މޯލްޑިވް ގޭހުގެ އެމްޑީ އަބްދުﷲ މުހައްމަދު: ގޭހަށް އޯޑަރު ކުރުމުގެ ހުރިހާ ބާރެއް މިހާރު ވަނީ ސީދާ އެސްޓީއޯ އަށް ނަގާފައި.---ފޮޓޯ: އެސްޓީއޯ
09 އެޕްރީލް 2025 - 17:01
މޯލްޑިވް ގޭހަށް، ގޭސް ގެންނަން ދުބާއީގެ ކުންފުންޏަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) "ގެއްލުނު" މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އެ މައްސަލަ އާންމުކޮށް އެންމެންގެ ސަމާލުކަމަށް އައީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ދެއްކެވި ވާހަކަތަކަކާ އެކު އެވެ.
އޭނާ ވިދާޅުވީ، އެޑްވާންސްގެ ގޮތުގައި ދެއްކި ގިނަ އަދަދެއްގެ ފައިސާ ގެއްލުނު އިރު، އެ ފައިސާ ހޯދުމަށް ކުރި މަސައްކަތް އަދިވެސް ކާމިޔާބު ނުވާ ކަމަށެވެ.
"އެ ފައިސާ [ގެއްލުނު] ހޯދުމުގައި ވެސް އެއްވެސް ކާމިޔާބެއް ނުވޭ. އެ ކަހަލަ ކަންކަން އެބަހުރި. އެހެންވީމާ، ޕީބީސީން ވަކި ގޮތަކަށް ޕްރޮކިއުމެންޓް ޕޮލިސީއާ އެއްޗެހި ހުއްޓާ، އެއްވެސް ސެކިއުރިޓީއެއް ނެތި ބަޔަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ހަދައި، އެ ގެއްލުމަކީ ވަރަށް ބޮޑު މައްސަލައެއް،" މި ސަރުކާރު ހިންގާ ޕީއެންސީގައި ވެސް އިސް ދައުރެއް އަދާކުރައްވާ ނާޒިމް ވިދާޅުވި އެވެ.
އެފަދަ ވަކި ވަކި މައްސަލަތައް މާލިއްޔަތު ކޮމިޓީން ގާތުން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ނާޒިމް "މިހާރު" އަށް ފަހުން ވިދާޅުވީ، އާންމުކޮށް މޯލްޑިވް ގޭހުން ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކަމަށާއި ދުބާއީގެ ކުންފުންޏަށް ފުރަތަމަ ދެއްކީ ޕޭމަންޓުގެ 30 ޕަސެންޓު ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރި ސަބަބު ވެސް މޯލްޑިވް ގޭހަށް ސާފުނުކޮށްދެވުނެވެ. އެ ކަން ހައްލުކުރަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދަށް ފުރުސަތު ދެއްވި ކަމަށާއި ނަމަވެސް އެ ޕޭމަންޓް މިހާތަނަށް ރިކަވާ ނުކުރެވޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ މައްސަލައިގައި މޯލްޑިވް ގޭހުގެ ޕޭރެންޓް ކުންފުނި، އެސްޓީއޯ އިން އެކަން ބަލަމުން އަންނަ ކަމަށެވެ. މި މައްސަލަ ފެންމަތިވުމާ އެކު، އެސްޓީއޯ އިން މިހާރު ވަނީ ގޭސް ގަތުމުގެ ހުރިހާ ބާރެއް މޯލްޑިވް ގޭހުގެ އަތުން ނަގާފައި ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ގޭހަށް އޯޑަރު ކުރުމުގެ ހުރިހާ މަސައްކަތް މިހާރު ކުރާނީ އެސްޓީއޯއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން އާންމުކޮށް، ގޭހުގެ އޯޑަރު ދެނީ ގެންނަ ކޮންމެ ޝިޕްމެންޓެއްގައި 1،000 ޓަނެވެ.
"ކުންފުނިތަކުގެ ޕްރޮކިއުމެންޓް ޕޮލިސީ އާއި ޕީސީބީގެ ގަވާއިދުތަކާ އެއްގޮތަށް ހުރިތޯ ޔަގީން ކުރަން ޖެހޭ،" ނާޒިމް ވިދާޅުވި އެވެ.
އެ މައްސަލައިގެ އިތުރުުން، ކުންފުނިތަކުން ޕްރޮކިއުމެންޓަށް ދާއިމީ ގޮތެއްގައި ބޭކާރު ގިނަ ހަރަދުތަކެއް ކުރާއިރު، އެކަންކަން ހުއްޓުވޭނެ ގޮތްތަކެއް ހޯދަން ޖެހޭނެ ކަމަށް މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
10 April 2025
މި އަބުޅޯއާއި ފްލައިޓު ތެރޭން ދިމާވެގެން ބުނީ ކެމްބޯޑިއާގައި އޮތް ގޭސް ކޮންފަރެންސަކަށް ގޮސްސަޔޯ މިއަންނަނީ. ނެޓުން ބަލައިގެން ތަނެއްގަ ގޭހާއި ގުޅޭ އެއްވެސް ކަމެއް އޮތިއްޔާ ހޮލިޑޭ ހަދާލުމުގެ ބޭނުމުގައ ގްރޫޕް ހަދާފައި އެތަންތަނަށް ދިއުން މިމީހުން ކުރާ މަސައްކަތަކީ.
