ފިޔާ: އިންޑިއާ އިން ރާއްޖެއަށް އަސާސީ މުދާ ދޭ މިންވަރު ވަނީ އިތުރުކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
02 އެޕްރީލް 2025 - 19:30
ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައި އޮންނަ އެއްބަސްވުމުގެ ދަށުން ކާޑާއި އަސާސީ އެހެން ބާވަތްތަކުގެ ކޯޓާ ރާއްޖެއަށް އިތުރުކޮށްދީފި އެވެ.
އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނި ގޮތުގައި މިއީ 1981 ވަނަ އަހަރު މި އެއްބަސްވުން ހެދި ފަހުން މިހާތަނަށް ހުއްދަ ދޭ ނުވަތަ ކޯޓާ އިތުރުކޮށްދޭ އެންމެ ބޮޑު އަދަދެވެ.
އެ ކޮމިޝަނުން ބުނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ދާއިރާ ކަމަށްވާއިރު ވެއްޔާއި ގާ ފަދަ ތަކެތިން 30 ޕަސެންޓް އިތުރުކޮށްދީފައިވާ ކަމަށެވެ. އެއާ އެކު ރާއްޖެއަށް މި ސާމާނުގެ 1.3 މިލިއަން މެޓްރިކް ޓަނުގެ ގެނެވޭނެ އެވެ.
ކޮމިޝަނުން ބުނި ގޮތުގައި ފިޔާ، އަލުވި، ބިސް އަދި ހަކުރާއި ފުށް ފަދަ ސާމާނުގެ ކޯޓާ ފަސް ޕަސެންޓަށް އިތުރުކޮށްދީފައިވާއިރު މުގު އެތެރެކުރެވޭ މިންވަރު 56 ޕަސެންޓަށް ވަނީ އިތުރުކޮށްފަ އެވެ.
އިންޑިއާ އިން ވަނީ އެ ގައުމުން އަސާސީ ސާމާނު އެކްސްޕޯޓު ކުރުން މަނާކުރި ދަނޑިވަޅުގައި ވެސް ރާއްޖެއަށް މި ސާމާނު އެތެެރެކުރުމުގެ ހުއްދަދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާންތާ
03 April 2025
ދެން ރަނގަޅުތާ ދޯ؟ ހިލަ ހިފަހައްޓާލީމާ ޔާމީނު އަރަބި ކަރައިން ހިލަ އެތެރެ ކިރުވީމާ އެނގިއްޖެ ދޮރު ބަންދު ނުކުރެވޭކަން. ދެން ޗައިނާ އާއި ގާތަށް ދިޔަ ނުދީ ހިފެހެއްޓޭނީވެސް ދޭއެއްޗެއް އިތުރު ކޮށްގެންވިއްޔަ.
ހުތްއަލީ
03 April 2025
އީރާނާއި އެމެރިކާ ހަނގުރާމައެއް ފަށައިފިނަމަ އަދި ދުނިޔޭގައި ބޮޑު ހަނގުރާމައެއް ފަށައިފިނަމަަ ނާށިގަނޑު ހިފައިގެން އިންޑިޔާއަށް ދިޔުން ނޫންގޮތެއްވެސް ހަމަނެތް، އަމިއްލަ ފައި މަށްޗަށް ތެދުވަން ވެއްޖެއްނޫންތޯ ،،،،،
ބޮޑުނާށިގަނޑު
03 April 2025
މިހާރު ގެންގުޅޭ ނާށިގަނޑައްވުރެ ބޮޑު ނާށިގަނޑެއް ހޯދަންވެއްޖެ ނޫންތޯ. މިނޫންގޮތެއް އޮތްހެންހީއެއްނުވޭ.
ހަސަނު
03 April 2025
ނާށި ގަނޑު އެއްލާލަން ޖެހޭ... މިދާ ރޭޓުން ދޮލަނގެއް ކަހަލަ އެއްޗެއް ގެންގުޅެގެން ފަރުޖެހޭނީ...