އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު: ޒަމާނަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، ކިޔަވައިދިނުމަކީ ތަހުޒީބީ ޖީލެއް ބިނާކުރަން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
07 އެޕްރީލް 2025 - 15:46
ޒަމާނަށް އަންނަ ބަދަލުތަކާ އެކު، ކުދިންގެ ވިސްނުމާއި އުޅުމާއި ގުޅުންތަކަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، އެ ބަދަލުތަކަށް ރިއާޔަތް ކޮށްގެން އުންގަނައި ދިނުމަކީ ތަހުޒީބީ ޖީލެއް ބިނާކުރުމަށް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ، ކުދިންނަށް ފޯރުކޮށްދޭ ތައުލީމާއި ތަރުބިއްޔަތުގެ ފެންވަރު ބިނާވަނީ ޓީޗަރުންގެ އިލްމާއި ހުނަރާ ކަމަށެވެ.
މިނިސްޓަރު ވަނީ ޓެކްނޮލޮޖީ އަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، ހުރިހާ ކުދިން ޝާމިލް ކޮށްގެން އުނގަންނައިދިނުމުގެ ވައްޓަފާޅި އަށް ގެންނަންޖެހޭ ބަދަލުތައް އަބަދުވެސް ގެންނައުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
"އެހެންކަމުން، ޒަމާނަށް އަންނަ ބަދަލުތަކާ އެކު، ދަރިވަރުންގެ ވިސްނުމަށާއި އުޅުމާއި ގުޅުންތަކަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، އެ ބަދަލުތަކަށް އެންމެ ފުރިހަމަ ގޮތުގައި ރިއާޔަތް ކޮށްގެން އުނގަންނައިދިނުމަކީ، ތަހުޒީބީ ޖީލެއް ބިނާކުރުމަށް ކޮންމެހެންވެސް ކުރާންޖެހޭނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި ތައުލީމީ ދާއިރާގެ ސިޔާސަތުތަކަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތައް ފިލުވުމަށް "އެޑިއުކޭޝަނަލް ގަވާނަންސް" އިތުރަށް ހަރުދަނާ ކުރުމަށް، އެޑިއުކޭޝަން މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ޑިވިޝަންތަކާއި ޑިޕާޓްމަންޓަތަކާއި ސެކްޝަންތަކުގެ އޮނިގަނޑުތައް މުރާޖައާކޮށް ގެންނަން ބަދަލުތައް ގެނައުމުގެ މަސައްކަތް އެބަ ކުރެ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަން އަމީނިއްޔާ ސްކޫލުގެ އެސެމްބްލީ ފަށަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މިނިސްޓަރު ވިދާޅުވީ އެ ދާއިރާގެ ސިޔާސަތުތަކާއި ނިންމުންތަކާއި ހެއްކާއި ގަރީނާގެ މައްޗަށް ނިންމުމުގެ މުހިއްމު ކަމަށް ބަލައި، އާޓިފިޝަލް އިންޓެލިޖެންސާއި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އަލީގައި ތަރައްގީ ކުރާ އާ އެޑިއުކޭޝަނަލް މެނެޖްމަންޓް ސިސްޓަމްގެ މޮޑިއުލްތައް މި ދިރާސީ އަހަރުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.
މިނިސްޓަރު ވަނީ މިއަދު ފެށި ދިރާސީ އާ އަހަރުގައި ވެސް ރާއްޖޭގެ މަދްރުސީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމަށް މުހިއްމު ކަންތައްތަކެއް ތަންފީޒު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ތައުލީމަށް އިންގިލާބީ ބަދަލެއް ގެނައުމަށް ރާވާފައިވާ ބައެއް ކަންކަން މިދިޔަ ދިރާސީ އަހަރު ފަށައިގެން ކުރިއަށް ގެންދާއިރު، މި އަހަރުގެ ތެރޭގައި މުހިއްމު އިތުރު ކަންތައްތައް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
- މާއްދާތަކުގެ މުގައްރަރުތައް އަލުން މުރާޖައާކޮށް، ކޮންމެހެން ގެންނަންޖެހޭނެ ބަދަލުތަށް ގެނެއުން.
- ދަރިވަރުންނަށް އުނގަންނައިދޭ ކޮންޓެންޓްގެ ފެންވަރު ރަނގަޅުކުރުން.
- ދާއިރާގެ އިލްމާއި ތަޖުރިބާ ލިބިފައިވާ މުދައްރިސުންނާއި ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކީ-ސްޓޭޖް 4 ގެ މާއްދާތަކުގެ ޓެކްސްޓް ފޮތްތަކާއި މަސައްކަތު ފޮތްތަކާއި ޑިޖިޓަލް ކޮންޓެންޓު އެކުލަވާލުމުގެ އަމަލީ މަސައްކަތް ފެށުން.
- ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ނެޝަނަލް އެސެސްމެންޓް ފޯ ލާނިން އައުޓްކަމްސް (ނާލޯ) މިހާރު ނަގަނީ ކީސްޓޭޖް-1 އާއި ކީސްޓޭޖް-2 ނިންމާ މަރުހަލާގައި ކަމަށް ވިޔަސް މި އަހަރު ކީސްޓޭޖް-3 ގެ މަރުހަލާ ނިންމާ ދަރިވަރުންނަށް އެ އެސެސްމެންޓް ދޭން ފެށުމަށް ތައްޔާރީވުން.
- މުޅިން އަލަށް ރާއްޖޭގެ ފަށާ ތައުލީމުގެ މަރުހަލާގެ ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބައިނަލްއަގްވާމީ ލެވެލްގައި ބެންޗުމާކު ކުރުމުގެ އަމަލީ މަސައްކަތް ފެށުން.
- މިދިޔަ އަހަރު ފެށި، އޭ-ލެވެލް އެކްސްޕޭންޝަންގެ ޕައިލޮޓް ޕްރޮގްރާމުގެ ސަބަބުން މިދިޔަ ދިރާސީ އަހަރުގެ ތެރޭގައި ސަރުކާރު ސްކޫލްތަކުގެ މަތީ ސާނަވީ އަށް ކިޔަވަން އަލަށް ވަތް ދަރިވަރުންގެ އަދަދު 77 ޕަސެންޓު އިތުރުވި. މަތީ ސާނަވީއަށް ދަރިވަރުން އިތުރު ކުރުމަކީ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގެ ބާރަކަށް ވާތީ ޕްރޮގްރާމްގެ އިތުރު ލާނިން ޕާތްވޭސްތަކާ އެކު މިއަހަރު ފުޅާކުރާނެ.
- ސަރުކާރު ސްކޫލުތަކުގައި ހުރި 3،740 ކުލާސްރޫމު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭސީކޮށް ނިންމާލުމަށް ވާންޖެހޭ ތައްޔާރީތައް ވަނީ ވެފައި.
ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހު އިސްކަންދަރު ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި ދަރިވަރުން ބައިވެރިވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
މިނިސްޓަރު މިއަދު ވިދާޅުވީ ކުދިންގެ އުނގެނުމުގެ ކަންކަމުގައި ސްކޫލާއި ބެލެނިވެރިންނާ ދެމެދު ގާތް ގުޅުމެއް އޮންނާން ޖެހޭ ކަމަށާއި އެ ކުދިންގެ ކަންކަމުގައި އިހުތިރާމާ އެކު، އެއްބަޔަކު އަނެއްބަޔަކާ މުއާމަލާތުކޮށް މައުލޫމާތު ބަދަލުކުރެވޭން ޖެހޭ ކަމަށެވެ.
އިސްމާއިލް ވަނީ ދިރާސީ އާ އަހަރަކަށް ކުރިމަތިލާއިރު، މަތިވެރި އަޒުމަކާއި އާ ހިއްވަރަކާ އެކު، އުނގެނުމަށް މަސައްކަތް ކުރުމަށް ކުދިންނަށް އިލްތިމާސްކޮށްފަ އެވެ.
ސްކޫލުތައް ފެށުނުއިރު 90,000 އެއްހާ ދަރިވަރުން، ސްކޫލުތަކުގައި ކިޔަވަމުން އެބަދެ އެވެ. އެ ކުދިންނަށް ކިޔަވައިދިނުމަށް 11،000 ޓީޗަރުން އެބަ ތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޮށުފިލާ
08 April 2025
އެހެންވީމަދޯ އޮންލައިން ކްލާހަށް ޖޮއިންކުރަން ނޭގޭ މުޖުތަމައެއް މިއޮތީ. ގޭގައިތިބެގެން ކިޔެވެންއޮއްވާ.
ވޯލް
08 April 2025
ވަރަށް ރީޗެންނު. ތިޔަހެން ބުނި މިހާ އެއޮތީ އުސޫލެއް ހަދާފަ ސްކޫލްތަކުގެ ހަފްލާތަކަށް ގެންނަ ޝަރަފުވެރި މެހެމާނުންވެސް އެޑިއުކޭޝަން މިނިސްޓަރު ކަނޑައަޅަންޖަހޭ ގޮތައް. މައްސަލައަށް ވެގެން މިއުޅެނީ ހުރިހާ ކަމެއް އޮބަހައްޓާގެން ތިމާމެންގެ ބާރުގައި މުޅި ދަުއލަތް ހިންގަން އުޅެން ހަދާގެން ދައުމަތް މިއޮންނަނީ އަނގަވަތަށް ވެއްޓިފަ. މިނިސްޓަރު އަދި މިނިސްޓްރީ ކުރަންޖަހޭ ތިޔަށްވުރެ މުހުންމު ކަންކަން މަނިކުފާނަށް ނެފްނަނީތޯ ނޫނީ ނޭގްނީތޯ.