ހޮޓްކިންގ
10 April 2025
މިޢަބްދުﷲކަހަލަ ފަޒުލް ކަހަލަ މީހުން ވަރަށް ގިނަ. ކުރީ ސަރުކާރޭ ކިޔާ ޓީވީތަކުގަ، ޕޯޑިއަމްތަކުގަ އެއްޗެހި ގޮވަން ތިބެން ލަދެއްވެސް ނުގަނޭ. ޚިޔާނާތް އިންތިހާ. މާދަމާ ވެރިކަން ބަދަލުވިޔަސް އެކޮޅަކަށް ބަދަލުވާނެ.
ވޯލް
10 April 2025
މިއީ ބޮޑު ހިޔާނާތެއް. އެޑްވާންސްކޮށް މިހާ ގިނަ ފައިސާ ދޭއިރު ބޭންކް ގެރެންޓީއެއް ނަގަންޖަހޭނޭ. މިއީ ވަގުތުން އެމްޑީ ސަސްޕެންޑް ކުރަންޖަހޭ ކަހަލަ ކަމެއް.
ބަޑިތަކުރު
10 April 2025
ކޮންމެ ވެރިކަމެއްގައިވެސް ކޮންމެ ބަޔަކުވެސް ހަމަ ބާރެއް އަތަށް އަރާއިރަށް ދައުލަތް ލޫޓުވުން ނޫންކަމެއް ނުކުރޭތާއެވެ. ގޭސްގަތުން އެސްޓީއޯއަށް ބަދަލުކުރިވާހަކަ އޮތްއިރު ތިޔަކަމުގެ ޒިންމާ އުފުލަން ހުރިމީހާއާމެދު އެޅިފިޔަވަޅެއް ނޭނގުނެވެ.
2025
10 April 2025
ޢެއީ މަގޭ ބޯ ފަންކޮށްލަން ނެނގިއެއް......ބޮއިހަލަކި
ހަސަންތައްކާނު
10 April 2025
އަބުދުއްﷲ ކޮބާ އެއްކަލަ އެހެންމީހުނަށް މަލާމާތްކުރަމުން އިލްޒާމު އަޅުވަމުން ހިނިބަޑިލައްވަމުން ދެއްކިވާހަކަތަޢް. ކިހިނެއްބާމިވީ. ބޮޑެތި ވިޔަފާރި ކުންފުނިތައް ހިންގުމާއި ހަވާލުވެ ހުންނަމީހާ މިޒަމާނު ގަނެވިއްކަން ފައިސާގެންގުޅޭ އުސޫލު ނޭގުމަކީ ކިހާދެރަކަމެއް. ދެންމިކަމުގައި އޮތީ ދެގޮތް. މިކަމުގައި ތަންދޮރު ނުފިލައި ހުރުން އެހެންނޫނީ ބަޔަކާއި ގުޅިގެން ލާރިކޮޅު ނިޒާމިން ގެއްލުވާލާ މިލްކުކޮށްލުން.
ސައިކަލް ޓެކްސީ
10 April 2025
އެކްޓިވިސްޓުންނަށް އޮޅޭމީހުންނަށް ބޮޑެތި މަގާމުތައް ދިނީމަ ވާގޮތް މިފެންނަނީ. ސަރުކާރުގެ ކަންކަން ކުރަންޖެހެނީ ވަކި އުސޫލުތަކަކަކާ ހަމަތަކަކާ އެއްގޮތަށްކަން ނުވެސް އެނގެނީ!
ާކަޓް
10 April 2025
ގޭސް ގަންނަމުން އައި ކުންފުނި ބަދަލް ކުރީ ކީއްވެކަން ދިދައިގެ ތަޖުރިބާ ކާރައް ނޭނގި ނުހުންނާނެ. ތިވާހަކަ ރައްޔަތުން ދައްކާތާވެސް އަހަރެއް ވެއްޖެ.ސަރުކާރު ކަހާތާ ހިރުވައިނުލައި އޮންނާނީ ވެސް ބޮޑެތީންނަ ބައި އެޅޭތީ.
ގުޅިގެން
10 April 2025
މަގޭ ހިތަށްވެސް އަރަނީ ތިހެން. ރަށުތެރޭގައި މިވާހަކަދައްކާތާ އަހަރެއް ވަނިއްޔޭ. އިއްޔެ އޮޅިގެން ބުނެވުނަސް އެއީ އިއްޔެ ހިނގިކަމެއް ނޫނޭ. ވައްކަމެއް ނުވަތަ ކަރަޕްޝަނެއްގެ އަޑުއިވޭއިރަށް ކުޑަކޮށް ހަލުވާލާފައި މަޑުވެދޭ. މިހާތަނަށް އެއްވެސްކަމެއް ބުއްދިއަށް ގަބޫލުކުރެވޭ މިންވަރަށް ބަލައި ފިޔަވަޅެއް އެޅިކަމަށް ނުބެލެވޭ.
ސަރަނގ
09 April 2025
ައަންހެނުންގެ ނަމުގާ ގެ އަޅާނިމެނީ.މިހާރު އޯކޭވާނެ ގޮތް ހޯދައިފި.
ސައިންޓިސްޓް
09 April 2025
ގޭސް ގަންނަން ދިން ފައިސާ ގޭހަށްވީ. އެއީ ވީގޮތަކީ. އެހެންވީމަ ދެން އެ ގެއްލޭނީނު. ގޭހަކީ ފެންނަ އެއްޗެއްނޫން. ނުލާހިކު ބާރަށް ނުކުމެގެން ދާ އެއްޗެއް. ބައެއްފަހަރު އަޑުބާރުކޮށް. ދެން އެހޯދާނީ ކިހިނެއް.