މީގެ ދެ އަހަރު ކުރިން ގެއަކުން ސިހުރު ހަދަން ބޭނުންކުރާ ސާމާނު ހޯދާފައި.
09 އެޕްރީލް 2025 - 10:49
ސިހުރާ ގުޅޭ ކަންކަން ސޯޝަލް މީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި އިޝްތިހާރުކުރުން އާންމުވާން ފަށައިފި އެވެ.
ފޯނު ނަމްބަރާއި ރަށުގެ ނަން ޖަހައިގެން ސޯޝަލް މީޑިއާގައި މިފަހުން ވެސް ވަނީ މިފަދަ އެކައުންޓެއް ހުޅުވައިފަ އެވެ. ފަންޑިތަ އާއި ސިހުރާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަމްބަރު ވެސް އާންމުކޮށްގެން ޕޯސްޓަރުތައް ދަނީ ފޭސްބުކްގައި އާންމުކުރަމުންނެވެ.
އޭގެ ތެރޭގައި ލޯބި ހޯދުމާއި ސިހުރު ބާތިލުކުރުމާއި ފާލު ބެލުން ފަދަ ކަންކަން ކޮށްދޭ ކަމަށް މި ޕޯސްޓުތަކުގައިވެ އެވެ.
އިސްލާމް ދީނުގައި ހަރާމްކުރައްވާފައިވާ މިފަދަ ކަންކަމާ ގުޅޭ ޕޯސްޓުތައް އާންމުކުރަމުންދާއިރު، އެ ޕޯސްޓުތަކުގައި ބުނާ ކަންކަމަށް ޝައުގުވެރިވެގެން ކޮށްފައިވާ ކޮމެންޓުތައް ވެސް ވަރަށް ގިނަ އެވެ. އަދި މިފަދަ ކަންކަން އިޝްތިހާރުކުރާ ޓެލެގްރާމް ގްރޫޕްތައް ހަދައިގެން ވެސް އުޅެ އެވެ.
ނަމަވެސް ބައެއް މީހުން ވަނީ ސިހުރު ފަންޑިތައިގެ ނަމުގައި މީހުން އަތުން ފައިސާ ހޯދައިގެން ހަރާމް ކަމެއް ކުރަމުން ދާއިރު އެ ކަންކަން ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސިހުރަކީ މާތް ﷲ ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައިވާ ބޮޑު ފާފައެއް ނަމަވެސް ސިހުރު ހެދުމާއި ފަންޑިތައިގެ ކަންކަމަކީ ރާއްޖޭގައި ވަރަށް ބޮޑަށް އާންމުވެފައިވާ ކަމެކެވެ. އިނދެގެން އުޅޭ މީހުން ދުރުކުރުމާއި މީހުންގެ ވިޔަފާރިތައް ހަލާކު ކުރުން ފަދަ ކަންކަމަށް ސިހުރު ހެދުން ގިނަކަން ބައެއް މީހުން ފާހަގަކުރެ އެވެ.
ސިހުރުގެ މައްސަލަތަކާ ގުޅިގެން މީގެ ކުރިން ބައެއް ރަށްރަށުގެ ގެތައް ވެސް ބަލައިފާސްކޮށް، ބައެއް ތަކެތި ވެސް ގޭގެއިން ގެންގޮސްފައިވެ އެވެ. އަދި ބައެއް މީހުން ހައްޔަރު ވެސް ކުރެ އެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި ހެކި ހޯދުމާއި ގާނޫނީ ގޮންޖެހުންތަކާ ހެދި ޝަރީއަތަކާ ހިސާބަށް ނުގޮސް ނިމެނީ އެވެ.
ސޯޝަލް މީޑިއާގައި ސިހުރު އިޝްތިހާރުކުރާ މައްސަލައިގައި ފުލުހުންނާ ސުވާލުކުރުމުން ވެސް އެކަމަށް ޖަވާބެއް ނުލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަނާކުރޭ
11 April 2025
ކޮބާ ރުކުޔާ ބިސްނަސް.
އަޅި އަލީ
10 April 2025
ބާދަގަނޑު ގަންނަން ލިބޭތަ!
ޢާމިރު1
09 April 2025
ސިހުރަކީ ޖާދޫ :((( ޖާދޫގަ މީހުން ޖެހެނީ - ޖާހިލު ގަމާރު ކަމުން ސްކޭމް ޖަލު ކޯލުތަކުގަވެސް ޖެހޭވިއްޔާ ދޯ :)
އަންދާ ގާނޫނު ހަލީމް
09 April 2025
ހެހެހެ! މިއީ މި ގައުމުގަ އެންމެ ބޮޑު އެއް މައްސަލަ! ގަމާރުން ގިނަ ކަން!
ކިރުސައި
09 April 2025
2025 ގެ ޖާހިލުން
ނާސިރު ސުލައިމާން
09 April 2025
މިކަމުގައި ސިހުރުވެރިޔާ އަލިދީދީ ބުނަނީ ކީކޭބާ؟ އޭނާވެސް ޝޯޝަލް މީޑިއާ ބޭނުންކުރޭތަ؟ އަޖައިބެއް
އަޅި އަލި
09 April 2025
އެމްޑީޕީ އިން ރާޅުގަނޑު ސަރަހައްދުގަ ފާޅުގާ ސިހުރު ހެދި އިރު ތިބޭފޫލުން ކޮބާތޯ!
އަބްޑޫޅް +
09 April 2025
"ލޯބި ހޯދުމާއި ސިހުރު ބާތިލު" ކުރުމަކީ، ދިވެހި ބަހުންނަމަ "އިސްތިރި ވަރިތޮޅި".
ރުފާ
09 April 2025
އަހަރެމެން ރަށުގައި ދީން ބޭނުން ކޮށްގެން މަޝްހޫރުކަން ހޯދާ މީހުންނަކަށް ނުކެރޭ ސިހުރުގެ ވާހަކަ ދައްކާކަށް.. ސިހުރުން ރަށެއް ހަލާކުވެދާއިރު އެމީހުން އަބަދުވެސް ދައްކަނީ ބެރު މިއުޒިކު ހަރާން ވާހަކަ. ސިހުރުގެ ވާހަކަ ނުދައްކަނީ އެމީހުންގެ އެކުވެރި އާއިލީ މީހުން އެކަމުގަ އުޅޭތީވެ.
ތެފައާސާ.
09 April 2025
"....ސޯޝަލް މީޑިއާގައި ސިހުރު އިޝްތިހާރުކުރާ މައްސަލައިގައި ފުލުހުންނާ ސުވާލުކުރުމުން ވެސް އެކަމަށް ޖަވާބެއް ނުލިބުނެވެ...." ބޭންކު ބަގާވާތް ބަލާފަ، ފަނޑިޔާރުންގެ މައްސަލަ ބަލާފަ، މުޒާހާރާ ކުރާ މީހުންގެ މައްސަ؛ލަ ބަލާފަ ވަގުތެއް ވެއްޖެއްޔާ ދެންހުރި ކަންކަންވެސް ބަލާނެ.