އީކުއޭޓާ ވިލެޖުން ބޭނުންކުރާ އިމާރާތް ހުސްނުކުރެވި އުޅޭތާ ދެ އަހަރު.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޯޓުތަކެއް ޕާކުކޮށްފައި.
07 އެޕްރީލް 2025 - 19:13
އައްޑޫ ގަން އެއާޕޯޓު ތަރައްގީ ކުރުމަށް މިހާރު ހިންގާ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް އެ މަޝްރޫއު އިން އުނިކުރަން އެންގީ އެ މަގު ހަދަންޖެހޭ ސަރަހައްދުގައި ހުރި އިމާރާތެއް ހުސް ނުކުރެވި އޭގެ ސަބަބުން މަޝްރޫއު ލަސްވެ، ކޮންޓްރެކްޓަރަށް ބަދަލު ދޭންޖެހޭ ފަދަ ހާލަތެއް މެދުވެރިވެދާނެތީވެ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
އެކަމާ އައްޑޫ ސިޓީ ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާނެއް ނެރެފައި ވަނިކޮށް، މިނިސްޓަރު މުއްތަލިބު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަގުގެ މަސައްކަތް ކުރުމަށްޓަކައި އިމާރާތެއް ހުސްކުރަން ޖެހޭ ކަމަށާއި އެކަމަކު އެ އިމާރާތް ބޭނުންކުރާ ފަރާތުން އެކަމާ ދެކޮޅު ހެދުމުގެ ސަބަބުން މިދިޔަ ދެ އަހަރު ވެސް ކާމިޔާބެއް ނުވި ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ އިމާރާތް ބޭނުން ކުރަމުން އަންނަނީ ގަމުގެ އީކުއޭޓާ ވިލެޖުންނެވެ.
"މި އިމާރާތަކީ އަދި އިމާރާތް ހުރި ބިމަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮންޕެނީގެ މިލްކެކެވެ. އެހެން ނަމަވެސް ދެ އަހަރެއްހާ ދުވަހު މަސައްކަތް ކޮށްގެން ވެސް އެ އިމާރާތް ބޭނުން ކުރަމުންދާ ފަރާތުން ތަން ހުސްކުރުމަށް ދެކޮޅު ހެދުމުގެ ސަބަބުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮންޕެނީން އެ ބިން ކޮންޓްރެކްޓަރާ ވަނީ ހަވާލު ނުކުރެވި އެވެ،" މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، އެއާޕޯޓުގެ މަޝްރޫއުގައި ހިމެނޭ މަގެއް އެ މަޝްރޫއުގެ ތެރެއިން އުނިކުރުމުން އައްޑޫ ރައްޔިތުން ފާޅުކުރާ ކަންބޮޑުވުންތައް އޭނާ ބަލައިގަންނަވަ އެވެ. ވިދާޅުވީ، މި މަހުގެ 17 ގެ ކުރިން އެ އިމާރާތް ހުސްނުކުރެވިއްޖެ ނަމަ އެ މަގު ނުހިނަމައި އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު މުއްތަލިބު ވާހަކަ ދައްކަވަނީ.--- ފޮޓޯ: މަޖިލިސް
ނަމަވެސް މިނިސްޓަރު ދެއްވި ޔަގީން ކަމަކީ އެ އިމާރާތް ހިމެނޭ ބިން ހުސްނުކުރެވި މަގުގެ މަސައްކަތް މި ވަގުތު ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެ ނަމަ ބިން ލިބުނުހާ އަވަހަކަށް ވަކި މަޝްރޫއެއްގެ ގޮތުގައި އެ މަގުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމެވެ.
"އުއްމީދަކީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާ އެކު އެ އިމާރާތް ހުސްކުރެވި ކޮންޓްރެކްޓަރާ ވީހާ ވެސް އަވަހަކަށް ހަވާލު ކުރެވޭ ގޮތްވުމެވެ،" މުއްތަލިބު ވިދާޅުވި އެވެ.
