ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަން އަމީނިއްޔާ ސްކޫލުގެ އެސެމްބްލީ ފަށަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
07 އެޕްރީލް 2025 - 08:54
ދިރާސީ އާ އަހަރުގެ ކިޔެވުން 90،000 އެއްހާ ކުދިންނާ އެކު މިއަދު ފަށައިފި އެވެ.
ސްކޫލްތަކުގެ ކުދިންނާއި ޓީޗަރުން މިދިޔަ ދިރާސީ އަހަރު ނިންމުމަށް ފަހު، ބޮޑު ޗުއްޓީ އަށް ދިޔައީ މި އަހަރުގެ ފެބްރުއަރީ 27 ގަ އެވެ. ގާތްގަނޑަކަށް 40 ދުވަހުގެ ޗުއްޓީއަކަށް ފަހު 216 ސްކޫލެއްގައި މިއަދު ވަނީ ކިޔަވައިދޭން ފަށައިފަ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ސްކޫލެއްގައި ބޭއްވި އެސެމްބްލީގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު (ވ) އަދި ސްޓޭޓް މިނިސްޓަރު ސައީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ޕްރީ-ސްކޫލުން ފެށިގެން ގްރޭޑު 12 އާ ހަމައަށް 90،000 އެއްހާ ކުދިން ކިޔަވާނެ ކަމަށެވެ. އެ ކުދިންނަށް ކިޔަވައިދިނުމަށް 11،000 އެއްހާ ޓީޗަރުން މަސައްކަތްކުރާނެ ކަމަށް ބުންޏެވެ.
އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގަ އެވެ. ދެ ހަފުތާގެ ޗުއްޓީ އަކަށް ފަހު ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ އޮގަސްޓު 10 ގަ އެވެ. މިއަދު ފެށި ދިރާސީ ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ގަ އެވެ.
ކެންގަރޫ ކިޑްސްގެ ދަރިވަރުންތަކެއް ފޮޓޯ ނަގަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސްކޫލްތަކަށް މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27، 2026 އާ ހަމައަށެވެ. ނަމަވެސް އަންނަ އަހަރުގެ ބޮޑު ޗުއްޓީ އެއްކޮށް ޑިސެމްބަރުގައި ލިބޭނެ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެން
07 April 2025
މިނިސްޓަރ ވިދާޅުވި ކިޔެވުން ފަށާއިރު، ހުރިހާ ސްކޫލަކަށް ވެސް ޓެކްސްޓް ފޮތާއި، ޓީޗަރުން ހަމަވާނެކަމަށް! ކޮން ސްކޫލަކަށް ތޯ ހަމަވީ؟ ފޮތްތައް ހަމައެއް ނުވޭ! ޓީޗަރުން ވެސް ހަމައެއް ނުވޭ! ސްކޫލްތަކަށް ޓީޗަރުން ހަމަ ނުވާކަން، ހަމައެކަނި ސަރުކާރުގެ ގެޒެޓަށް ބައްލަވައިލެއްވި ބޭފުޅަކަށް ވަރަށް ސާފުކޮށް ފެންނަން އޮންނާނެ!
ޖުމާ
07 April 2025
ފޮޓޯގައި ދަރިވަރުން އަޅައިގެންތިތިބީ އެންމެ ރަނގަޅު ޔުނިފޯމް، އެއީ މާކުރިންވެސް ހުރިހާ ސަރުކާރު ސުކޫލެއްގައި ކުދިން ލީ ޔުނިފޯމު، މިހާރު ސުކޫލުތަކުން ޔުނިފޯމު ވެސް ސިޔާސީކޮށް ކުލަމަޖާގަނޑަކަށް ހަދައިފި، ބެލެނިވެރިންގެ އަތުން މިޔުނިފޯމުތަށް ފަހަން އެހާ ހަރަދުވޭ، ރައީސުލްޖުމްހޫރިއްޔާ ޑރމުއިއްޒު މިކަންވެސް ހައްލުކޮށް ދެއްވާތޯ ބެލެނިވެރީން ޕެޓިޝަނެއް ހަދަންވީނޫންތޯ. އަންހެންކުދީންވެސް ފިރިހެން ގަމީސްލައްވާ ޓައީއަޅުވާފަ މީއެއްކަލަސޫޓްމީގުރޫޕުގެފިކުރުތޯ
ކޮރަލް
07 April 2025
އެތައް ހާސް ދަރިވަރުންނެއް ކިޔަވާ ނިންމާ އިރު ގިނަ ބަޔަކު ވަޒީފާ އެއް ނުލިބި ގޭގަ އެވެ. މާލޭ 90 ޕަސެންޓް ވިަޔފާރިތަކުގަ ސަތޭކަ ޕަެންޓް ބިދޭސީންނެވެ. އެންމެ ދިވެއްސަކު ވެސް ފެންނާކަށް ނެތެވެ. ސަރުކާރެއް އޮތުމުގެ ބޭނުމަކީ ކިޔެވުމުގެ ބޭނުމަކީ ކޮބާ ތޯ އެވެ؟ ބިދޭސީން ފުލުހަކަށް ނޫނީ ސިފައިންގެ މީހަކަށް ނޫނީ ސިވިލް ސާވިސް މީހަކަށް 5 ހާސް ރުފިޔާ މަހަކު ދީފަ ހުރިހާ ފައިސާ އެގެންދަނީ ގައުމުން ބޭރަށެވެ. ހުރިހާ ވަތްގަނޑެއް ބިދޭސިން އަތްމަތީ ގައެވެ.
ދާރުލް
07 April 2025
މިހާރު އެސެމބްލީގަވެސް ގޮނޑީގަތަ؟ ވަރުގަދަ ކަމެއް މިއޮތީ އިންގޭ! ބޮޑެތިސިންގާ މީހުން ރޯދަޔަށް ތިބޭތީ އޮފީހުގަ 3 ގަޑިއިރު. ދަރިވަރުން 15 މިނެޓު ކޮޅަށް ތިބޭތީ ގޮނޑީގަ. މިއޮތީ ރަނގަޅަށްވެސް ގައުމު ސަލާމަތް ވެފަ.
ކިބަޅި ބުންބާ
07 April 2025
ނާތަހުޒީ ކޮށި ވިސްނުން ދޫކޮށްލާ. މިއީ 2025
ތަހުޒީބު
07 April 2025
ތަހުޒީބު ހުޅަނގު ގައުމުތައް އެދަނީ ފަހަތަށް. ކޮށިވެއްޖެ އެއްނު.