އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
03 އެޕްރީލް 2025 - 16:24
އަންނަ ހޯމަ ދުވަހު މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު ހުރިހާ ސްކޫލަކަށް ޓީޗަރުންނާއި ދަރިވަރުންގެ ފޮތްތައް ހަމަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ދިރާސީ އަހަރުގެ ކިޔެވުން ފަށާއިރު ވެސް ދަރިވަރުންނަަށް ބޭނުންވާ ފޮތްތައް ހަމަޔަށް ސަރުކާރުން ފޯރުކޮށް ނުދެވުމަކީ އަބަދުވެސް ބެލެނިވެރިންގެ އޮންނަ ޝަކުވާއެކެވެ. ނަމަވެސް މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ކިޔެވުން ފެށުމުގެ ކުރިން ހަމަކުރުމަށް ފޮތްތައް އަތޮޅުތަކަށާއި މާލެ ސަރައްދުގެ ސްކޫލުތަކަށް ބެހުމުގެ މަސައްކަތް މަސް ދުވަސް ކުރިން ފަށާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ރަށްރަށަށް ފޮނުވަނީ ކުރިން ނުފޮނުވި ހުރި ގްރޭޑް 4 އަދި 5ގެ ފޮތްތައް ކަމަށެވެ.
"ހަމައެކަނި ގްރޭޑް 4 އަދި 5 ގެ ބައެއް ފޮތްތައް. އެ ގްރޭޑްތައް ނޫން އެހެން ހުރިހާ ގްރޭޑެއްގެ ފޮތްތައް ބަހައި ނިމިފައި މިހާރު ވަނީ. އެ ފޮތްތައް ވެސް ދެ ދުވަސް ތެރޭ ބަހާ ނިންމާލެވޭނެ،" އިސްމާއިލް ވިދާޅުވި އެވެ.
މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ މި އަހަރު ފޮތްތައް ފޮނުވާނީ ކޮންމެ ދަރިވަރެއްގެ ފޮތްބައި ވަކިން ހަމަކޮށްފައި ކަމަށެވެ.
ދިރާސީ އަހަރުގެ ކިޔެވުން ނިންމައި، ދަރިވަރުން ޗުއްޓީއަށް ދިޔައީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. މި އަހަރުގެ ބޮޑު ޗުއްޓީ ދިމާވީ ރޯދަ މަހާ އެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން މި މަހުގެ ހަތް ވަނަ ދުވަހު ފަށާއިރު، އެ އަހަރު ނިމޭނީ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބް
05 April 2025
ހަމައެއް ނޫން ފޮތްތައް އަދިވެސް. ދޮގުނުހަދާ!
އެކްސްއެކްސް
05 April 2025
ކޮބާ ސްޕޯޓްސް ޔުނިފޯމް؟
ފޮތްބޮނޑި
05 April 2025
ފޮތްތައް ހަމަވެފައި ޓީޗަރުން ހަމަވެފައި ކްލާސްތައް އޭސީ ވެފައި މުދައްރިސުންނަށް މުސާރައާއި އިނާޔަތް ބޮޑުވެފައި، ބޭނުންވަރަކަށް ހޮލިޑޭ ދީފައި މުދައްރިސުންނާއި ދަރިވަރުންގެ ހައްގުތައް ހިމާޔަތްކުރެވެއެވެ. އެކަމަކު ސްކޫލް ނިންމާ ކުދިންނަކަށް ހަމަޔަށް ރަނގަޅަށް ލިޔަންކިޔަން ނޭނގެއެވެ. އިހަށް ބަލަންވީ މިވާގޮތެއް ނޫންހެއްޔެވެ؟
އަސްމާ އަލީ
05 April 2025
ނުލިބޭ 6 ގެ އާޓު ފޮތެއްވެސް. ކޮން ފޮންޏެއް ކަނޑާކަށް.
ޙަސަނަުގެ
05 April 2025
ގްރޭޑް 5 ގެ ފޮތްތައް އަދިވެސް ނުލިބޭ
ދޯރި،
05 April 2025
ކަނޑައެޅިގެން ދޮގެއް، ގްރޭޑް 10ގަވެސް އެބައުޅޭ ހަމަނުވާ ފޮތް.
ހުވާތަ
05 April 2025
އަހަރެމެން ކިޔެވި އިރުވެސް ތިހެން ތި މިނިސްޓްރީއިން ފޮނި ކެނޑި. ނިމިގެން ދިޔައީ މުޅި 1 އަހަރު އެއްކޮށް ކޮމްޕިއުޓަރ ސްޓަޑީޒް ޓީޗަރެއް ނުލިބި. އެންމެ ފަހުން އޯލެވެލްވެސް އެ މާއްދާއިން ހެދޭ ގޮތެއް ނުވި. މީ ރާއްޖެތެރޭ ސްކޫލެއް ވީމަ ވީ ގޮތެއް ކަމަށް މި ބަލަނީ.
އެކަލޯ1
04 April 2025
ޥަރަށް ހީނުވޭ ވެދާނެހެން.
ރަދީފްއޮފިޝަލް / 5 ވަނަ ރޯދަ
04 April 2025
"މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ މި އަހަރު ފޮތްތައް ފޮނުވާނީ ކޮންމެ ދަރިވަރެއްގެ ފޮތްބައި ވަކިން ހަމަކޮށްފައި ކަމަށެވެ.:" މިބުނާ އެއްޗެއް ކޮންމެވެސް މީހަކު ތަފްސީލުކޮށްލަ ދީބަލަ.ވ.ވެދުން
މަޕީގާ
04 April 2025
ސްކޫލް ތަކުގައި ހާއްސަކޮށް 9 ގައި ކިޔަވައިދެނީ ވަރަށް ވަރަށް މަދު. ދެން 10 ދިޔައިމާ ހުރިހާ ގަޑިއެއް ރޭނގަޑު ލައިގެން ކިޔަވާދެނީ ސިލަބަސް ނިންމަން. ދަރިންގެ ނިދިން މަހްރޫންކުރޭ. އިތުރު ކުޅިވަރު ފަދަ ހަރަކާތުން މަހްރޫމޫ ކުރޭ. އައިލީ ވަގުތު ކޮޅު ގެއްލުވާލާ. ސްކޫލް ވެރިން އަދި ޓީޗަރުންނަށް ނޭގޭ މިކަންކަމަކީ ދަރިވަރުންގެ ކިޔެވުމާއި ދިރިއުޅުމުގެ ކަމިޔާބީ އާއި ގުޅިފައި ހުރި ކަންކަންކަމެއް. ވިސްނަބަލަ