގޮތުގައި އެތައް ގޮތަކުން ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް އައްްޑޫގެ ރައްޔިތުންނަށް ލިބެމުންދާއިރު އެއީ ދުރާލާ ތައްޔާރުވި ނަމަ ހައްލު ހޯދޭނެ ކަމެކެވެ.
އޭނާ ވިދާޅުވީ އާ ވިސްނުންތަކަކަށް ޖާގަދޭން ކަމަށެވެ.
"ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އާވިސްނުންތަކަށް ޖާގަދީ ކޮމިއުނިޓީ އަދި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކޮށް، އިއާދަކުރަނިވި ހަކަތަ އާއި އެހެނިހެން އާ އީޖާދުތައް ހިމެނޭ ކަރަންޓު ގްރިޑެއް ބިނާކުރަން ޖެހޭ."
ފައްޔާޒު ވިދާޅުވީ ކަރަންޓުގެ ކަންކަން މެނޭޖްކުރުމުގެ އާ ގޮތްތައް ބޭނުންކޮށް އެ މަގަށް ކަންކަން ފަހިކުރުމަށް މިވަގުތު އަމަލުކުރަމުންދާ ހަކަތައާ ގުޅޭ ސިޔާސަތުތަކާއި ގަވާއިދުތަކާ މެދު އަލުން ވިސްނަން ޖެހޭ ކަމަށެވެ.
އެ މައްސަލާގައި އައްޑޫ ހިތަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމުގެ ގާބިލުކަން ފެނަކައިގައި ނެތް ކަމަށެވެ. އެހެންވެ، އައްޑޫ އިންޖީނުގޭގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކުރަން އޭނާ ގޮވާލެއްވި އެވެ.
ADDU ge karantuge massala ah dhaaimee haalleh genesdhinumuge qaabil kameiy FENAKA gai neiy.
— Mohamed Aslam (@aslamdp) March 26, 2025
Alhugandah fennanee Addu Engine ge STELCO aai havaalu kuran!@presidencymv @TeamFenaka @STELCOMALDIVES
އި އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޭން މިހާރު 19 ޖަނެރޭޓަރު ހިންގާއިރު އެންމެ ބޮޑު ޖަނެރޭޓަރުގެ ސައިޒަކީ ދެ މެގަވޮޓެވެ. އައްޑޫގައި އާންމުކޮށް ގެންގުޅެނީ 1.8 މެގަވޮޓް ނުވަތަ އެ އަށް ވުރެ ކުދި ސައިޒުގެ ޖަނެރޭޓަރުތަކެވެ.
ފެނަކައިން ކުރިން ބުނެފައިވާ ގޮތުގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ބޮޑުވީ، މިދިޔަ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ޖަނެރޭޓަރުތައް މަރާމާތު ކުރުން ހުއްޓާލާފައި އޮތުމެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު "މިހާރު" އަށް ރޭ ވިދާޅުވީ، މިވަގުތު ބޮޑަށް އިސްކަންދީގެން މަސައްކަތް ކުރަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓު އިރުއިރުކޮޅާ ކެނޑުމުގެ މައްސަލަ ހައްލު ކުރުމަށް ކަމަށާއި ދާއިމީ ހައްލެއް ހޯދުމުގެ ކަންކަން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
ނަޖާހު ވިދާޅުވިގޮތުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޭން މިހާރު 19 ޖަނެރޭޓަރު ހިންގާއިރު އެންމެ ބޮޑު ޖަނެރޭޓަރުގެ ސައިޒަކީ ދެ މެގަވޮޓެވެ. އައްޑޫގައި އާންމުކޮށް ގެންގުޅެނީ 1.8 މެގަވޮޓް ނުވަތަ އެ އަށް ވުރެ ކުދި ސައިޒުގެ ޖަނެރޭޓަރުތަކެވެ.
