ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު: އޭސީސީގެ ރައީސް ޝާމިލްއާ ގުޅޭގޮތުން އޭނާ ހުށަހެޅުއްވި މައްސަލަ ނުބެލޭނެ ކަމަށް ފުލުހުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
08 އެޕްރީލް 2025 - 17:20
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ ގުޅޭގޮތުން ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލްގެ މައްސަލަ ތަހުގީގުކޮށްދޭން ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ފުލުހަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ފުލުހުން އަންގައިފި އެވެ.
އޭސީސީން ތަހުގީގެއް ފަށާފައި ނުވަނީސް، ފަނޑިޔާރު އަޒްމިރަލްދާގެ މައްޗަށް ތަހުގީގެއް ކުރަމުންދާ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ޝާމިލް ސިޓީއެއް ފޮނުވުމަކީ ދޮގު މައުލޫމާތު ދިނުން ކަމަށް ބުނެ އެ މައްސަލަ ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އެ މައްސަލާގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރި މައްސަލައިގައި ވެސް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް ވެސް އޭނާގެ ފަރާތުން އެދިފައިވެ އެވެ.
ނަމަވެސް، އެ ދެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބެލެން ނެތް ކަމަށް ފުލުހުން އަންގާފައިވާ ކަމަށް އަޒްމިރަލްދާގެ ވަކީލުން މިއަދު ވަނީ ބުނެފަ އެވެ.
ފުލުހުން ވަނީ އަޒްމިރަލްދާ ހުށަހެޅި މައްސަލަތަކުގައި ޖިނާއީ ކުށުގެ އަމަލެއް ހިންގާފައިވާ ކަމަށް ބަލަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގެ އަޑުއެހުމެއް ފަށަން ތައްޔާރުވެފައި ވަނިކޮށް، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ ހިމެނިވަޑައިގަންނަވާ ގޮތަށް އިތުރު ދެ ފަނޑިޔާރުން މިދިޔަ ފެބްރުއަރީ 26 ވަނަ ދުވަހު ސަސްޕެންޑުކުރީ އޭސީސީން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ.
އެކަމަކު، އެ ކޮމިޝަނުން ބަލަނީ ކޮން މައްސަލައެއް ކަމެއް މިހާތަނަށް އަދި ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން ވެސް، ފަނޑިޔާރުންނަށް ތުހުމަތުކޮށް އޭސީސީން ތަހުގީގު ކުރަމުން ދަނީ ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ.
އެހެންވެ، ފަނޑިޔާރު އަޒްމިރަލްދާ ވަނީ ޝާމިލް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ދޮގު މައުލޫމާތު ހިމެނި ކަމަށް ތުހުމަތު ކުރައްވައި، އޭސީސީއަށް ވެސް މިދިޔަ މަހު މައްސަލަ ހުށަހަޅައިފަ އެވެ. އެ ކޮމިޝަނުން އެ މައްސަލަ ވަނީ ބަލައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަދީ
10 April 2025
މިނިވަން ( މިނިކާ ) މުއައްސަސާތަކުގެ މަގާމުތަށް ހޯދައިގެން ދޮގުހެދުމާއި މީހުންގެ އަބުރު ކަތިލުމާއި ދޭތެރެ ޖެއްސުން ފަދަ ކަންކަށް ކުރުމަކީ މިމުޖުތަމައުގައި ވަރަށްރީތި ކަމަކަށް ވެއްޖެއެވެ. ސަބަބަކީ މަގާމާއި ފައިސާގެ ދަހިވެތި ކަމެވެ. މިގައުމުގައި ސިއްރުކުރަށްޖެހޭ ކަމަކީ ގައުމުގެ މިނިވަންކަމާއި އަމާންކަށް ގެއްލިދާނެކަމަށްކަށް ވާނަމައެވެ. އެހެންނޫން ކަމަށްވާނަމަ އެބޭފުޅުން ނާޖާއިދް ފައިދާ ލިބިގަތުމަށް ކުރާކަމެކެވެ. އެހެނީ ލަދެތް ހަޔާތެއްވެސް ނެތީއެވެ.