އޭނާ އެއާޕޯޓް މަޝްރޫއު އިން އެ މަގުގެ މަސައްކަތް އުނިކުރަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ސަރުކާރުން އެންގީ އެއާޕޯޓް މަސައްކަތް ލަސްވެ، މާލީ ގޮތުން ދައުލަތަށް ގެއްލުން ވެދާނެތީ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނީ، މަގުގެ މަސައްކަތް އެއާޕޯޓް މަޝްރޫއު އުނިކޮށް، އެއާޕޯޓް މަޝްރޫއުގެ ސްކޯޕަށް ބަދަލު ގެންނަން ސަރުކާރުން ނިންމި ނިންމުން މުރާޖައާ ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"ކައުންސިލާއި އައްޑޫ އެއާޕޯޓްސް ކުންފުންޏާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި މިފަދައިން މަޝްރޫއުގެ ސްކޯޕުން ބޮޑު ބައެއް އުނިކުރަން ނިންމި ނިންމުން މިއީ ލާމަރުކަޒީ ނިޒާމާ ބީރަށްޓެހި، މިނިވަން ދިމިގްރާތީ މުޖުތަމައުތަކުން އަމަލުކުރާާ އުސޫލުތަކާ ނުބައްދަލު އަދި މުޅި ދެކުނުގެ ރައްޔިތުންގެ ހައްގު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއްކަން ފާހަގަކޮށް އެ ކަންބޮޑުވުން ފާޅުކުރަމެވެ،" ސިޓީ ކައުންސިލްގެ ބަޔާނުގައި ވެ އެވެ.
އައްޑޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ރަނާޓާސް ކުންފުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
08 April 2025
ތިބުނާ އިމާރާތަކީ ސަރުކާރުގެ ތަނެއް. ސަރުކާރުން ތަންނަގަން ބޭނުންވާނަމަ ހަމަ ނޭގޭނެ. ތިޔަވާހަކައަކީ ޖީބަށް ކޮންމެވެސް އެއްޗެއް ވައްދަން ދައްކާ ދެއުޅިއެއްނުވާ ހުސްވާހަކަ. މިހާތަނަށް މިވީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ރައްޔިތުންނަށް ކަންކޮށް ނުދެވުނީ ސަރުކާރުގެ ސަބަބަކުން ނޫންކަން މީހުންގެ ބޮލަށް ވެއްދުމަށް މުއްތަލިބުމެން ކުރާ ކަންކަން.
ޖޯސެފް ހަބީ ލޯޔަރޫ
08 April 2025
މަށޭއެބަކިޔާތަ
ޢެޑްމުންޑޯ
08 April 2025
އައްޑޫ މީހުންނަކީ މީ ގަޔަށް ހޮޑުލެވިފައި ތިބޭ ބައެއް ، ތީ އަހަރަމެން ރަށުގައި ތިގޮތަށް ހުރިތަނެއްނަމަ އެއްމެ ރައްޔިތަކުވެސް ބާކީނުކޮށް އެންމެން ނުކުމެ ތިތަން ނަގާ ސާފްކޮއްލީމްސް ،
އަފްރާސިޔާބު
08 April 2025
އައްޑޫ މީހުންނަކީ އެމީހުންގެ ސަބަބުން އަތޮޅަށްވެސް އަދި އެހެންބަޔަކަށްވެސް ކުރިއެރުމެއް ލިބޭނެ ކަމަކަށް އެއްބަސްވާނެ ރައްޔިތަކު އުޅޭ ތަނެއްނޫން. ކޮބައި އެމީހުން މަހަށް ނުކުމެ ނުފެނިގެން އުޅުނު ކަނޑު. މިހާރު އެވާހަކައެއް ނުދައްކާދޯ؟
އެއާޕޯޓް
08 April 2025
