"ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް"ގެ ނަމުގައި ބޭއްވި މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ހަލީލް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
11 އެޕްރީލް 2025 - 22:45
ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށްޓަކައި މަޝްވަރާ އާއި ޑިޕްލޮމެސީގެ އިސްކުރުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ބާރުއަޅުއްވައިފި އެވެ.
އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރު ވަނަ އެޑިޝަންގެ ތެރޭގައި ޖަޕާނުގެ ސަސަކާވާ ޕީސް ފައުންޑޭޝަން އާ ގުޅިގެން "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް"ގެ ނަމުގައި ބޭއްވި މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަންގައި، ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ޚަލީލް ވަނީ މި ސަރަހައްދުގެ ޖިއޮޕޮލިޓިކަލް މަސްރަހު ބަދަލުވަމުންދާ ގޮތުގެ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ.
މިގޮތުން، ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށްޓަކައި މަޝްވަރާ އާއި ޑިޕްލޮމެސީގެ އުސޫލުތައް އިސްކުރުމުގެ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިނިސްޓަރު ވަނީ އެކަމަށް ބާރުއަޅުއްވައިފަ އެވެ.
އަދި ދުނިޔޭގެ މަސްރަހުގައި ދިމާވާ އެކިއެކި ނުތަނަވަސްކަން ކުޑަކުރުމުގައި ސަރަހައްދީ އަދި ބަނަލްއަގުވާމީ ޖަމްއިއްޔާތަކުން އަދާކުރަމުންދާ މުހިންމު ދައުރު ހަލީލް ވަނީ ފާހަގަކުރައްވައިފަ އެވެ.
"ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް"ގެ ނަމުގައި ބޭއްވި މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ހަލީލް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
އެ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް ވެސް ވާހަކަ ދައްކަވައިފަ އެވެ.
މީގެއިތުރުން، ގުދުރަތީ ގޮތުން، ރާއްޖެ އޮތް ސަރަހައްދުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ސަލާމަތާއި ފާގަތިކަމަކީ، މުޅި ސަރަހައްދުގެ ހަމަޖެހުމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެއްކަން ހަލީލް ފާހަގަކުރެއްވި އެވެ.
މި ޕެނަލް ޑިސްކަޝަންގައި ހަލީލުގެ އަރިހުގައި ސަސަކަވާ ޕީސް ފައުންޑޭޝަންގެ ރައީސް ޑރ. އަޓްސުޝީ ސުނާމީ އާއި ސްޓޮކްހޯމް ސެންޓާ ފޮ ސައުތު އޭޝިއަން އެންޑް އިންޑޯ ޕެސިފިކް އެފެއާޒްގެ ހެޑް ޕްރޮފެސާ ޖަގަނަތު ޕަންޑާ ވެސް ބައިވެރިވެވަޑައިގަތެވެ.
އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ހަލީލް ތުރުކީވިލާތަށް ވަޑައިގެންނެވީ އެ ގައުމުގެ ހާރިޖީ ވަޒީރު ހަކާން ފިދާންގެ ދައުވަތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
12 April 2025
ހޫމް. އެއްކަލަ ހަލީލު ދޯވު.
ހަމްދާ ސައީދު
12 April 2025
މަނިކުފާނު އަދިވެސް ހަމަ އިންޑިޔާ އައުޓްތޯ
ފެކްޓްްް
12 April 2025
އަމިއްލަ ވެރިކަމުގައި މަޝްވަރާ އެއީ ކޯއްޗެއްކަން ނޭނގޭ ނޫނީ ނުބައިނުލަފާކަމުން އާންމުންނަކީ އެއްވެސް ބަޔަކަށް ނަހަދާ ބަޔަކު، މަޝްވަރާކުރާށޭ ކިޔާފަ ވާހަކަ ދައްކަވަން ލަދުފުޅު ނުގަނޭތޯ. ވެދާނެ އިނގިރޭސި ބަހުން ބުނުއްވީމާ އެއީ އަމިއްލަ މީހާއަށާ ޤައުމަށް ނިސްބަތްނުވަނީ ކަމަށްވެސް. ދެއްތޯ.
ވާސަރީ
12 April 2025
އެހެންބުނާ މީހުންގެ ސަރުކާރުން މަޝްވަރާތޯ އިސްކުރަނީ. ފެންނަނީ ގަދަބާރުން ބިރުދައްކައިގެން ތިމާމެން ބޭނުންގޮތަކަށް ހުރިހާކަމެއް ކުރަމުން ދާތަން.
ސަަސި
11 April 2025
ހަލީލުމެން ތިކަމާ ނޫޅޭތީއޭ ބޮޑެތި ގައުމުތަކުން އެކަމާ އަޅާނުލަނީވެސް.