12 އެޕްރީލް 2025 - 12:43
ހުޅުމާލެ 1 ގެ ކެފޭއެއްގައި ދެ ބިދޭސީންގެ މެދުގައި ރޭ މާރާމާރީއެއް ހިންގައިފި އެވެ.
ފުލުހުން ބުނީ ރޭ 10:08 ހާއިރު ރިޕޯޓު ކުރި މި މާރާމާރީ ހިންގީ ނޭޕާލުގެ މީހަކާއި ބަންގްލަދޭޝް މީހެއްގެ މެދުގައި ކަމަށެވެ.
އެ ދެ ގައުމުގެ ދެ ފިރިހެނުންގެ މެދުގައި ހިންގި މި މާރާމާރީގައި ބަންގްލަދޭޝް މީހާ އަށް އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާ އަށް އެއްވެސް ސީރިއަސް އަނިޔާއެއް ވެފައެއް ނުވެ އެވެ.
މި މައްސަލާގައި ހިމެނޭ ނޭޕާލު މީހާ ތަހުގީގުގެ ބޭނުމަށް ހަތް ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކޯޓުން މިއަދު އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މައްސަލަ ހިނގައިދިޔަ ގޮތް އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުނާރުއަލީ
12 April 2025
ކިހާ ބޮޑު މުސީބާތެއް ތޯ މީ. ޖަލަށް ލާބަލަ ޑީޕޯޓުކުރުމުގެ ކުރިން ފުރަތަމަ
ފައްޔާޒުއްދީން
12 April 2025
އަވަހައް 10 އަހަރައް ޑީޕޯރޓް ކޮއްލާ. އެންމެ ދުވަހަކުވެސް ރާއްޖޭގަ ބަހައަޓާނެ ކަމެއްނެތް
ކޮރަލް
12 April 2025
ބިދޭސީ ވިޔަފާޜި ވެރީންގެ މައްސަލަ އަށް ހައްލެއް ނުހޯދި މިދިޔައީ އެއް އަހަރު ވެގެންނެވެ. ވިޔަފާރި ތަކުގަ 100 ޕަސެންޓް ބިދޭސީން ނެވެ. ރިޕޯޓެއް ކޮށްލާއިރު ފުލުހެއް ނޫނީ ސިފައިންގެ މީހަކު ނޫނީ ސިވިލް ސާވިސް މީހަކަށް 5 ހާސް ރުފިޔާ ދީގެން ކުރާ ވިޔަފާރި އެވެ. އޭނަ ސަލާމަތް ކުރަން މިހުންނަނީ ގާނުނު ތަންފީޒު ކުރަން ހުންނަ މީހާ އެވެ. މިހާރު ވެސް ކޯޓާ ދޫ ނުކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރީ ތަކުގަ ހުރި ކޭޝިއަރުން ޑިޕޯޓް ކުރަން ވީ އެވެ.
އަޅި އަލި
12 April 2025
މާރާމާރީ ހި ންގާ ބިދޭސީން ޑިޕޯޓް ކުރެވޭނެ އުސޭލެއް ހަދާބަލަ! މިގައުމަށް ތިބޭފުޅުން އަންނަނީ މާރާ މާރީ ހިންގާ މިގައުމަުގެ އަމްން ކަން ނަގާލާކަށެއް ނޫން!
ބެލެނިވެރިން
12 April 2025
ކޮބާ އެބަފެނޭ ބިދޭސީން ގެނެސް ގެން އަތައްގޮވަނީ ، ދެން ބޭރުމީހާ އަތުން ލާރިކޮޅެއްނަގާފަ ދޫކޮއްލާ
ބިއްލެ
12 April 2025
އަދިވެސް ގެނެވޭ 20000 ކަޓު ދީގެން. ފައިސާ ބަލާ އަންނާނީ އެމީހުންގެ ބޯއީއެއް. ކޭޝް ބޭނުންވާނީ.
ސީދާ ސ
12 April 2025
ކެފޭ ގެ ނަން ހާމަ ނުކުރެވުނީ ޚާއްޞަ މީހެެއްގެ ކެފޭއެއްވީމަތަ؟
މުރާސިލް
12 April 2025
މާރާމާރީ ދެވަނަ ފަހަރު ހިންގަން އެމީހުން މި ޤައުމުގައި ބައިތިއްބައިގެން ނުވާނެއެވެ. މިއަދު ދިވެހިންނަށްވުރެ ގިނައިން އެކި އެކި ޖަރީމާތަައް ހިންގަނީ ރާއްޖޭގައި އުޅޭ ބިދޭސީންނެވެ. މި ގައުމުގެ ވެށި އަމާންކުރަން ބޭނުން ނަމަ، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނާއި މެދު މިހާރަށްވުރެ ހަރުކަށި ފިޔަވަޅު އަޅަން ޖެހެއެވެ.