ކޮންމެ ސަރުކާރަކުންވެސް އައްޑޫ އެއާޕޯޓް ތަރައްގީ ކުރަން އެތައް މިލިއަނެއް ހަރަދު ކުރޭ. ބިންހިއްކާ މަގުހަދާ ޓާމިނަލްބޮޑުކޮށް ޓަވަރުހަދާ ދެންވެސް ތަނެއް ހުރިއްޔާ ތަޅާ ސުންނާފަތިކޮށްފަ އަލުން ހެދުން އެއީ ތަރައްގީބާ؟ އެއަޕޯޓެއް ތަރައްގީ ވުމަކީ އެތަނެއް ގިނަ އެއާލައިންތަކުން ބޭނުންކުރުން. ފަސިންޖަރުންނަށް އަގުހެޔޮކޮށް ފަސޭހައިން ދަތުރުކުރުމުގެ ޗޮއިސް އޮތުން. ތިޔަ ކުރާ ތަރައްގީއިން ތަރައްގީވާނީ ކޮންމެވެސް ބައެއްގެ ޖީބު ކަމަށް ލަފާކުރެވެނީ
އަޒާން / އައްޑޫ
08 April 2025
ޥަކި ޕްރެޖެކެޓޭ ކިޔާއިރު ކޮބާ ވެރިކަމަށް އެއް އަހަރުން ހުޅުވަން ބުނި ޝަންގްރިއްލާ ރިސޯޓް އަމަލީ މަސައްކަތް ފަށަން ބުނި ހުޅުކީދޫ ބުރިޖް. މަރާމާތު ކުރަން ބުނި ލިންކް ރޯޑް. މަޖްލިސް އިންތިހާބަށް ހަވާއަރުވާ ސޮއި ކުރި ހަންކެޑެ މަޝްރޫއު. ޗައިނާއެކު ސޮއި ކުރި އިންޖީނުގެ. ޢެއްވެސް މަސައްކަތެއް ކުރިއަކަށް ނުދޭ. 2 އަހަރު ވީ ހުސްވާހަަކަ. ކުރީސަރުކާރު ކުރީ ސަރުކާރު ކިޔަކިޔާ ތިބެނީ.
ެއަފްރާސިޔާބު
08 April 2025
ޝަންގްރިއްލާގެ ދެކޮޅު ހަދާނީ ވަކިވަކި ދެ މަޝްރޫއަކަށް. އިންކޮޅުގައި ތަރައްގީ ކުރާނީ އިކޯ ފްރެންޑްލީ ކޮށް މޫދުގައި ބެޑް ހުންނަގޮތަށް. ސަން ޝައިން ލިބޭ ސީދާ އިރުގެ ހަކަތައިން ހުރިހާ ދިއްލުމެއްވެސް ދިއްލޭ ގޮތަށް. އަނެއްކޮޅުގައިހަދާނީ އޯޝަނިކް ރިވަރ އިން ހަކަތަ އުފެއްދޭ ގޮތަށް ޕިރަމިޑްސްޓައިލް އެކަމަޑޭޝަން ތަކެއްގެ ގޮތުގައި. އެތަންތަނުން ސީދާ އިޖިޕްޓްގެޕިރަމިޑް ތެރޭގައި އުޅޭގޮތުގެ އިމެޖިނޭޝަން ފީލްވާގޮތަށް. މިހާރު އެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ
ނުންނަ
08 April 2025
މިނިސްޓަރު ވެސް ތިމައްސަލައިގައި ހިމެނޭ މީހުންނާ އެކު މަޝްވަރާ ކުރައްވާ ކަންތައް ނިންމެވީމާ އޮންނާނީ ހަމަޖެހިފައި. ގައިމުވެސް ސަރުކާރު ކުންފުންޏެއްގެ ބިމެއްގައި ގަދަބާރުން ބަޔަކަށް ނުތިބެވޭނެ.
ކަނބިލި
08 April 2025
މޭޔަރު ރީއިލެކްޝަން ކެމްޕޭން ޖައްސައިގެން އުޅޭހެން ހީވަނީ. ތިމާމެން ކުލަނޫން ބަޔަކު ވެރިކަމުގައި ތިބޭ ނަމަ ވަރަށް ގިނަވާނެ ނޫސްބަޔާންތައް. ތިޔަ ދައްކަނީ ޑިމޮކްރަސީގެ ވާހަކައެއް ނޫން. ތިޔަ ދައްކަނީ ސިޔާސީ ވާހަކަ. ދެކުނު ރައްޔިތުންގެ ނަމުގައި އައްޑޫ ސިޓީ ކައުންސިލުން ވާހަކަ ދައްކަންޖެހޭ އެއްވެސް ހައިސިއްޔަތެއް ނެތް. ދައުރު ނިމުމުގެ ކުރިން ޖީބު ފުރޭތޯ ބަލާ އޭރުން ލާމަރުކަޒީ ނިޒާމު އޮންނާނީ ފުރިހަމަވެފައި.