ރިސްމީ
10 April 2025
ތި މީސް މީހުންނަކީ އިންސާފް ގަނެވިއްކާ މީހުން ، މާލަސް ވެސްޖެއް ތި މީހުން ބޭރުކޮށްލަ ޯކޮންތާކުން ހޯދިފައިސާ އިން ތޯ ޔޫކޭ ގެދޮރު
ދުސްތޫރު
10 April 2025
ސީޕީ ސުޖާއަކީ ނާޤާބިލް ސިޔާސީ މީހެއް މި ވެރިކަން އައިފަހުން ފުލުހުންގެ ޚިދުމަތް ދުވަހަކު ނުވެއްޓޭފެންވަރަށް ވެއްޓިއްޖެ. ކުރިންވެސް އިތުބާރު ގެއްލިފައޮތް މުއައްސަސާއެއް އިތުރަށް ފުނޑިއްޖެ. ދެން ކޮން މައްސަލައެއްތޯ ބެލޭނީ?
ޖަގޭ
09 April 2025
މިފަދަ މައްސަލައެއް ނުބެލޭނެ ކަމަށް ނިންމުމަކީ ލަދުވެތި އަދި ހިންގި ބޮޑު ޖަރީމާއެއް، މިކަމުގައި ޝާމިލްވި ކޮންމެ މީހަކާ ޤާނޫނު އަރާހަމަކުރާނެ، ނުބަލައިފި ނަމަ މަދަނީ ބަސްނޭހުމެއްގެ ބޮޑު ހަރަކާތެއް ހިންގާނެ ކަމީ ޝައްކެއްނެތް ކަމެއް...
ރާވެރިބެ
09 April 2025
މައްސަލަ ނުބެލޭނެ ކަމަށް ނިންމި ފުލުހުންގެ ވެރިންނާ އަދި އޭސީސީގެ ވެރިންގެ މައްސަލަ ބަލާނެ ދުވަހެއް މާލަހެއް ނުވެ އެބައާދޭ. މިދައުރު ނިމޭނެތާ.
ވޯލް
09 April 2025
މި ޤައުމުގައި ހުރިހާ ގޯހެއް ހަދާ ބަޔަކީ ފުލުހުން. އެކަން އެންމެ ރަގަޅަށް ފެނިގެން ދިޔައީ 7 ފެބްރުއަރީ 2012 ގައި. އޭގެ ކުރީގައި ދިވެހިންގެ ލޯކުރިމަތީ މިވެރިން ހަދާގޯސް ނުފެނޭ. މިހާރު ފުލުހުންގެ އިދާރައާ ޖުޑިޝަރީ އަކީ ރައްޔުތުންގެ އިތުބާރެއް ނެތް ދެ ދާއިރާ.
ދޮންބެއްްޔާ
09 April 2025
މަހީކުރީ މިއީ ޒަރާގެ ދޮންތަ ކަމަށް.
ޑރ ސޮސެޖް ލިވާރޕޫލް
09 April 2025
ދޮގު ހެކި ދިނުމާއި ނުފޫޒު ގައި ދެންފަހެ އޭނާ ޝާމިލްވިއެވެ.
ބޮޑު ކަހީނުގެ ހުކުމް ނެރޭނެ
09 April 2025
ޖަލުގެ ތޭރިތަކުގެ ތެރޭގައި ޝާމިލްވާނެ ދުވަސް ފާހަކުރުން ބޮޑުކޮށް އޮންނާނެ.
ސުލައިމާން
09 April 2025
ފުލުހުންންގެ ވެރީންނަ އިތުބާރު ކުރުމަކީ, ކުރެވޭ އެއްމެ ބޮޑު މޮޔަކަން, ބަނޑުހާވެފަ އޮތް ސިންގާގެ ކާރިޔަ މުސަޅެއް ބައްހައްޓާފަ ޖެހިގެން އަންނަ ދުވަހު އޭތި ނުކައި އޮންނާނެކަމަށް ހީކުރާނަމަ, އެމީހުންނަށް އިތުބާރު ކުރަންވީ.