މޯލްޑިވް ގޭސް: ގޭސް ގަތުމަށް އެޑްވާންސަށް ދެއްކި 3.7 މިލިއަން ރުފިޔާ ގެއްލުނު މައްސަލަ އޭސީސީން ވަނީ ބަލަން ފަށާފައި --
09 އެޕްރީލް 2025 - 21:46
މޯލްޑިވް ގޭހަށް، ގޭސް ގެންނަން ދުބާއީގެ ކުންފުންޏަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) ގެއްލުނު ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަންގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި މޯލްޑިވް ގޭހާ ގުޅޭ އެފަދަ މައްސަލައެއް އެ ކޮމިޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އެ މައްސަލަ އާންމުކޮށް އެންމެންގެ ސަމާލުކަމަށް އައީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ދެއްކެވި ވާހަކަތަކަކާ އެކު އެވެ.
އޭނާ ވިދާޅުވީ، މޯލްޑިވް ގޭހުން އެޑްވާންސްގެ ގޮތުގައި ދެއްކި ގިނަ އަދަދެއްގެ ފައިސާ ގެއްލުނު އިރު، އެ ފައިސާ ހޯދުމަށް ކުރި މަސައްކަތް އަދިވެސް ކާމިޔާބު ނުވާ ކަމަށެވެ.
"އެ ފައިސާ [ގެއްލުނު] ހޯދުމުގައި ވެސް އެއްވެސް ކާމިޔާބެއް ނުވޭ. އެ ކަހަލަ ކަންކަން އެބަހުރި. އެހެންވީމާ، ޕީބީސީން ވަކި ގޮތަކަށް ޕްރޮކިއުމެންޓް ޕޮލިސީއާ އެއްޗެހި ހުއްޓާ، އެއްވެސް ސެކިއުރިޓީއެއް ނެތި ބަޔަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ހަދައި، އެ ގެއްލުމަކީ ވަރަށް ބޮޑު މައްސަލައެއް،" މި ސަރުކާރު ހިންގާ ޕީއެންސީގައި ވެސް އިސް ދައުރެއް އަދާކުރައްވާ ނާޒިމް ވިދާޅުވި އެވެ.
އެފަދަ ވަކި ވަކި މައްސަލަތައް މާލިއްޔަތު ކޮމިޓީން ގާތުން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ނާޒިމް "މިހާރު" އަށް ފަހުން ވިދާޅުވީ، އާންމުކޮށް މޯލްޑިވް ގޭހުން ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކަމަށާއި ދުބާއީގެ ކުންފުންޏަށް ފުރަތަމަ ދެއްކީ ޕޭމަންޓުގެ 30 ޕަސެންޓު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރި ސަބަބު ވެސް މޯލްޑިވް ގޭހަށް ސާފުނުކޮށްދެވުނެވެ. އެ ކަން ހައްލުކުރަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދަށް ފުރުސަތު ދެއްވި ކަމަށާއި ނަމަވެސް އެ ޕޭމަންޓް މިހާތަނަށް ރިކަވާ ނުކުރެވޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ މައްސަލައިގައި މޯލްޑިވް ގޭހުގެ ޕޭރެންޓް ކުންފުނި، އެސްޓީއޯ އިން އެކަން ބަލަމުން އަންނަ ކަމަށެވެ. މި މައްސަލަ ފެންމަތިވުމާ އެކު، އެސްޓީއޯ އިން މިހާރު ވަނީ ގޭސް ގަތުމުގެ ހުރިހާ ބާރެއް މޯލްޑިވް ގޭހުގެ އަތުން ނަގާފައި ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ގޭހަށް އޯޑަރު ކުރުމުގެ ހުރިހާ މަސައްކަތް މިހާރު ކުރާނީ އެސްޓީއޯއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން އާންމުކޮށް، ގޭހުގެ އޯޑަރު ދެނީ ގެންނަ ކޮންމެ ޝިޕްމެންޓެއްގައި 1،000 ޓަނެވެ.
"ކުންފުނިތަކުގެ ޕްރޮކިއުމެންޓް ޕޮލިސީ އާއި ޕީސީބީގެ ގަވާއިދުތަކާ އެއްގޮތަށް ހުރިތޯ ޔަގީން ކުރަން ޖެހޭ،" ނާޒިމް ވިދާޅުވި އެވެ.
