ކުރީގެ ރައީސް މައުމޫން: ފަލަކީ ހިސާބުގެ އަލީގައި މައުމޫން ބުރަވެވަޑައިގަންނަވަނީ މާދަމާއަކީ ފިތުރު އީދު ދުވަސް ކަަމަށް.
29 މާޗް 2025 - 03:16
ހިޖުރި މަހެއް ފެށުމަށްޓަކައި ކުރިއަށް އޮތް މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމް ނޫން ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުގައި ރާއްޖޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯއްދަވާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ވެސް ޝައްވާލް މަހުގެ ހަނދު ބެލުން މިރެއަށް އިންތިޒާމު ކޮށްފައިވާއިރު، ކުރީގެ ރައީސް މައުމޫން "އެކްސް" ގައި ވިދާޅުވީ، ހިޖުރީ މަހެއް ނިމި، ކުރިއަށް އޮތް މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމް ނޫން ކަމަށާއި އިރުއޮއްސުމަށް ފަހު، ކިތަންމެ ކުޑަހިނދުކޮޅަކަށް ވިޔަސް ހަނދު ނުއޮއްސި ހުރި ކަން ހިސާބުން ސާބިތުވާ ނަމަ އާ މަހެއް ފެށުނީ ކަަމަށެވެ.
މި ފަހަރުގައި ޝައްވާލް މަހަށް ހަނދު ބެލުމުގައި އިސްލާމީ ގައުމުތަކުގެ މެދުގައި ތަފާތުތަކެއް ހުރި އިރު، ފަލަކީ ހިސާބުތައް ދައްކާ ގޮތުން ނަމަ ރާއްޖެ އާއި ރާއްޖެ އަށް ވުރެ އިރުމަތީގައި އޮތް އެއްވެސް ގައުމަކަށް މި ރޯދަމަހުގެ 29 (މިއަދުގެ) ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހު، ޝައްވާލް މަހުގެ ހަނދެއް ނުފެންނާނެ އެވެ.
މައުމޫން ވިދާޅުވާ ގޮތުން، ސައޫދީ އަރަބިއްޔާ އާއި މިސްރާއި ތުރުކީ އާއި މޮރޮކޯ ފަދަ އިސްލާމީ ގައުމުތަކަށް މިއަދުގެ އިރުއޮއްސުމަށް ފަހު، ހަނދު ނުއޮއްސި 8 މިނިޓާއި 20 މިނިޓާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާތީ، މާދަމާ (މާޗު 30 ވާ އާދީއްތަ ދުވަހަކީ) މި އަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވެ އެވެ.
"މާޗު މަހުގެ 29 ވަނަ ދުވަހަކީ ރަމަޟާން މަހުގެ ވެސް 29 ވަނަ ދުވަހެވެ. އެ ދުވަހު ދިވެހިރާއްޖެ އަށް އިރުއޮއްސެނީ 18 ގަޑި 14 މިނެޓުގަ އެވެ. ހަނދު އޮއްސެނީ ވެސް، ހަމަ އެ ގަޑީގަ އެވެ،" މައުމޫންގެ ލިޔުއްވުމެއްގައި ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އެހެންވެ ޖެހިގެން އަންނަ ދުވަހަކީ ރާއްޖެ އަށް ފަލަކީ ގޮތުން ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވުމާއި ނުވުމާ މެދު ބަހުސެއް އޮަތަސް ވަރަށް ގިނަ އިސްލާމީ ގައުމުތަކަށް އެ ދުވަހަކީ ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވާނެތީ، މާދަމާއަކީ، ރާއްޖެ އަށް ވެސް ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމުގައި ވާނެ ކަމަށް ފެންނަ ކަމަށެވެ.
"އެއީ، ހަނދު ސާބިތު ކުރުމުގައި އަމަލު ކުރަމުން އަންނަ އުސޫލުތަކާ ހަމަތަކުގެ އަލީގަ އެވެ،" މައުމޫން ވިދާޅުވި އެވެ.
ރާއްޖޭގެ ކަލަންޑަރުގައިވާ ގޮތުން ނަމަ ޝައްވާލް މަހުގެ 1 ވަނަ ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީނާހް
30 March 2025
ކޮންމެ ގޮތަކަށް ނިންމިއަސް ރާއްޖެއަކަށް ހަނދެއް ނުފެންނާނެ، ހަނދުފެނިގެން އީދު ކުރުމާ ނުފެނި އީދުކުރުން އެއީ މުޅިން ދެކަމެއް.
ޙަސަނޓޭ
29 March 2025
ރޯނު އެދުރުނުވެ ދެން މަޑުން ހުންނަވާ ، ލާޒިމެއްނޫން ބުރުގާއަޅާ އައުރަ ނިވާކުރާކަށްވެސް އަދި ފަރުލު ނަމާދަށް މިސްކިތުގެ ޖަމާތުގައި ނަމާދުކުރުންވެސް ލާޒިމެއްނޫންކަންނޭގެ.
