ފިހިގެން ފަރުވާ ދޭން ގެންދިޔަ ދެ މީހަކު ތިބީ ޝޮކެއްގައި، ތ. ކަނޑޫދޫގައި ފަރުވާ ދިނުމަށް ފަހު މިހާރު އަންނަނީ ދ. ކުޑަހުވަދުއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން
ބޯޓެއްގައި ރޯވެފައި.
02 އެޕްރީލް 2025 - 21:49
ތ. އަތޮޅާއި ލ. އަތޮޅަށް މުދާ އުފުލާ "ހޮޅުދޫ ބޯޓުގައި" މިރޭ ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި، ބޯޓުން ދަތުރުކުރި އެކަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި އެ ބޯޓުން ދަތުރުކުރި 18 ވަރަކަށް މީހުންގެ ތެރެއިން ގެއްލިގެން ހޯދަނީ ލ. މާވަށު، އަލީ މުޝްފިގް، 25 އެވެ. ކޯސްޓްގާޑާއި އާއްމުން ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
"ހޮޅުދޫ ބޯޓް" އިން ދަތުރުކުރަމުންދިޔަ 18 މީހުންގެ ތެރެއިން 17 މީހުން ވަނީ ސަލާމަތްކޮށްފަ. ލ.މާވަށު، އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްްޓްގާޑާއި އެ ސަރަހައްދުގެ ގިނަ އުޅަނދުތަކެއް ދަނީ ހަރަކާތްތެރިވަމުން. pic.twitter.com/blue6YFAKE
— Maldives National Defence Force (@MNDF_Official) April 2, 2025
ކަނޑޫދޫ ކައިރިން ބޯޓުގައި އަލިފާން ރޯވެ އަނދައި ހުލިވީ މާލެ ދަތުރުކުރަނިކޮށް ކަމަށް ވެ އެވެ. އެނގިފައިވާ ގޮތުގައި މި ބޯޓު އޮންނަނީ ދަތުރުކުރަން ކުއްޔަށް ދޫކޮށްފަ އެވެ.
ބޯޓުގައި ތިބި ބިދޭސީންނާއި ދިވެހިންގެ ތެރެއިން ދެ މީހަކު ފިހިގެން ތ. ކަނޑޫދޫ ހެލްތު ސެންޓަރުގައި ވަނީ ފަރުވާދީފަ އެވެ. އިތުރު ފަރުވާ އަށް މިހާރު ދ. ކުޑަހުވަދުއަށް ފޮނުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ ދިވެއްސަކާއި ބިދޭސީއެކެވެ.
ބޭރުފުށުން ސީރިއަސް އަނިޔާއެއް ފެންނަން ނެތް ނަމަވެސް ދެ މީހުން ތިބީ ޝޮކެއްގައި ކަމަށް ހެލްތު ސެންޓަރުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
"ހޮޅުދޫ ބޯޓް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ދަނީ ހަރަކާތްތެރިވަމުން. pic.twitter.com/KYewc9a5zh
— Maldives National Defence Force (@MNDF_Official) April 2, 2025
އަލިފާނުގެ ހާދިސާއާ ގުޅިގެން، "މިހާރު"އަށް ވާހަކަ ދެއްކި ކަނޑޫދޫ ކައުންސިލްގެ ބޭފުޅަކު ވިދާޅުވީ ބޯޓުގައި ރޯވުމާ އެކު އޭގައި ތިބި އެންމެން ލައިފް ޖެކެޓް އަޅައި މޫދަށް ފުންމާލީ ކަމަށެވެ. ކަނޑުމަތީގައި ތިއްބައި އެ މީހުން ސަލާމަތްކުރީ އެ ސަރަހައްދަށް އައި ލޯންޗަކުންނެވެ. އެ ލޯންޗަށް އެންމެންނަށް ނޭރިގެން އިތުރު ލޯންޗެއް ގެންނަން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފުން ހިއްސާކުރި މި ހާދިސާގެ ވީޑިއޯގައި ފެންނަ ގޮތުގައި ރޯވި އަލިފާންގަނޑު ވަނީ މުޅި ބޯޓަށް ފެތުރިފަ އެވެ. އަލިފާން ރޯވެފައި ވަނީ ބޯޓު ސަލާމަތްކުރެވޭ ވަރަށް ވުރެ ބޮޑަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫނުތަ
03 April 2025
ހަބަރު ކިޔާފަ ބުނެބަލަ "ހޮޅުދޫ ބޯއްޓު"އަކީ ކޮން ރަށެއްގެ ބޯއްޓެއްކަން. ނޭގޭތީ ހަަމަ އަހާލީ
ކޮން
03 April 2025
ކޮންމެ މީހަކުވެސް ކޮމެންޓއް ކޮށްލަން ބޭނުންވާތީ ކޮށްލަނީ ދޯ
ސަލީމު އިދުރީސް
03 April 2025
ސަލާމަތީ ބާރުތަކު ކެއުމައް އެކަނިވެސް ދުވާލަކައް މިލިއަނެއް ހޭދަކުރީމައްވުރެ ރައްޔިތުނައް ރަނގަޅު ހިދުމަތެް ލިބޭގޮތައް ތިމުއައް ސަސާ ބައްޓަންކުރި ރައްޔިތުންގެ ޓެކުސްފައިސާ ހެޔޮގޮތުގަ ބޭނުން ކުރިކަމައް ވާނެ! އަބަދުވެސް ނުރައްކާތެރި ކަމެއް ދިމާވީމަ އެހީތެރިކަން ފޯކޮއްދެނީ އާންމު ރައްޔިތުން
ޙުނަފާ
03 April 2025
ވަރަށް ހިތާމަވެރިހާދިސާއެއް.. ދުއާ އަކީﷲ ގެ އިރާދަފުޅުން ގެއްލިގެން ހޯދަމުންދާ ފަރާތް ހެޔޮހާލުގައި ފެނުން.. އަދި މި ހާދިސާގައި ފިހިގެން ފަރުވާ ހޯދަމުންދާ ފަރާތް ތަކަށް އަވަސް ޝިފާ އެއް މިންވަރު ކުރެއްވުން އިންޝާﷲ..