"ކުދި ގިނަ ޖަނެރޭޓަރުތަކުގެ ބަދަލުގައި ބޮޑެތި ޖަނެރޭޓަރުތައް ގެނެސްގެން ދާއިމީ ހައްލެއް ގެނެވެން އޮތީ. އެންމެ ބޮޑު ޖަނެރޭޓަރަކަށް މިހާރު ބޭނުންކުރަނީ ދެ މެގަވޮޓުގެ ޖަނެރޭޓަރެއް. އެކަމަކު، އެ އަށް ވުރެ މަތީގެ މެގަވޮޓުގެ ޖަނެރޭޓަރު މިހާރު އައްޑު އަށް ބޭނުންވޭ. އެއީ ދާއިމީ ހައްލަކީ،" ނަޖާހު ވިދާޅުވި އެވެ.
"ރައީސް އޮފީހާއި ފިނޭންސް މިިނިސްޓްރީ އާއި ފެނަކަ ގުޅިގެން އެ މަސައްކަތް އެބަކުރެވޭ. ވަރަށް އަވަހަށް އޭގެ ކަންކަން ނިންމައި އިއުލާން ކުރެވޭ ހިސާބަށް ދާނެ ކަމަށް މި ބަލަނީ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާ ވިސްނުން
28 March 2025
މިސާލަކަށް އިންޖީނުގެ ތަޅާލާފައި އެތާ ސިޔާސީ ޖަގަހައެއް އެޅުން.
ދޮންބެއަލީ
27 March 2025
މިގުރޫޕު ސަރުކާރު ހިންގަން ބޮޑުތަނުން ފާޓުފުޅާކޮށް ފަސްއަހަރު ތިބިއިރު ވީކަމެއްނެތް. ކަމެއްނުވިތާ އާވިސްނުމެއް ޖާގައެއް ނުދެވުނު. މިހާރު ދެން ކޮންހާ ބޮލިރަވައެއް ތަޅުވާކަށް.
ބުއްރާސް
27 March 2025
ކޮން އާވިސްނުމެއް ކިޔާކަށް. ދެން އަތުޖެހުނަސް ކައި ހުސްކުރާނެ އާވިސްނުމްތަކެއް ނޫނީ ތިމީހުންނަކަށް ފިކުރުވެސް ހިންގާ ނުލެވޭނެ. ބަދަލު ދިނުމާ ފޫދުއްވާލާ ކޮންޓްރެކްޓް ޕްރޮޖެކްޓްތައް އާވިސްނުމަށް ގެނެބަލަ.
އޮނަރަބްލް އަފީފު ދީދީ
27 March 2025
ރައީސްގެ ރަނގަޅު ތަސައްވަރެއްހުރިނަމަ އަދި "ޤާނޫނަކުންބާރުދީގެން އުފައްދަވާނެކަމަށްވަޢުދުވި، ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭނާއި، ހަކަތައިގެ %30 އަކީ އިއާދަކުރުވަނިވި ހަކަތަބޭނުންކޮށްގެންއުފައްދާ ކަރަންޓަށްހައްދަވާނެކަމުގެ ތަސައްވުރުފަދަ ވާހަކަތަކަކީ، ޙަޤީގަތުގައިވެސް އެކަންކަން ޙާސިލްކުރުމަށް ބޭނުންވެގެން" ދެއްކެވި ވާހަކަތަކެއްނަމަ، އިތުރު ވަގުތުނަގާނުލާ އަވަހަށް އައްޑޫގެ ކަރަންޓްގެ މަސައްކަތް State Electric Company ގެ ދަށަށް ބަދަލު ކުރައްވާ.