މަގޭ ރާއްްޖެ
29 March 2025
ކިތައްމެ ވަރަކަން ހަޖޫޖެހުޔަސް. ކޮމެންޓް ކުރާމީހުން މައްގައް އެރިޔަސް މައުމޫން ވަރެއް ނެތް. މަލާމާތަކީ އެމީހަކައް ފެންނާނެ.
މުހަންނަދު
29 March 2025
އަހަންނަށް ފެންނަ ގޮތުގައި މައުމޫނަށްވުރެ ޑރ މުއިއްޒު ފަލަކީ ހިސާބަށް މޮޅުވާނެ. މިރޭ ކޮންމެ ގޮތެއް ވިޔަސް އިނގޭނެ މޮޅު މީހެއް
ކަޅުހުއްތު
29 March 2025
ތިމެންނަގެ ބަހަކީ އަދިވެސް އެންމެން ގަބޫލުކުރާ ބަސް ކަމަށްހީކުުރުމަކީ އެންމެރަނގަޅުގޮތްނުން.
އަލިބޭ
29 March 2025
ލަފައެއް ކޮއްލީދޯ
ކައްޕިތާން
29 March 2025
އަޅުގަޑަށް ލަފާކުރެވޭ ގޮތުން ރާއްޖެ މާލިމީން ފަލަކީ ހިސާބަށް މައުމޫނަށް ވުރެން މާމޮޅުވާނެ. ޖީޕީއެސް ނެތް ދުވަސްވަރު އެމީހުން ދަތުރުކޮށް އުޅުނީ އިރުވހަނދާ ތަރިތަށް އަދި ޕްލެނެޓް ތަކަށް ބަލައިގެން. ހިސާބު ހަދަނީ ނޯޓިކަލް އަލްމަނަކް އާއި ނޫރީސް ޓޭބަލް ބޭނުންކޮށްގެން. ކަނޑު މަތީގައި ދަތުރުކުރާއިރު ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ސެކްސްޓަންޓް (ފިލާ) ބޭނުން ކޮށްގެން އުޅަނދުގެ ޕޮޒިސަން ހޯދާނެ. އުޅަނދު ދަތުރުކޮށްފައި ދާތީ ކޮންމެ ނަމާދު ވަގުތެއްވެސް ހޯދަނީ ވަކިވަކިން ހިސާބުހަދައިގެން.
ގުމުރީއިބްރާހީމު
29 March 2025
ޥަކިބަޔަކު ވެރިކަން ކުރާއިރި ހަނދު ވަރިހަމަވާނެ ނޭރިޔަސް ނިމިދިޔަ ފަސްހައަރު ރޯދަ އީދު ހައްޖު ކޭތަ ނަމާދުފަދަ ނަމާދުތަށް ކުރީ އަދި ޚައްސަކޮން ރޯދަ ޢީދު ޔަޤީން ކުރީ ހަނދު ލޮލަށް ފެނިގެނެއް ނޫން ހަމަ ބުނެލީ ފަހަރެއްގާ އެވޯޑް ލިބިދާނެއްނު
ބަބްސް
29 March 2025
މަމޮޅު ... މިއީ ދިވެހި ބަހުގައި އޮންނަ ބަހެއް.
ނިލމެސް
29 March 2025
މިފަހަރު ދެން ތިޔަކަން ޑިފެންކުރުމުގައި އުޅެންޖެހޭނީ މުޅި އީދުގައި. 30 ދުވަސް ހަމަކުރަންޖެހޭނެ ފަހަރެއް އިންޝާﷲ. 0.1% އަލިކަން ކިހިނެއް ފެންނާނީ. 3% ވެސް ކިރިޔާ ލޮލަށް ފެންނަނީ. "ހަނދުފެނުމުން ތިޔަބައިމީހުން ރޯދަހިފަން ފަށާށެވެ. އަދި ހަނދުފެނުމުން ތިޔަބައިމީހުން ޢީދުކުރާށެވެ" ބަލަންޖެހޭ މޫނަށް އެކަނި ބަލާހުށިކަމެވެ.
އަބޫ އިބްރާހިމް
29 March 2025
މުހައްމަދު ސ އިރުސާދު ދެއްވީ ވިލާބޯވެގެން ހަނދު ނުފެނުނަސް 30 ކުރުމަށް ދެން އެހެންވީމަ އިސްލާމުންނަކަށް އިތުރު ގޮތެއް ހެދޭކަށް ނެތޭ ހަނދު ނުފެނިއްޖިއްޔާ ދެލޯފުޅާ