ލާމު ލިންކް ރޯޑުގައި މާންދޫ ގުޅުވައިދޭ ހިސާބުގައި އޮންނަ ބެންޑު -- ފޮޓޯ: އަބީދު
12 އެޕްރީލް 2025 - 13:30
ލާމު ލިންކު ރޯޑުގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި 30 އަހަރުގެ ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.
ލ. ގަމާއި ފޮނަދުއާ ދެމެދު ހަދާފައި އޮންނަ ލިންކު ރޯޑުގައި އެކްސިޑެންޓު ހިނގީ މާންދޫ ގުޅުވައިދޭ ހިސާބުންނެވެ.
މި އެކްސިޑެންޓުގައި މަރުވީ ލ މާބައިދޫ، ސޫރަޖްވިލާ، އިބްރާހިމް ނައުޒަމް އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، އެކްސިޑެންޓު ހިނގަން މެދުވެރިވީ ޒުވާނާ ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލް ނުވެ، މަގުގެ އެއްފަރާތުގައި ޖެހިގެން ކަމަށެވެ.
ނައުޒަމް މަރުވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް، މިއަދު ހެނދުނު 8:45 ހާއިރު އެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ބޮލަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފަ އެވެ.
އެކްސިޑެންޓު ހިނގީ ލިންކު ރޯޑުން ދުއްވާފައި ގޮސް މާންދު އަށް ލަނބާލާ ހިސާބުން އޮންނަ ބެންޑުގަ އެވެ. އެ ސަރަހައްދުގައި މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމަދޫ
13 April 2025
އެހެންނޫނަސް ދަންވަރު ދުއްވަން ނުކުތުން އެހާބުއްދިވެރި ކަމެއް ނޫން. އުޅޭނެ ފާޑުފާޑުގެ އެއްޗިތި. ބާރަށް ދުއްމުމާއި މަސްތުގެ ހާލަތުގަ ދުއްވުމާ މީއީ ބަލަން ޖެހޭނެ ކަންކަން. އެކަމަކު ނިޔާވީމަ ދެން ނުބެލޭނެތާ. މާތް ﷲ މައްޔިތާ އަށް ހެޔޮ ރަހްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި އާމީން
ޑޯންޓް ޑްރިންކް އެންޑް ޑްރައިވް
13 April 2025
މިތާ މަގު ގޯސްކޮށްފަ ކޮމެންޓުކުރަން އިނގޭ، އެކަމަކު މަސްތުގެ ހާލަތުގަ ދުއްވާ މީހުން ގޯސްކުރާކަށް ނުކެރޭ. ފުލުހުންވެސް އެބަޖެހޭ އެކްސްޑެންޓުތަކުގަ ހިމެނޭ ފަރާތްތަކުގެ މަސްތުގެ ހާލަތު އިއުލާންކުރަން. އެއީ ބޭރު ގައުމުތަކުގަވެސް ކުރާކަމެއް.
ސަލީމު އިދުރީސް
13 April 2025
ފޮޓޯއިން ފެންނަނީ އާންމުކޮއް ލިންކު ރޯޑުތަކުގަ ހުންނަކަހަލަ އެސްބެންޑެއް! އާދައިގެ ލިންކުރޯކައްވުރެ ފެންވަރު ރަނގަޅުކޮން މަގުހަދާފަ އޮތަސް ބެންޑުގެ ރައްކާތެރިކަން ފުރިހަމަ ވެފަހުރިތަން ފޮޓޯއިން ނުފެނޭ! ބެލެވޭ ގޮތުގަ ތިއަކީ މަރުގެ ދަންތޫރައެއް
އަހުމަދުބޭ
13 April 2025
ގޯސްމިވީ އެންމެފަހުން މަގެއްނޫންތޯ ؟ ދުއްވައި މީހައިގެ ޒިންމާއެއް ނެތެއްނޫންތޯ، ކޮއެފުޅައި މަޑީހަމަ ދުއްވޭލެއް، ކޯންޓޯރޯލް ގެއްލޭވަރަށް ދުންވަންޏާ މިފަދަ ހާދިސާ ހިންގައިނެ، މަގު ނުވަތަ ބެންޑް ވަށައިގެން ސުޕަންޖް ޖަހައިފައި ހުއްޓަސް، މިހާރުވެސް ހުޅުމާލެ މާލެ ލިންކުރޯޑުގައި ބައެއްފަރާތްތަކުން ދުއްވައިތަން ފެނުމުން ފިައްކަޑައިގެން ދޭ.