އޮނަރަބްލް އަފީފު ދީދީ
27 March 2025
ކ.މާލޭގެ އިތުރަށް ރާއްޖޭގެ ސިޓީތައް ކަމަށް ޤާނޫނުން ކަޑައަޅާފައިވާ ކުޅުދުއްފުއްށި، ހުވަދޫ އަތޮޅު ތިނަދޫ، ފުވައްމުލައް އަދި އައްޑޫސިޓީ އާއި މިސިޓީތަކާއި އެންމެ އަވަހަށް އަރާ ހަމަކުރާނެ އަދި މިހާރުވެސް އެރަށް ތަކުގެ ބިމުގެ އަގު އުފުލި އެކިއެކި ސިނާއަތް ތަކުގެ މީހުން އެރަށުގެ ބިންތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ރާއްޖޭގެ ބިން ބޮޑު ރައްތަކުގެ ތެރޭގައި ހިމެނޭ ހަނިމާދުއާއި ލ.ގުޅިފައިވާ ރަށްތަކުގެ ކަރަންޓްވެސް ސްޓެލްކޯގެ ދަށަށް ބަދަލު ކުރާންޖެހޭ
އޮނަރަބްލް އަފީފު ދީދީ
27 March 2025
އައްޑޫގެ ކަރަންޓް މައްސަލަ މ ސަރުކާރުން ސީރިއަސްކޮށް ނުނަގާކަމުގެ ހެއްކަކީ ރާއްޖޭގެ އެންމެ ބިންބޮޑު އަދި ކ.މާލެފިޔަވާ ރާއްޖޭގެ އެންމެ އާބާދީބޮޑު އައްޑޫސިޓީ ސެންޓްރަލް ޕަވަރ ހައުސްގައި އަމުނާލާފައި އޮތް ތަސްބީހަފައްޗެއް ހެން އެކިސައިޒްގެ އެކިވައްތަރުގެ އިންޖީނުތަކުން (އައްޑޫމީހުން އެއީ އިންޖީނު ތޮނށި ގަނޑުތައްކަމަށް ވިދާޅުވިޔަސް ސަރުކާރުން އަންގަނީ ރަނބަރުންވެސް ކަޑާނުލާ ބުރެންޑްނިއު އިންޖީނުތައްކަމަށް) ފުރާލާފައި އޮންނާކަށް ނުޖެހޭނެ.
އޮނަރަބްލް އަފީފު ދީދީ
27 March 2025
މިއަދުގެ ހާލަތަކީ 24 ގަނޑެތީގެތެރެއިން 3 ޖެންސެޓް މުޅިންހަލާކުވެފައި ހުރިއިރު ޕާޓްސް ނެތިގެން 5 އިންޖީނު ނުހިންގާ އެބަހުރި. ދަންނަވަންތޯ މަގުމަތީގައިހުރި ސްޓޯމް ވޯޓަރ ޕަންޕް، ގޭން އެއަރޕޯޓް، އޭއީއެޗް، ޕޮލިސް ކޮލެޖް އަދި ސުކޫލްތަކާއި މިސްކިތް އަދި މަގުބައްތި ދިއްލައިފިނަމަ އައްޑޫރައްޔިތުނަށް ކަރަންޓްދެވޭނެގޮތެއް މިއަދަކުނެތް. ރަނގަޅަށް މިކަންކުރާނަމަ 6 މެގަވޮޓްގެ ދިހައެއް ނުވަތަ 12 ޖެނެރޭޓަރ ސެޓް ބަހައްޓައިގެން ރީއްޗަށް އައްޑުއަށް ކަރަންޓް ދެވޭނެ.
ހަމަދު
27 March 2025
އެހެންވެ ތޯ 100 ބިލިއަނުން ދެރީ ފެނަކަ އެމްޑީޕީ ވެރިކަމު އޭރު އެވިސްނުން އައީމަތޯ
ރަންނަ
27 March 2025
ތިބުނާ ޖާގައިގަ 5 އަހަރު ތެޅިބާލާފަ އެކަން ނުކޮށް ކޮންވާހަކައެއް ދައްކާކަށް. މިސަރުކާރު ރަނގަޅު ކުރަނީކީނޫން. ފައްޔާޒުއަށްވެސް ނުވީމަ އަނގަމަޑުންލައިގެން ދެންހުރެވޭތޯ ބަލާ
އަވަ
27 March 2025
ރިޓަޔާޑް މީހުންލައިގެން ކޮން އާވިސްނުމެއްގެނެވޭނީ