ގޮޅާބޯ ސްޕީޑް
08 April 2025
ޒަމާނީ ބަދަލޭ ބުނާއިރު ސްކޫލްތަކަށް އިންޓަނެޓް މި ލިބެނީ 4ޖީބީޕީއެސް. މި 4 ޖީބީޕީއެއް 100 ޔޫޒަރ އަށް ބަހާލީމާ ދެން ހުންނާނީ ޒަމާނީވެފަ. ހުރިހާ އެއްޗެއް އޮންލައިން. ޓީޗަރުން ހޮޓްސްޕޮޓަށް އެލަވަންސް ދޭން އެބަޖެހޭ ފުރަތަމަ ކަމަކަށް
ކަނބިލި
08 April 2025
ދީނުގެ ނަމުގައި ސަރުކާރަށް ނުފޫޒު ފޯރުކޮށް ގަދަކުރަމުންދާ ދީނީ ހަރުކަށި ފަތުވާތަކުން ގައުމުގެ ތައުލީމީ ނިޒާމު ރައްކާތެރިނުކުރެވިއްޖެ ނަމަ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ބޮޑު ނުރައްކަލަކަށްވާނެ. މިކަމުގައި ހިކުމަތްތެރި ސްޓްރެޓެޖީއެއް ނުގެންގުޅެވިއްޖެ ނަމަ ވަރަށް ހތި ވާނެ ނަތީޖާ.
އަބްޑޫޅް +
08 April 2025
މިނިޝްޓަރޫ، ކަލޭމެން ތަހުޒީބުވާނީ، ތަހުޒީބު ދުނިޔޭގައި މީހުނަނަށް ލިބިދޭ ހައްގުތައް ލިބިދީގެން. މިކަން ސާބިތުވަނީ، ކަލޭމެން އަބަދު ބަލަބަލާ ތިބެނީ، ތަހުޒީބު ދުނިޔެއަށް ގޮސް، އަހުލުވެރި ވެވޭތޯ. އެކަމަކު، ތަހުޒީބު މީހުން ކަލޭމެންނަށް ލިބިދޭ ހައްގުތައް އެހެން މީހުނަށް ލިބުން އެއީ ކަލޭމެން ދެކޮޅު ހަދާކަމެއް. ކަލޭމެން ޗަންދާނަގައިގެން، އޮޝްޓޭލިޔާގަ ތިޔަ ހަދާ މިސްކިތް ހެދުން އޮތްގޮތަށް އޮއްވާ، އެކަހަލަ ހައްގެއް އެހެން މީހުނަށް ދިނުމަށް ކަލޭމެން ދެކޮޅު.
ނާޑުވާ
08 April 2025
ޒަމާނާ އެއްކޮށް މިހާރުވެސް ޓީޗަރުން ވަނީ ބަދަލުވެފަ. ބޯޑުގަ ޕޭޖް ނަންބަރު ޖަހާފަ ފިލާވަޅު ހަދަން ބުނީމަ ނިމުނީ. ބާކީބައި ހޯމްވޯކް. އެ ނުހަދައިފިއްޔާ ޕޭރެންޓް ހާޒިރުކުރާނީ. ހަދަންވީ ގޮތެއް ވާންވީ ގޮތެއް ދަރިވަރުންނަކަށް ނޭނގޭ. 90 ގެ ކުރިން ދަރިވަރަށް ފިލާވަޅު ދަސްކޮށްދިނުމާ ދަރިވަރު ލައްވާ ފިލާވަޅު ހައްދަނީ ޓީޗަރުން މިހާރު އެކަން ކުރަން ޖެހެނީ ބެލެނިވެރިޔާ އަށް.
ޒަރީރު
07 April 2025
ޒަމާން ބަދަލުވާވަރަކަށް ޓީޗަރުންދަނީ ދީނީ ހަރުކަށި ވިސްނުމާ ދިމާލަށް. އެގޮތުން ހުރިހާ ސްކޫލްތަކުންހެން ފަންނުތައް ވަނީ ދޫކޮށްލާފަ. ކުރެހުމާއި، ލަވަކިޔުމާއި، ނެށުމާއި، ތަމްސީލް ޑްރާމާތައް ވަނީ ހުއްޓާލާފަ.