ބްރެކި
13 April 2025
މަޑީ ދުއްވޭލެއް ކޮޔާ
ބަދަލުކޮށްލަމާ
13 April 2025
އެފަދަ ތަންތަނުގައި ސްޕީޑު ބުރޭކަރު ހަދަންޖެހޭ. ބޮޑެތި މަގުތަކުގައި ދުއްވާއިރު ހެލްމެޓު އެޅުން އާދަކުރުވަންޖެހޭ.
ސަލީމު އިދުރީސް
13 April 2025
މަގެއްގަ ބެއްޑެއް އިނިއާ މަޑުކުރަން ޖެހޭވަރާ ނިސާން އިނީމަ ނިމުނީ
ދިރާސް
13 April 2025
އަޅުގަނޑަށް މައުލޫމާތު ލިބިފަވާގޮތުގަ އޭނައަށް ފަރުވާދިން ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުން ވެސް ގަބޫލެއް ނުކުރޭ އޭނައަށް އަނިޔާވެ ޒަހަމްވެފަވަނީ އެކްސިޑެންޓެއްގެ ސަބަބުން ކަމެއް. ޝައްކުކުރެވެނީ މާރާމާރީއެއް ކަމަށް. މައުލޫމާތު ލިބިފަވާގޮތުގައި ނިޔާވި ޒުވާނާގެ ތަނެއް މަށައިގެންގޮސްފަ އެއް ވެސް ނެތް. ބޮލުގެ ނިއްކުރިއަށާއި މޭކަށިގަނޑަށް ލިބިފަވާ އަނިޔާއިން ކަމަށް ވަނީ. ތިޔަބުނާ ހާ ބާރަށް ދިޔަނަމަ އޭނަގެ ތަންތަން މަށައިގެން ނުގޮސް ނުހުންނާނެ.
ވަހސިއެހޔ
12 April 2025
މަގު ގައި ގުދެއް އޮތުމަކީ މައްސަލައެއްނޫން. މައްސަލަ އަކީ ގުދު އައުމުގެ ކުރިން ސްޕީޑް ބްރޭކް ކުރެވެން ނެތުން ކަމަށް ވެދާނެ.
ހޭދެބައިވެދާނެ
13 April 2025
ދުއްވާ އުޅަނޑުތަކުގެ ސްޕީޑުވެސް ކޮންޓްރޯލް ކުރަން ޖެހެނީ މަގުންތަ!؟ އުޅަނދުތަކުގަ ގިޔަރާ، އެކްސެލެރޭޓަރާއި ބުރެކި ނުހުންނަނީތަ!؟
90 ޑިގްރީ ދެ ސިޓީ ގުޅުވަން ކަމަކު ނުދޭ.
12 April 2025
މާލެ އަދި ހުޅުމާލެ ގުޅުވަން އިންނަ މަގުގަ، ހުޅުމާލެއަށް އަރާތާ އެއިންނަ ބެންޑްއަކީވެސް، އަސްލު އެކަހަލަ މަގަކަށް އެކަށޭނަ ބެންޑެއް ނޫން. ގަޑިޖެހިގެންދާމީހާ ދާސްޕީޑް ވެސް ފެންނާނެ ކަމަށް ގަބޫލްކުރަން، އެންމެން ރޭސް ނުޖެހިޔަސް ބާރަށް ދާންޖެހޭ ކަމެއް ދިމާވެދާނެ.
ހަނދޭ
12 April 2025
އައްޑޫގެ މަގުވެސް ގުދުގުދު ލާންޖެހިގެން މީހަކު މަރުވެއްޖެޔާ އެއުޅޭ 25 މިލިއަން ޑޮލަރު ބޭނުން މީހުނާ ދެކޮޅަށްވެސް ދައުވާ ކުރެވެންޖެހޭނެ!