މޯލްޑިވިއަންގެ ބޯޓެއް.---ފޮޓޯ: ނިޝާން އަލީ| މިހާރު
09 އެޕްރީލް 2025 - 16:08
ދަތުރުފަތުރުގެ ރައްކާތެރިކަން ހަރުދަނާކުރުމާއި އެކި ހާދިސާތައް ތަހުގީގުކުރަން ވަކި ބޯޑެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އުފައްދަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު" ގެ ނަމުގައި ވަކި ތަނެއް އުފެއްދީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަހުގީގުކުރުމަށް ކަމަށެވެ.
އޭގެ އިތުރުން ސަލާމަތާއި ރައްކާތެރިކަމަށް ރާއްޖޭގެ އެއްގަމާއި ކަނޑާއި އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބަދަލުތައް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް ލަފާދީ، ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ ވެސް އެ ބޯޑުގެ މަސައްކަތެކެވެ.
އެ ބޯޑު ހިންގާނީ ޓްރާންްސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ދަށުންނެވެ.
ވައިގެ އުދުހުންތަކުގައި ހިނގާ ހާދިސާތައް މިހާރު ތަހުގީގު ކުރަނީ ސިވިލް އޭވިޝަން އޮތޯރިޓީންނެވެ. ކަނޑުދަތުރުތަކާ ގުޅޭ މައްސަލަތައް ބަލަނީ މިނިސްޓްރީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސްޕަރޓުން
10 April 2025
ކޮބައިތޯ މިބޯޑަށް އައްޔަންކުރާ އެކްސްޕަރޓުންނަކީ؟
އަބްޑޫޅް +
10 April 2025
ކަޅުބޯޑާއި ޗޯކުތަ؛ ނޫނީ ހުދުބޯޑާއި ގަލަންތަ؛ ނޫނީ ވޮށިފިލަޔާއި އިލޮށިތަ؟
އައިސާއިދީ
09 April 2025
އެންޓީކޮރަޕްޝަންއައުކޭ ކުންފޫނަކަސް އޮވެއި ވޭކަމަށްތެބޯތީ
މޯޖޯޖޯޖޯ
09 April 2025
ތީ އަލަށް އުފެއްދި ބޯޑެއް ނޫން. އަބަދުވެސް އޮންނަ ބޯޑެއްތީ.
ގޮނުއަނގަ
09 April 2025
އެހެންވީމާ ކުރިން އޮތްބޯޑު އޮތީ މަރުވެފައިތާ. ކުރިކަމެއް ފެންނަން ނެތީމާ އަލުން އުފެދުމަކުން އުފެދުނީނު