އެ މައްސަލައިގެ އިތުރުުން، ކުންފުނިތަކުން ޕްރޮކިއުމެންޓަށް ދާއިމީ ގޮތެއްގައި ބޭކާރު ގިނަ ހަރަދުތަކެއް ކުރާއިރު، އެކަންކަން ހުއްޓުވޭނެ ގޮތްތަކެއް ހޯދަން ޖެހޭނެ ކަމަށް މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
10 April 2025
މިސަރުކާރުންވެސް ކޮރަޕްސަން ހުއްޓުވުމުގެ ނަމުގަ ރައިއްޔަތުންގެ ލޮލުގަ އަނދުންއަޅުވަން އަނބުރަނީގޭސް. އެޗްޑީސީ، ހައްޖު، އުމްރާ، ކަސްޓަމް، އިމިގްރޭސަން + + މިކަހަލަ ކިތައްމައްސަލަ ގަދައަޑެއްކިޔާފަ ފަށާފަ ހިނދިއްޖެތޯ؟. އެއްވެސް މައްސަލައެއް ނުނިމި ކުއްވެރިން ދެމަހެއްފަހުން ގޭގަ ލިބުނުލާރިގަނޑުގަ އަރާމުގަ.
ޑރ ވާންޗޯ
10 April 2025
އޭސީސީން ތިމައްސަލައެއް ބަލަންއުޅެ ނުބެލި ނޫނީ ހިނދިފަތޯއޮތީ، މަޖްލިސްތެރޭ ގޮވާލީމަ އޭ އަހަރުމެންވެސް ތިމައްސަލަ އެބަބަލަމޭ!!!.
މިގްދާދްް
10 April 2025
މި ސަރުކާރުން ފިޔަވަޅު އެޅުމުގައި މޫނަކަށް ކަނދުރާއަކަށް ނުބަލާނެ. ވަރަށް ސާފް
އަލީމާާ
10 April 2025
މި ސަރުކާރުގަ މިފަދަ ވައްކަންތަށް ކުރާމީހުންނަކަށް ޖާގައެއް ނެތް. މިކަން ހައްލުކުރާނެކަމާމެދު އެއްވެސް ޝައްކެތް ނެތް.
މިންގ ހެންގ
10 April 2025
އެސީސީއިން ތިމައްސަލަ ބަލާ ނިމޭއިރު މޯލްޑިވް ގޭސް ވެސް އޮންނާނީ ގެއްލިފަ. މަށަށް ރަގަޅީ ބޮޑަށް މޯލްޑިވް ގޭސް އިން އޭސީސީގެ މައްސަލަ ފުރަތަމަ ބެލިއްޔާ.އޭސީގަ ތިބީ ހުސް ގޭސް އަނބުރާ ބޭފުޅުން.
ޝަހުބާން
10 April 2025
ވަގުންނަށް މިސަރުކާރުން ފުރުސަތު ނުދޭނެ. އެކަން މިދަނީ ފެނިގެން.
ތުއްތޮންބެ
10 April 2025
މުސްކުޅި ހަރުބަހެއްގައޮވޭ އަތުގަހޭކެންޏާ ދަތުގަވެސްހޭކޭނޭ އަދި އަމިއްލަބާލީހަށް ބަންޑާރަކަފަލުން ވީމާ ކެޔޮކޭވަރު އެނގޭނީ ބިތުފަންގިނެގީމަ.
ލީންާ
10 April 2025
ތީ މިހާރު ހުރިހާ ކުންފުންޏެއްގެ ވެސް ހާލު، ހުސް ކޮރަޕްޝަން......
ޖައުނާާ
10 April 2025
ތިޔައީ ހަމަ ކަނޑައެޅިގެން ދޮގެއް. ރައީސް މުއިއްޒު މިދަނީ ކަރަޕްޝަން ހުއްޓުވަން ވަރަށް މަސައްކަތްކުރަމުން. މިކަން އެނގޭނެ ރައްޔިތުންނަށް.
ލިފާޒް
10 April 2025
ކޮރަޕްޝަން ހުއްޓުވަން އައި ސަރުކާރުން އޮފީސްތަކާއި ކުންފުނިތަކަށް ނަގާފައި މިތިބީ އެންމެ ކޮރަޕްޓް މީހުންކަން މިއެނގެނީ، އާދައިިގެ ރައްޔިތުން މިޖެހެނީ ބޭސްފަރުވާއަށްވެސް ސަލާންޖަހަން
މިސްޓަރ ޓިނޭ
10 April 2025
ބިސްމި ކިޔާފަ ، ގައުމީ ސަލާން ކިޔާފަ ތި ބަނޑުފުޅު އަޅުއްވާލީ' ދެން މީނާގެ އެކައުންޓެއްގަ ފައިސާހުއްޓަސް އެވާނީީ ސަފާރީ އެއް ބަންނަން މީހަކު ދީފަހުރި ފައިސާ ކަމަށް