ރައީސް މުއިއްޒު މަޖީދިއްޔާ ސްކޫލްގެ ކުދިންތަކަކާ ސަލާން ކުރައްވަނީ.
07 އެޕްރީލް 2025 - 09:02
ސަރުކާރުން މަސައްކަތް ކުރަނީ އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތައުލީމު ދިނުމުގެ ހައްގު ހަމަހަމަކަމާ އެކ،މ ފޯރުކޮށްދިނުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުމާ ގުޅިގެން ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ، ތައުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީ އިތުރުކުރުމަށް ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ވަސީލަތްތަކާއި ޖާގައިގެ ގޮތުން ފަހި ސްކޫލު މާހައުލެއް ގާއިމުކޮށްދީ، ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުސަތުތައް ހޯދައިދިނުމާއި ތައުލީމީ ދާއިރާގެ ހުރިހާ ހިދުމަތްތެރިންނަށް ވެސް ރަނގަޅު މަގުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތަޢުލީމު ދިނުމުގެ ހައްގު ހަމަހަމަކަމާއެކު އެކު ފޯރުކޮށްދިނުމަށް ސަރުކާރުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދާނަމެވެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ބެލެނިވެރިން ފަހުރުވެރިވާނެ މަތީ ނަތީޖާތަކެއް ހާސިލު ކުރެވޭނެ ހުރިހާ އަމާޒަކަށް ވާސިލުވުމަށް ސަރުކާރުން ވެސް މަސައްކަތް ކުރަމުން އެބަދެ އެވެ.
ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް ލޮބުވެތި ކިޔަވާ ކުދީންނަށާއި ބެލެނިވެރީންނަށް، އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހީވާގި މުދައްރިސުންނަށާއި ޚިދުމަތްތެރީންނަށް ނުހަނު އިޚްލާޞްތެރިކަމާއި އެކު އަރިސްކުރަމެވެ.
— Dr Mohamed Muizzu (@MMuizzu) April 7, 2025
އަޅުގަނޑު އެދެނީ، މި… pic.twitter.com/jFoKBzz5Ck
ރައީސް ވަނީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް އެންމެން ގުޅިގެން އެއްބާރުލުން ދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި މުދައްރިސުންނާއި ތައުލީމީ ދާއިރާގެ ހިދުމަތްތެރިން، އިހުލާސްތެރިކަމާ އެކު މަސައްކަތް ކޮށްދިނުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ.
ރައީސްގެ ހިތާބުގައި ބެލެނިވެރިންނަށް އިލްތިމާސް ކުރެއްވީ ކުދިންނަށް ރަނގަޅު ތައުލީމާ އެކު، ހަރުދަނާ ތަރުބިއްޔަތެއް ދިނުމުގައި އެންމެ ހިނދުކޮޅެއް ވެސް ފަރުވާ ކުޑަ ނުކުރުމަށެވެ. ދަރިވަރުން ވެސް ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ހެޔޮލަފާ ކުދިންނަށް ވުމަށް އެ މަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުފްޔާން
07 April 2025
ރައްޔިތުންގެ ކަންކަން މިހާ ކައިރިން ބަލާ ވެރިއެއް ނުދެކެން. ނަމޫނާވެރިއެއް
ނުއުމާން
07 April 2025
އެންމެ ފުރިހަމަޔަށް ދިރާސީ އާ އަހަރު ފެށިގެންދިޔަ ފަހަރުކަން ފާހަގަ ކުރަން
ހާޝިމް
07 April 2025
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިފަހުން ވަރަށް ގިނަކަންކަން ރަނގަަޅު ކުރަމުންދާ މަންޒަރު ފެނިގެން އެބަދޭ..
ބުޝްރީ
07 April 2025
ޖަވާހިރެއް ފަދަ ވެރިއެއް. މާޝާﷲ
ސަމާހް ހަސަން
07 April 2025
މިހެން މިކަން ކޮށްފިނަމަ މުޅި މުޖުތަމައުވާނެ ތައުލީމީ މުޖުތަމައުއަކަށް. ފައިދާވާނީ ގައުމަށް
ނޫރުއްސަލާމް
07 April 2025
މިދިޔަ ސަރުކާރުތަކާ ހިލާފަށް މިސަރުކާރުން ފޮތްތަކާ ސްކޫލް ހުޅުވުމުގައި އަވަސް ކަންކަން. މިކަން ފާހަގަވޭ
އިބާދުﷲ
07 April 2025
ސާބަހޭ ރައީސް. މަނިކުފާނުގެ އިހްލާސްތެރި މަސައްކަތް ވަރަށް ރަނގަޅު
ޥަހުމް އާދަމް
07 April 2025
މިގައުމުގެ ތައުލީމީ ދާއިރާ ކުރިއަރުވަން މަނިކުފާނު ތިކުރާ މަސައްކަތް ވަރަށް ފުރިހަމަ
ބިދޭސީންގެ ރާއްޖެ
07 April 2025
ގްރޭޑް 10 ނިމުނީމަ މިޤައުމުގެ ދިވެހި ކުދިން ބާކީކޮށްފަ ބިދޭސީންނަށް ހުރިހާ ވަޒީފާއެއް. ޢަހަރެމެން ދަރިންނަށް ކިޔަވައި ދިނުމުގެ ބޭނުމެއްނެތް. އެހެންވީމަ ބިދޭސީން ބާކީނުކޮށް ކިޔަވައިދިނިއްޔާ ރަގަޅުވާނީ. އެމީހުން ހިތުހުރިގޮތަކަށް މިތާގަ އުޅެންވީ. އެއްވެސް ޤާނޫނެއް ހިގާބައެއްނޫން އެއީ.
ލަތިފާ
07 April 2025
ކުދީން ބާކީވޭ! ކީއްވެ؟؟ މާލެއަށް ތޮއްޖެއްސީމަ ދަރިންނާ މައިންބަފައިން އެކުގައި އުޅެލާނެ ވަގުތު ނުލިބޭ! ދަރިން ސްކޫލްގަ ކިޔަވާ އެއްޗެހި ރަނގަޅަށް އިންޓާނަލައިޒް ވަނީ ދަރިން މައިންބަފައިންނާއި އެކު ކޮންމެ ދުވަހަކު ހޭދަކުރާ ވަގުތުތަކު! ގިނަ ކުދީން މިއަދު ވަނީ ޑިޕްރެޝަން އަދި އެނޫންވެސް ނަފްސާނީ ބަލިމަޑުކަމެއްގަ! ކީއްވެ؟ މުޅި ނިޒާމް ރޭވިފައިވަނީ އިންސާނެއް އުފެއްދުމަކަށް ނޫން! މުއްސަނދީން ގިނަފައިސާ ހޯދަން!