54ހަސަނު
07 April 2025
މިނިސްޓްރީ ޒަމާނަށް އަންނަ ބަދަލަށް އަހުލުވުރި ނުވެ ކިހިނެތް ޓީޗަރުން އަހުލުވެރިވާނީ. ފުރަތަމަ ޓީޗަރުން ނަށް ހުކުރު ހޮނިހިރު ހުސްކޮށްދީބަލަ. އަހަރީ ޗުއްޓީގެ ތެރެއަށް އައި ސަރުކާރު ބަންދު 10 ދުވަސްވެސް މުދައްރިސުންނަކަށް ނުދޭ. މިހާރު ޓީޗަރުންތިބީ ދާއިރާދެކެ ފޫހިވެފަ. ހުރިހާއެއްޗަކީ މުސާރައެއް ނޫން. .
މާކަނާކަލޯ
07 April 2025
ޓީޗަރުންގެ ބަދަލުގައި އޭއައި ބޭނުންކޮށްގެން ކިޔަވަދޭންވީނޫންތަ، އޭރުން ޓީޗަރުންނަށް ދޭންޖެހޭ މުސާރަކޮޅު އެހެންކަނަކަމަށް ބޭނުންކުރެވޭނެ. ހުރިހާ ޓީޗަރުން އޭރުން ވަޒީފާއަށް ދާކަށް ނުޖެހޭނެ ގޭގަ ތިބެވޭނެ ނޫނީ އެހެން މަސައްކަތެއް ކުރެވޭނެ،
ާާީއޭއައި އަކީ ކޮންމެ ކަމަކަށް އޮތް ހައްލެއް ނޫން...
07 April 2025
އޭއައި އިން ނުކުރެވޭނެ ރަނގަޅު ޓީޗަރަކަށް ކުރެވިދާނެ ހުރިހާ ކަންކަމެއް.... މިސާލަކަށް ނަގަމާ ތަރުބިއްޔަތާއި، ހުރިހާ ކުދިން ފިލާވަޅުގައި ބައިވެރި ކުރުމުގެތެރޭގައިވެސް ވަކިވަކި ކުދިން ފިލާވަޅުގެ ތެރޭގައި އުޅޭތޯ ބެލުން ފަދަ ކަންކަން ކިޔަވައިދިނުމުގެތެރޭގައި ކޮންމެހެން ކުރަން ޖެހޭ ކަންކަން....މާކަނާކަލޯ އޭއައި އާ ބެހޭގޮތުން ޢިތުރަށް މަޢުލޫމަތު ހޯދާލުމަށް ދަންނަވަން
ރެހެންދިގޮމާފުޅު
08 April 2025
އޭއައި މާބެސްޓްވާނެ ގިނަޓީޗާސްއަށްވުރެ ބައެއްޓީޗާސްވާގޮތަކީ ގޭގަޖެހޭޕާސަނަލް މައްސަލަތަކުގެސަބަބުން ތިބެނީ ދޮންބޮޑުވެފަ ދެން ހުރިހާ ރޯޅިއެއްބާލާނީ ދަރިވަރުންނަށް ބައެއް ބޭރުޓީޗަރުންވެސް ބޭނުންވާނީ ކުދިން ކްލާހުގައި ހަރަކާތްނުކޮށް އަނގައިންނުބުނެ ބުދެއްހެން ތިބެން މިއަށްވުރެ އޭއައި ޓީޗާސް މާ ޝައުގުވެރިވާނެ ސޯ ތިޔައީ ރަނގަޅު އައިޑިއާއެއް ވަރަށް ގިނަ ބޭރުގައުމުތަކުންވެސް ތިގޮތަށް ކިޔަވަދޭ
ސޭޑު މުދައްރިސު
07 April 2025
ކޮންމެވެސް އެއްޗެކޭ ކިޔޭތޯ ބަލަންވާނެ އިނގޭ. މިއީ އުޅެން ހެޔޮވާވަރުގެ ދާއިރާއެއް ނޫން. ކުރިއަށް އަންނަ ޖީލުތަކަށްވެސް ވިސްނޭނެ މީ އުޅެން ހެޔޮވާވަރު ވަޒީފާއެއް ނޫންކަން. މީހުންގެ އިހުތިރާމް ގެއްލިފައިވާ ބެލެނިވެރިންގެ ބަދު ބަސްތަކާއި ބަދު ދުއާތަކާއި އިސްވެރިންގެ ނުފޫޒާއި ބާރާއި ސިޔާސީ ވެރިން ކުޅިވަރު ކުޅޭ މައިދާނެއް ފަދަ
އެހެނަސް
07 April 2025
ތިޔަހެންވާނީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވީމަ
ޖޯސެފް ހަބީ ލޯޔަރޫ
08 April 2025
އަހަރެންވެސް ކިޔަވަދޭންދަން އަހަރެންކިޔަވަދޭއެއްޗެއް ކޮންމެހެން އެނގޭކަށް ނުޖެހޭނެ މަށާއެއްފިކުރެއްގެ ކުއްޖެއްވިއްޔާ ފާސްކޮށްދޭން