ޚަބަރު / ދިރާސީ އާ އަހަރު

ދިރާސީ އާ އަހަރު ޖެނުއަރީގައި ފަށާ ގޮތަށް 2025 ވަނަ އަހަރު ބަދަލުކުރަނީ

އަމީނިއްޔާ ސްކޫލުގައި މީގެ ކުރިން ބޭއްވި އެސެމްބްލީއެއްގައި ކުދިންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ދިރާސީ އާ އަހަރު ފެށުން، 2025 ވަނަ އަހަރު އަނެއްކާ ވެސް ޖެނުއަރީ މަހަށް ބަދަލުކުރާނެ ކަމަށް އާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި މިއަދު ވިދާޅުވެއްޖެ އެވެ.

އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ވަނީ، މާލޭގެ ސްކޫލުތަކުގެ ހުރިހާ ޕްރިންސިޕަލުންނާ މިއަދު ބައްދަލުކުރައްވައިފަ އެވެ. ގާތްގަނޑަކަށް ގަޑިއިރަކަށް ދެމިގެން ދިޔަ ބައްދަލުވުމުގައި، އެ ހުރިހާ ޕްރިންސިޕަލުންގެ ކަންބޮޑުވުންތައް އޭނާ އަޑުއެއްސެވި އެވެ.

އެނގިފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި ޕްރިންސިޕަލުންނާ ވާހަކަ ދައްކަވަމުން އިސްމާއިލް ވަނީ، ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު އަނެއްކާ ވެސް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުގެ އެވެ. އެކަމަކު، ކޮވިޑުގެ ހާލަތާއި ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ބައެއްގެ އެދުމުގެ މަތިން ސަރުކާރުން 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ފެށުން ވަނީ އޮގަސްޓު މަހަށް ބަދަލުކޮށްފަ އެވެ.

ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މި ނިންމުމަށް ގިނަ ބަޔަކު ހިތްހަމައެއް ނުޖެހެ އެވެ.

އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޕްރިންސިޕަލަކު "މިހާރު" އަށް ވިދާޅުވީ އަހަރުގެ މެދުތެރެއިން ދިރާސީ އާ އަހަރު ފެށުމަކީ ގޮންޖެހުންތައް ބޮޑުކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ. ފައިނޭންޝަލް އަހަރުގެ ފަހުކޮޅު ސްކޫލުތައް ހުޅުވުމުގެ ސަބަބުން އެ ތަންތަނަށް ބޭނުންވާ މަރާމާތު ވެސް ނުކުރެވުމުގެ ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިނިސްޓަރު އަމިއްލައަށް ވިދާޅުވީ ވެސް ދިރާސީ އާ އަހަރު ޖެނުއަރީ އަށް ބަދަލުކުރައްވާނެ ކަމަށް. މަސައްކަތް ކުރައްވާނަމެކޭ ނޫން، [އެކަން] ކުރައްވާނެ ކަމަށް ހަމަ ވިދާޅުވީ،" ނަން ނުޖެހުން އެދި ވާހަކަ ދެއްކެވި ޕްރިންސިޕަލް ވިދާޅުވި އެވެ.

އެހެން ޕްރިންސިޕަލަކު ވިދާޅުވީ ކުރީގައި ވެސް އޮތް ގޮތަށް، ޖެނުއަރީ މަހަށް ދިރާސީ އާ އަހަރު ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވުމުން، އެ ތަނުގައި ގިނަ ޕްރިންސިޕަލުން އަތްތިލަ ބަޑި ޖެއްސެވި ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޭނުންވެފައި ތިބި ކަމެއް އެއީ،" އޭނާ ވިދާޅުވި އެވެ.

ދިރާސީ އާ އަހަރު މީގެ ކުރިން ބަދަލުކޮށްފައިވަނީ، ކުދިންގެ ކިޔެވުން އެއް އަހަރުން، ދޮޅު އަހަރަށް ދެންމުމަށް ފަހުގަ އެވެ. މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު އިސްމާއިލް ވަނީ، އަލުން އެ ބަދަލުތައް ގެންނާނީ ދިރާސާ ކުރުމަށްފަހުގައި ކަމަށް ވިދާޅުވެފަ އެވެ.

ސްކޫލުތައް ފަށާ ދުވަސްވަރު ބަދަލުކުރުމަކީ މި ރިޔާސީ ކެމްޕެއިންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

148 ކޮމެންޓް, 155 ރިއެކްޝަންސް

icon happy icon happy 46%
icon sad icon sad 1%
icon angry icon angry 39%
icon wow icon wow 2%
icon inlove icon inlove 12%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފައިހާ 2

21 November 2023

ރޭގަނޑު އިތުރު ހަރަކާތައް ސުކޫލަށް ގެން ދިޔުން ވެސް މަނާ ކޮށް ދެއްވާ ޕްލީސް

The name is already taken The name is available. Register?

ފައިހާ 3

23 November 2023

ޔެސް

The name is already taken The name is available. Register?

ސްއި

21 November 2023

ކޯޗެއް މީހުން މިކިޔަނީ މިދިޔަ ދިރާސީ އަހަރު ވެސް ފޮތުގެ ދެބައި ކުޅަ އެއްވައި އޮތީ ކިޔަވަނުދީ

The name is already taken The name is available. Register?

މޯހަނަ

21 November 2023

ކޮން ސްކޫލެއްކަން ލިޔެލިނަމަ ވަރަށް ރަގަޅުވީސް

The name is already taken The name is available. Register?