ާއަލިމޯޑު
03 April 2025
އަލިފާން ރޯވަނީ ކިހިނެއް ކަމާއި ރޯވެއްޖެނަމަ ކަންކުރާނީ ކިހިނެއްކަން އެނގެން އެބަޖެހޭ. ރޯކޮށްފަ އޮންނަ ސިނގިރޭޓް ބުރި އަނގައިގައި ޖަހައިގެން ހުރެ އެބަ އުޅަނދުގެ ތެޔޮޓޭންކަށް ތެޔޮ އަޅާލާ.ބައެއް ފަހަރު ހީވެފަ އޮންނަނީ އަލިފާން ރޯވާނީ ބަޓުބުރި ގޮސް ޕެޓްރޯލް އެއްޗަށް ވެއްޓުނީމައޭ.އެކަމަކު ހަގީގަތަކީ ޕެޓްރޯލުން އަރާ އާވީގަ ވެސް އެބަ ހުޅުހިފާ. ރޯވީމަ ދެން މިހަޅޭލަވަނީ ނިއްވަން އަންނަ މީހުންނަށް
ޢަލްއުސްތާޒް
03 April 2025
ޓްރާސްޕޯޓް މަނާކުރަންވެއްޖެ ކާގޯ ބޯޓްގައި ޕަސެންޖަރުން އުފުލުން. ޕަސެންހަރުން އުފުލަންޔާ.އަލިފާން ހިފާ ޒާތުގެ ތަކެރި މަނާކުރުން. ރަނގަޅު ފިޔަވަޅުތަކެއް އަޅަންޖެހޭ.
raajje
03 April 2025
ފެންގަނޑެއްގެ ތެރޭގައިއޮވެ (މޫދުގައި) އަނދާހުލިވާއިރު ހަމައެއްވެސްކަމެއް ކުރެވޭނެނިޒާމެއްނެތީ؟ ރާއްޖޭގެވަރަށްގިނަކަންކަމުގައި ރައްކާތެރިކަމަށް އެކަށީގެންވާ ފިޔަވަޅުތައްއެޅިފައިނުހުރޭ
ދެލޮލާ
03 April 2025
ކަލޭ ހިތުން ފެންމަތީގައި އޮތީމަ ވަގުތުން އަލިފާން ނިވެން ޖެހޭނެ ދޯ؟ ތެލާ ފެނާ އެކެއް ނުވާނޭ ބުނާ އަޅު އަހަންތަ؟ ތެލުގަ ރޯވީމަ ފެނުން އެ ނިވަން އުޅުމަކީ މީހަކަށް އެހާލަތުގަ ހެދޭނެ އެންމެ ބޮޑު ގޯސް. ކަލޭ އަލިފާން ނިވަން ހެލްޕުވާން ނޫޅޭތި ކޮންމެސް ކޮންމެސް. ކަލޭގެ ކޮމެންޓަަށް ލައިކު ދީފަ ތިބި ކުދިންނާ މެދުވެސް ކޮންސާންވޭ އެބަ.
އަހއަހ
02 April 2025
އާއްމު އުސޫލު. ޖެހިގެން އަންނަ 3 މަސް. ދޯނީގައި ރޯވުން. އަލިފާން ނިއްވާ ހުރިތޯ ބަލައި ނެތިއްޔާ އަދަބު. ގުދަނުގައި ރޯވުން. ހުރިހާ ކެމިކަލްތައް ބަދަލުކޮށް ވައިދައުރުވަަގޮތަށް ހެދުން. ލޯންޗު އެކުސިޑެންޓު. ލައިފު ޖެކެޓު ހުރިތޯ ބެލުން. ހުރިހާ ލާންޗުތައް ފާސްކުރާނެ ކަމަށް ބުނުން. ވެހިކަލުން މީހަކު ވެއްޓި މަރުވުން. ހުރިހަާ ވެހިކަލްތަކުގައި ކޮށިގަނޑުޖެހުން. 6 މަސްފަހުން ހުރިހާކަމެއް ނޯމަލްވުން. (އަނެއްކައިވެސް ހާދިސާއެއް ހިނގީމައި މިކަހަލަ ވަާހަކަ)
ހަސީބު
02 April 2025
ހިތާމަވެރިހާދިސާއެއް. އަލިފާނު ގެ ހާދިސާތަށް މިކުޑަކުޑަ ރާއްޖެގައި ވަރަށް ގިނަ. ދުންފަތުގެ އިސްތިއުމާލް ކިރުން. ކުދިކުދި ތަންތާގަ އުދުން ބަހައްޓައޮގެން ކެއްކުން. ހާއަސަކޮއް ފެޓްރޯލް ގެންގުޅޭ އުޅަނދުތަކިގަ. ވީމާ މިކަންކަން ގާނޫނަކުން މަނާ ކުރަންވީ
ޜޯނު އެދުރު އަލަމާ
02 April 2025
ޔަގީން ތިހުރީ ގާނޫނާ ހިލާފު ވެފަ. މަސަކީ ގަނޫނު ގިރައިގެން ބޮއެގެން އުޅޭ މީހެއް. ތި ބޯޓްގެ އަލިފާން ނިއްވާ ސާމާން ކޮބާ؟