ކައިށާ
07 April 2025
ކޮބާ މިކޯ އިންޖީނުގޭ ޖަނަރޭޓަރާ ހަދަލިއާ.
ޒާތީ ނުވޭ! އަހަރުމެން އެންމެންނަކީ ވެސް ދިވެހިން.
07 April 2025
ކޮބާ އެއްކަލަ އަމިއްލައަށް "އޮނަރަބަލް" ކިޔައިގެން މާ އައްޑޫވެފައި އުޅޭ، މަލާމާތް ކުރުމުގެ ގޮތުން މާލެ އަށް މުޤައްދަސް ރަށްކޮޅޭ ކިޔައި ފުއްޕާފަ އުޅޭ، ނުވިތާކަށް ވަކިވެގަތުމަށް ވެސް ހިތްވަރުދެމުން ކޮމެންޓްކުރަން އުޅޭ މީހާ؟ ކޮމެންޓް ކުރި މީހަކު ބުނިހެން މާލޭ ކުންފުންޏެއްގެ ދަށުވީމަ ލަދުން ބޮނދީތަ؟ ތިޔަހާ އައްޑޫ ވަތަނީ ވެއްޖިއްޔާ އަމިލައަށް ކެންޕޭން ކޮށްގެން މާލޭގައި އާއި ރާއްޖޭން ބޭރުގައި އުޅޭ އައްޑޫ ވިޔަފާރިވެރިންނާއި ތަޢުލީމީ މީހުންތައް އައްޑޫއަށް ގެންދަންވީނު! ހިއެއް ނުވޭ އޭނަގެ ބަހަށް އެކަކުވެސް އައްޑޫއަށް ދާނެ ހެނެއް! އެނގޭ ވިއްޔާ މާ ޒާތީވެގެން އުޅޭ ފޭކެއްކަން! ނޫނިއްޔާ ޅަ އިރު މާލޭ ބިޓެއް ލަނޑުދިނީމާ އައްޑޫއަށް ކަނޑާލިގޮތަށް ހަރުލީ ދޯ؟
ފުއަކާ
07 April 2025
އައްޑޫމީހާ ނިހިނގަތާ ތަގޭ އޮޕީނިއަން ނިލިބިގަނައް މިކަމި. ތޯ ނިބެހޭ ކަންކަމާއި ނިބެހި ޕުރެސަރަ ނިއަރައި ހަމަޖެހެ.
މައިކާލޯޒް
08 April 2025
1976 ގެ ކުރިން އައްޑު އަތޮޅު ރައްޔިތުން ނަށް ހިލޭ ބޭސް ފަރުވާ ކުރެވޭ 2. ވަޒީފާ ގެ ފުރުސަތު ލިބިދޭ 3 ކަރަންޓާއި އަސާސީ ހިދުމަތް ލިބޭ. 4 ތައުލީމު ދީ ސްކޫލްތައް ބިނާ ކުރި 5. ވެކްސިންދޭ 6. ނެ ފީ މެދުވެރިކޮށް ތަކެތި އިންޕޯޓް ކުރެވޭ 7 ޕައުންޑް އިންމުސާރަ ލިބޭ 7. މަގު ހަދާ މުޅި ރަށަށް މަދިރި ބޭސް ޖަހާ މިހެންގޮސް ކިޔާނެކަމެއް ނެތް! އަދަ ކަރަންޓްނެތި މިތިބީ ! ތޯ ދީދީ އައުކޭފެއި އަފިރިން ބޮލަށް ޗިޕް ނިޖަހަ! ތައް ގިނައިން ސަލާމް!
ޝަޖޫ
07 April 2025
ބާބާ ވީރާނާ ރިޒޯޓުގަނޑެއް ހިންގާ ބައެއް. ތިޔަ މީހުނަ ބޭރު ކުރޭ. މުޅި އައްޑުއަށް ނުފޮރުއްޕާފަ އޮތް ރިޒޯޓްގަނޑެއް.