ބޮޑުތަކުރުފާނުމަގު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކުރަނީ: ބޮޑުތަކުރުފާނުމަގުގެ ތާރު ނާޅާ އޮތް ސަރަހައްދު ތަރައްގީކުރަން އެމްޓީސީސީއާ ވަނީ ހަވާލު ކޮށްފައި --- ފޮޓޯ/ހައުސިން މިނިސްޓްރީ
09 އެޕްރީލް 2025 - 14:57
ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅައި އޮތް ސަރަހައްދުގައި ތާރު އަޅައި، މަގު ތަރައްގީކުރަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭ ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއްގައި ވަނީ ތާރު އަޅައިފަ އެވެ. ނަމަވެސް، ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ރަސްފަންނާ ހަމައަށް ތާރެއް ނާޅަ އެވެ.
އެ ސަރަހައްދު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މިނިސްޓްރީން ބުނީ ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގައި މަޝްރޫއުގެ ދަށުން ތާރު އަޅާނެ ކަމަށެވެ. މަގުގައި ތާރު އަޅާނީ މަގު ފުޅާކޮށްފަ އެވެ. މަގު ފުޅާކުރާއިރު، އެއްގަމު ތޮށި ބޭރަށް ޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މަގު ތަރައްގީކުރާނީ ކޮޅަކަށް ދެ ލޭނު އޮންނަ ގޮތަށް ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ފެން ހިންދާ ނިޒާމާއި ދުވާރު ގާއިމްކޮށް، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރުން ހިމެނޭ ގޮތަށް މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 144 މިލިއަން ރުފިޔާއަށް، 455 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
އެ ސަރަހައްދުގައި ތާރު އަޅައި ތަރައްގީ ކުރަން މިދިޔަ ސަރުކާރުން ވެސް ނިންމި އެވެ. އެ މަސައްކަތް ވެރިކަން ނިމެން ކައިރިވެފައިވަނިކޮށް އެމްޓީސީސީއާ ހަވާލުކުރަން ނިންމި ނަމަވެސް މަސައްކަތް ނުފެށެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮސް
10 April 2025
ދިވެހި ރާއްޖެ މިހާރު ހިނގަނީ ކޮމިއުނިސްޓު ޤައުމުތަކުން ކަންކުރާގޮތަށް. އެއްއަތުން އަނެއް އަތަށް ކާންދެނީ. ދެން ކިހިނެތް ކޮރަޕުޝަން ބަލާނީ...ކިހިނެތް ރައްޔިތުން ތަނަވަސްވާނީ. 2028 އާއި ހަމައަށް މިކަން ކުރެވޭނީ...އޭގެ ފަހުން މުއިއްޒަށާއި ޕީ.އެން.ސީއަށް ގުޑުބައީ...
ކަރިޝް
10 April 2025
ގައިމު ކުރިން އަޑުއިވުނު ބޭރުބަޔަކާހަވަަލުކޮށްގެން މާލެ މަގުތައް ހަދާވާހަކަ ކިހެނެއްބާ މިވަނީ ބޭރުގައުމަކުން ލާރިކޮޅެއްނުލިބުނުތާ މަގުހަދާދޭނެބަޔަކުވެސް ނުވީ ދޯ
މުރުޝިދް
10 April 2025
މާލޭގެ މަގުތަކުގެ މައްސަލަ ދާއިމީ ހައްލެއް ގެނެސްދޭނެ ޕުލޭނެއް އޮވެގެން މަސައްކަތް މި ކުރަނީ ހަމައެކަނި މިސަރުކާރުން
ޒަކަރިއްޔާ ދީދީ
11 April 2025
ޢެހެންވެތޯ ބާޖަމާލުއްދިީން އެތެރެއަށް ޖައްސާ ، ސީއެޗްއެއްސީ ފުރަގަހުން އޮތްމަގުގެ ފާރު އެތެރެއަށް ޖައްސާ ފަ މަގު ބޮޑުކޮށްފައި މިހާރު އެހުރީ. ރިޔާސީ ކެންޕޭން ގައި މަޖްލިސް އިންތިހާބު ގައި ވެސް ކިހާ ވަރަކަށް ރައްޔިތުން އެދުނީ އެކަންތަކު. ޢަނެއް ކޮޅުން ރައީސް ގެ ހިޔާލު ޕޯޓަލްއަށް ވެސް ކިތައްފަހަރު އެދެވިފައިވަނީ އެކަންކޮށްދޭން. މިހާރު ފޫހިވެއްޖެ.
ލުގުމާން،
10 April 2025
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް މިހަދަނީވެސް މި ސަރުކާރުން، މީ މީގެ ކުރީގެ އެއްވެސް ސަރުކާރުތަކަށް މީގެން އެއްވެސް ކަމެއް ވެގެން ނުދިޔަ
މައުސޫމް
10 April 2025
ކާރު ބާރު ބޮޑު މި ސަރަހައްދު ރަނގަޅު ފެންވަރަކަށް ހަދައިދީ މަގުތައް ފުޅާ ވެގެންދިއުމަކީ އެސަރަހައްދުގަ ހިދުމަތް ހޯދާމީހުންނަށް ލިބިގެންދާނެ ބޮޑު ލުޔެއް
ކައުސަރް
10 April 2025
ރަސްމީ ފާލަން ހުޅުވި ދުވަހު ރައީސް ވައުދުވި ގޮތައް މަސައްކަތް ކުރަން މި އިއުލާންކުރީ.. މުއިއްޒު އޭ ކިޔާއިގެން އިދިކޮޅު މީހުން ދައްކާ ވާހަކަތަކުގެ އެއްވެސް އަސްލެއްނެތްކަން މި އިނގެނީ
ސުޖާބެ
10 April 2025
ހަމަ އެއަނގައިން ނޫންތޯ ވިދާޅުވީ މާލޭގެ ހުރިހާމަގެއް ޗައިނާގެސަރުކާރުން ހިލޭ ހަދަދިދޭން ނިންމާ އަމަލީމަސައްކަތް މިއަހަރުފަށާނެ ވާހަކަ، އާން އަހަރުމެންމިތިބީ ލޮލަށް މިރުސްއެޅިފަ
ދޮން
09 April 2025
ކިހާ ބޮޑުވެއްޖެ ކަމެއް 144މިލިޔަން ދީގެންް މާލޭ ފަޅު އަނެއްކާ ހިއްކައިގެން މަގު ހަދަނީ ، މާލެއިން މީހުން މަދުވާނެގޮތެއް ހަދާބަލަ ، ކޮބާތަ ރަސްމާލެ ބޯހިޔާވެހިކަމުގެ އެއްވެސް ކަމެއް ނުފެށޭ ،
ހާސަރު
09 April 2025
ކޮބައިތަ ޗައިނާ ސަރުކަރުން މާލޭމަގުހެދުން!؟
އަބޫ
09 April 2025
ދޮޅުއަހަރު ތިވަރުގެ މަޝްރޫޢަކަށް ތިޔައްކިޔާނީ މުޢިއްޒު ސްޕީޑެއްނޫން ކަހަނބުދުވެލި
ވޯލް
09 April 2025
ޗައިނާއިން މަގު ހަދާބުނި ވާހަކަވެސް ޗޮކުން. ހަހަހަ. ބަލަ ތޮޔަށްވުރެ ހާލުދެރަ މަގުތައް އެބަހުރި. ކޮންމެ ބަޔަކުވެސް މި ހަދަނީ ވަށާ އޮންނަ މަގު އެކަނި،