ފަލްސަފާ

20 November 2023

އަނެއްކާ ތިކަމަކާ ހެދި އަނެއް ހަމަސް ބޭކާރުވެގެން ދާނެއެވެ. ތި ސަކަރާތަކާހެދި ޖުމްލަ 1 އަހަރު ކުދިންގެ އުމުރުން ބޭކާރު ވެގެންދަނީއެވެ. ކުލާހެއް ދޮޅު އަހަރުން ނިންމާ ޖީލް!

The name is already taken The name is available. Register?

ޙަނދު

20 November 2023

ބަދަލެއް ގެންނައްޏާ ހެޔޮ ބަދަލެއް ގެނެސްބަލަ. ޑިސެމްބަރ- ޖެނުއަރީ މަހަކީ އިރުވައި މޫސުމުގެ ހަޅައިގެ ދުވަސްވަރު. ޖޫން- ޖުލައި އަކީ ހުޅަނގު މޫސުމުގެ އެންމެ ކަނޑުގަދަ ދުވަސްވަރު. މި 4 މަހާއި ދިމާކޮށް ސްކޫލް ޗުއްޓީ ހެދީމަ ޗުއްޓީގެ ބޭނުން ނުހިފި ވަނީ ބޭކާރު. ނިކަން މާރޗު - އޭޕްރީލާ ދިމާކޮށް ސްކޫލް ޗުއްޓީ ހަދާބަލަ ރައްޔިތުންނަށް ހެޔޮ އެދެންޏާ!

The name is already taken The name is available. Register?

މަހަލްދީބު

20 November 2023

އިސްލާމް ދީނާ ދިވެހި ޤައުމިއްޔަތު ހިމާޔަތް ކުރުމަށްޓަކައި ހިޖުރީ ކަލަންޑަރަށް އަހަރެމެން އެނބުރި ދާން ޖެހޭ.

The name is already taken The name is available. Register?

ބާޅޯ ކަލީމް

20 November 2023

ކުދިންގެ އުމުރުން 6 މަސް ބޭކާރު ނުވާނެގޮތަކަށް ތިކަން ކުރަންވާނީ

The name is already taken The name is available. Register?

ތޮލްލް

20 November 2023

ފިހާރަ ތައްވެސް 10ޖަހާއިރައް ބަންދު ކުރަންވަާނެ . 24ގަޑިއިރު އުވާލާ......

The name is already taken The name is available. Register?

ވިސްނާ

20 November 2023

ކިހިނެއްބާ ތިކަން ކުރާނީ... ކުރިން އެކަން ކުރި ގޮތަކީ 6މަސް ދުވަހު ސްކޫލް ބަންދު ކުރީ... އުމުރުން 6 މަސް ގެއްލިގެން ދިޔައީ... އަނެއްކާވެސް މިކުދިންގެ 6 މަސް ގެއްލޭނީބާ ނޫނީ 14 ގަޑި އިރު ކިލާސް ނަގައިގެން ދެން ޕްރޮމޯޓް ކުރާނީ ބާ ދެން އިންގްރޭޑަށް.... ވަރަށް ބޮޑަށް އިނގެންބޭނުންވޭ މިކަންކުރަން ނިންމީ ފީސިބިލިޓީއެއް ހަދާފަތޯ ނުވަތަ ވައުދެއްވީމަ އޮޓޯކްރިޓިކް ޑިޒިޝަންއެއްގޮތަށް ނިންމާލީތޯ

The name is already taken The name is available. Register?

ބެލެނިވެރިއެއް

23 November 2023

ގްރޭޑް އެކަކަށް ލާ ކުދިންގެ އަހަރު ބަދަލު ކުރުން ކަންނޭންގެ އެންމެ ރަނގަޅުވާނީ... ތިޔަ ވިދާޅުވި ދެ ގޮތަކީވެސް ނުވައެއް ދިހައެއްގެ ކުދިންނަށް އުނދަގޫ ގޮތްތަކަކަށް ވާނެ... އެކުދިންގެ ކިޔެވުމުން ހަމަސް ބޭކާރު ވެގެން ދާނެ.. ނޫނީ ކިހިނެއް އެ ކުދިން ސިލަބަސް ކަވާރ ކުރާނީ؟

The name is already taken The name is available. Register?

ކަންބޮޑުވުން

20 November 2023

މިގައުމުގަ ޕާޓީތަކުން ވެރިކަން ކުރާތީ އަބަދު ތި ހާލުގަ އުޅެންޖެހޭނީ. އެއް ޕާޓީއެއްގެ ވެރިން ކުރާ ކަންތައް އަނެއް ޕާޓީއަށް ވެރިކަން ލިބުނީމަ ބަދަލުކުރުމުގަ އުޅެންޖެހޭނީ. ކޮންމެ ޕާޓީއެއްވެސް ދެކެނީ އެމީހުންގެ ޕާޓީން ކުރަނީ އެންމެ ރަގަޅަށް ކަމަށް. ކުރިން ދިރާސީ އަހަރު ފަށާ ދުވަސް ބަދަލުކުރީމަ މިހާރު ތިބި ކުދިން ސްކޫލް ނިމެނީ 1 އަހަރު ދޮށިކޮށް. އަނެއްކާ ބަދަލުކުރީމަ ދެން ވާނީ ކިހިނެތްބާ؟

The name is already taken The name is available. Register?

ތުއްތުބޭބެ

20 November 2023

ކުރިން ކުރި ހުރިހާ ކަމެެއް އަނެއްކޮޅަށް ރައްޔިތުން ހަނާ . ފަށާފައިވާ ކޮންމެކަމެއް އަނެއްކޮޅަށް ހުރިހާގެއްލުމެއް ރައްޔިތިންނަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454